Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

ނަހުލާގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި

4 މާރިޗު 2023 | ހޮނިހިރު 09:52

ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިންކަމަށް ސިޓީ ކައުންސިލުން ބުނޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 4 މާރިޗު 2023 | ހޮނިހިރު 09:52
މާލޭ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން

މާލޭ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން

މާލޭ ސިޓީ ކައުންސިލުން, އިއުލާނު ނުކޮށް، އަދި ބިޑު ނުކޮށް، ކޮމިޓީ ތެރެއިން ކަންކަން ކުރަން މަސައްކަތްކުރާކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ކުރެއްވި ތުހުމަތުތައް އެ ކައުންސިލުން ދޮގުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި، ރިޔާސަތަށް ދެންނެވުނު ސުވާލުތަކުގެ ތެރެއިން، ވިލިމާލޭގައި ހިންގަމުންދާ ޝީޝިއާ ރެސްޓޯރަންޓުގެ މުއްދަތު އިތުރުކޮށްދީ، އަދި ރެޑްވޭވްއަށް ވިލިމާލެއިން ބިމެއް ދޫކޮށްފައިވާކަމަށް ބުނެ ދެންނެވި ސުވާލަކީ އެކަމުގެ ހަގީގަތް އޮޅޭގޮތަށް ދަންނަވާފައިވާ ސުވާލުތަކެއް ކަމަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހުކުރު ދުވަހު ނަހުލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޝީޝިއާ ރެސްޓޯރެންޓު ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލުން ބުނިނަމަވެސް، އެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނު ކުރެވިގެން ބިޑު ކުރުމަކާނުލައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާޚާނާ ބަރިއެއް އެޅުމަށް ބޭނުންވާކަމަށް އޭނާ ހުށަހެޅުމުން އެކަން ކުރަން ބަޖެޓު ނެތްކަމަށް ބުނެ ކައުންސިލުން އެ ފާހާނާ ބަރި އެޅުމަށް އެއްބަސްވެ، ޝީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު ބިޑުކުރުމަކާ ނުލައި އަވަސް އަރުވާލައިގެން އިތުރުކޮށްފައިވާ ކަމަށެވެ. ރެޑްވޭވަށް ބިމެއް ދީފައިވޭތޯ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، އެ މައްސަލަވެސް ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ހުށަހަޅާފައި ނުވާކަމަށެވެ.

އެހެން ނަމަވެސް މި ވާހަކަތައް ކައުންސިލުން ދޮގުކުރެއެވެ. އެ ކައުންސިލުން ބުނީ ޝީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ކަމަށެވެ. އަދި މި އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި، ވިލިމާލޭގައި ޕާކެއް ތަރައްގީކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތުގެ މާލެއާ ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ޚާއްސަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާޚާނާބަރިއާއި ޝަވަރތަކާއި، ޗޭންޖިންގ ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސަރވިސް ކޮމެޓީއަށް ހުށަހެޅުއްވީ ނަހުލާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި އެ ހުށަހެޅުން ކޮމެޓީން ފާސްކޮށްފައިވަނީވެސް، ނަހުލާ ހުށަހެޅުއްވި ހުށަހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅުއްވި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިމުނުގޮތަށް ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީވެސް އެފަދަ ކަންކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމުގައިވެސް ސިޓީ ކައުންސިލުން ބުނެއެެވެ. އެ ގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ޚިދުމަތް ލިބިދިނުމަށް ބޭނުންވެ، ވިލިމާލޭގައި ކޮމަރޝަލް ބިލްޑިންގެއް އެޅުމަށް ބޭނުންވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް މިދިޔަ އަހަރުގެ ފެބްރުވަރީ މަހު އިއުލާންކުރި ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި އެ ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލުގެ ބިޑުކޮމެޓީން ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ ހަތަރު ބައްދަލުވުމެއްގައި ބަހުސްކޮށް، ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ނަހުލާ ވެސް ބައިވެރިވެވަޑައިގެން ބަހުސްކުރައްވައި ،އެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓުވެސް ދެއްވާފައިވާކަމަށް ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި ވަނީ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް