Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްބާސްގެ ޝަރީއަތް

ޗިޓް ހަވާލުނުވެ އޮތުމުން އައްބާސް އާދިލް ރިޒާގެ ޝަރީއަތް ނުފެށުނު

އޭނާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މާރިޗު 2023 | އާދީއްތަ 10:59
އައްބާސް އާދިލް ރިޒާ

އައްބާސް އާދިލް ރިޒާ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ, އިދިކޮޅު ޕީޕިއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާއަށް ޗިޓް ހަވާލު ނުކުރެވިގެން އޭނާގެ ޝަރީއަތް ނުފެށުނެވެ.

އޭނާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ. ކްރިމިނަލް ކޯޓުން ބުނީ, އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އައްބާސް އާދިލް ރިޒާއަށް މައްސަލައިގެ ޗިޓް ރައްދުކޮށްދެވިފައި ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ, ފަނާކޮށްފާނެކަމުގެ ބިރުދެއްކުމެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ, ޑިސެންބަރު 2022ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ޕެޓްރޯލާއި ވާބުރިފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

އަދި، 23 ޑިސެންބަރު 2022 ދުވަހު، އޭނާ ބޭނުންކުރާ ޓުވިޓަރ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓްވީޓްކޮށްފައިވެސްވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ. މި މައްސަލައިގައި ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފައެވެ. އެހެންނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލާފައިވަނީ، ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފިކަމަށެވެ. އަދި ބަދަލުހިފުމުގެ މަސައްކަތް ފަށަން ފެންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ މިގޮތަށް ޓްވީޓް ކުރެއްވީ އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކުރައްވައިގެންނެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެކަމުގެ މަގާމާއި، ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް
04 އެޕްރީލު 2017

މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

04 އެޕްރީލު 2017
މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
29 މާރިޗު 2017

ޗިޓް ހަވާލުނުކުރެވުމުން ރައީސް ނަޝީދުގެ ޝަރީއަތް ކެންސަލް ކޮށްފި

29 މާރިޗު 2017
ޗިޓް ހަވާލުނުކުރެވުމުން ރައީސް ނަޝީދުގެ ޝަރީއަތް ކެންސަލް ކޮށްފި
28 މާރިޗު 2017

ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު

28 މާރިޗު 2017
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޗިޓް ލިބިއްޖެ، ކޮމެޓީއަށްދާނަން: އަމީތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު