Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ޖޭސަން އާޑޭ

އުމުރުން 18 އަހަރު ވަންދެން ލިޔަންކިޔަންވެސް ނޭނގޭ، ކޭމްބްރިޖްގެ އެންމެ ހަގު ކަޅުނަސްލުގެ ޕްރޮފެސަރ

18 ފުރުނު އިރުވެސް އޭނާއަށް ލިޔާކަށް ކިޔާކަށް ނޭނގުމުގެ އިތުރުން 11 އަހަރު ވީއިރުވެސް އޭނާއަށް ރަގަޅަށް ވާހަކަވެސް ނުދެއްކޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 08:14
ޖޭސަން އާޑޭ

ޖޭސަން އާޑޭ

ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ކަޅު ނަސްލުގެ ޕްރޮފެސަރެއްކަމަށްވާ، އުމުރުން 37 އަހަރުގެ ޖޭސަން އާޑޭ  ދާދިފަހުންވަނީ ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ އޮފް އެޑިޔުކޭޝަންގެ މަގާމަށް އައްޔަން ކުރެވިފައެވެ. މިކަން އެއް ގޮތަށް ވުރެގިނަ ގޮތްގޮތުން ތާރީޚީގޮތުން ފާހަގަކޮށްލެވޭ ކަމަކަށް ވަނީ ވެގެންގޮސްފައެވެ.  

ސައުތު ވެސްޓް ލަންޑަންގެ ކްލަފަމް އަށް އުފަވެ، އެތަނުގައި އުޅެބޮޑުވި ޖޭސަން އާޑޭ އުމުރުން ވަރަށް ޅަފަތުގައި އޮޓިޒަމް އަށް ޑައެގްނޯޒް ކުރެވުނެވެ. އަދި އުމުރުން 18 ފުރުނު އިރުވެސް އޭނާއަށް ލިޔަކަށް ކިޔާކަށް ނޭންގެއެވެ. ނަމަވެސް އޭނާ މިއަދު އެވަނީ މިފަދަ ކޮންމެ ކަމަކީވެސް ހިއްވަރާއެކު ކުރިމަތިލައިފި ނަމަ އެކަމުން ކާމިޔާބު ހޯދޭނެކަން ދުނިޔެއަށް ސާބިތު ކޮށްދީފައެވެ.

އޯޓިޒަމްގެ އިތުރުން "ގްލޯބަލް ޑިވެލޮޕްމަންޓް ޑިލޭ" އަށްވެސް ޑައެގްނޯޒް ވި ޖޭސަން އާޑޭ ބީބީސީ އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވާ ގޮތުގައި މިކަންކަމުގެ ސަބަބުން އުމުރުން 11 އަހަރު ވީއިރުވެސް އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އާޑޭ ބުނި ގޮތުގައި އެހާލަތުގައި އޭނާހުރި ނަމަވެސް ވަށައިގެން ހިނގާކަންކަމާމެދު އޭނާ ވިސްނާ ފިކުރު ހިންގައެވެ. ބައެއް މީހުން ގެދޮރުނެތިފައި ތިބެނީ ކީއްވެތޯ އާއި ހަނގުރާމަތައް ކުރިޔަށް ދަނީ ކީވެތޯ ފަދަ ސުވާލުތައް އޭނާ ކޮށްހަދައެވެ. އޭނާބުނި ގޮތުގައި ފުޓްބޯލަ ކުޅުންތެރިއަކަށް ނުވަތަ ޕްރޮފެޝަނަލް ސްނޫކަރ ކުޅުންތެރިއަކަށް ނުވެވިދާނެތީ އޭނާ ހިތާމަ ކުރާ ހަނދާން ހުރެއެވެ. ނަމަވެސް އެހެން ދިމާވެއްޖެ ނަމަ ދުނިޔެ ސަލާމަތް ކުރުމުގެ ގޮތުން ކޮންމެވެސް މުހިންމު މަސައްކަތެއް ކުރުމުގެ އަޒުމު އޭރުވެސް ކަނޑައެޅިކަމަށް އޭނާ ބުނެފައި ވެއެވެ.

ޖޭސަން އާޑޭގެ އަމިއްލަ ނަފްސުގެ އިތުބާރު ބޮޑު ކޮށްދިނުމަށް އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އޭނާގެ މަންމައެވެ. އާޑޭ އެހާލަތުން މިންޖު ކޮށްދިނުމުގެ މަގްސަދުގައި އާޑޭގެ މަންމަ އޭނާއަށް މިޔުޒިކް ތައާރަފް ކޮށްދިނެވެ. މިޔުޒިކްގެ ފުޅާ ރޭންޖްއަކަށް އޭނާ ވައްދާދިނުންވީ އޭނާއަށް ވަރަށް ފައިދާ ކުރުވި ކަމަކަށެވެ. މިޔުޒިކްގެ ތެރެއިން ސަގާފީ ކަންކަމަށް ޝައުގުވެރި ކަމެއް އުފެދި އެދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ގަސްތު ކުރިއެވެ. މިއަދު އޭނާއަކީ ސޯޝިއޮލޮޖީގެ ރޮނގުން އަދިވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ "ސޯޝިއޮލޮޖިސްޓް" އެކެވެ.

ޒުވާން އުމުރުގައި ލިބުނު މެންޓަރ އަދި ރަހުމަތްތެރިޔާ ސެންޑްރޯ ސަންޑްރީގެވެސް ވަރަށް ބޮޑުއެހީއާއި ހިއްވަރާއެކު ވިހިއަހަރު ފުރެން ދަނިކޮން އާޑޭ އަށް ލިޔަން ކިޔަން އެނގުނެވެ. އެއަށްފަހު ކިއުންތެރިކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދި ފޮތްކިއުން އެއީ އޭނާގެ ހުރިހާ ވަގުތެއް ފުރާލާ ކަމަކަށް ހެދިއެވެ. އެއާއެކު ތައުލީމް ކުރިޔަށް ގެންގޮސް އޭނާވަނީ ދާދި އަވަހަށް ޔުނިވަރސިޓީ އޮފް ސަރޭ އިން ފިޒިކަލް އެޑިޔުކޭޝަން އަދި އެޑިޔުކޭޝަން ސްޓަޑީސް އިން ޑިގްރީއެއް ހާސިލްކޮށްފައެވެ.

އޭނާފަދަ މީހުންނާމެދު އިނގިރޭސި ތައުލީމީ ނިޒާމްގައިވެސް ތަފާތު ކުރުންތައް ހުންނަކަން އެނގި ހުރެމެ، އުމުރުން 22 އަހަރުގައި ޕޯސްޓްގްރެޖުއޭޓް ޑިގްރީއަކަށް މަސައްކަތް ކުރުމަށް އޭނާ ކަނޑައެޅިއެވެ. އޭނާ ބުނި ގޮތުގައި އޭރު އޭނާގެ "މެންޓަރ" އެއް ނުހުރެއެވެ. ލިއުންތައް ތައްޔާރު ކުރަންވީ ގޮތް އޭނާއަށް އެއްވެސް މީހަކު ދައްކާދީފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހުށަހަޅާ ލިއުންތައް އައީ ވަރަށް ބޮޑަށް "ރިޖެކްޓް" ވަމުން ނެވެ. ނަމަވެސް ހިއްވަރު އެލުވާނުލާ ކުރި ބުރަ މަސައްކަތުން މިއަދު ޖޭސަން އާޑޭ ވަނީ އެޑިޔުކޭޝަނަލް ސްޓަޑީޒްގެ ދާއިރާއިން 2މާސްޓަސް ޑިގްރީ އަދި ޕީއެޗްޑީ ހާސިލުކޮށްފައެވެ.

މުޅި ކޭމްބްރިޖް ޔުނިވަސިޓީގައި ވެސް މިއަދު ޕްރޮފެސަރުންގެ ގޮތުގައި މަސައްކަތް ކުރާ ތިބީ ކަޅުނަސްލުގެ ފަސް މީހުންނެވެ. އޭގެ ތެރެއިން އުމުރުން އެންމެ ހަގު ފަރާތަކީ ހިތްވަރުގަދަ ޖޭސަން އާޑޭއެވެ.    

އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު