Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ވެލޯސޯ އާއެކު ކުރި މަސައްކަތުން ފިރިހެން ޓީމު އޮތީ އެހެން ލެވެލެއްގައި: ރަނޭ

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު، ޓީމު މޮޅުވާން އެދޭލެެއް ބޮޑުވާނެ ކަމަށާއި، އެކަމުގެ ޕްރެޝަރު އަންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 05:17
ވީއޭއެމްގެ ރައިސް ރަނޭ އަދި ޤައުމީ ކޯޗު ވެލޯސޯ

ވީއޭއެމްގެ ރައިސް ރަނޭ އަދި ޤައުމީ ކޯޗު ވެލޯސޯ

ޤައުމީ ފިރިހެން ޓީމުގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯއާއެކު އެއް އަހަތުގެ ތެރޭގައި ކުރި މަސައްކަތުން ދިވެހި ޓީމު އޮތީ އެހެން ލެވެލެއްގައި ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ބުނެފި އެވެ.

ރަނޭ މިހެން ބުނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލް މެޗުތަކުގެ ކުރިން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ. ރަނޭ ބުނީ، މުބާރާތުގެ ދެ ވަނަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިންގެ ފެންވަރު އިނގުނު ކަމަށެވެ. ކުޅުންތެރިން ކުރަމުން އައި މަސައްކަތާއި، މިހާރު ވެސް ކުރަމުން އަންނަ މަސައްކަތް ފެނުނުކަން ފާހަގަކޮށް ރަނޭ ބުނީ، ޤައުމީ އަންހެން ޓީމު ވެސް ދުލެއް ނުދޭ ކަމަށެވެ. އަންހެން ޓީމު މިހާތަނަށް މެލޭޝިޔާއާ ދެކޮޅަށް އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނީ ވެސް ވަރަށް ވާދަވެރިކޮށްކަން ފާހަގަކޮށް ރަނޭ ބުނީ، ދިވެހި ދެ ޓީމު ވެސް ފައިނަލް ކުޅޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ރަނޭ ބުނީ ފުރަތަމަ މެޗުގައި މެލޭޝިޔާއާ ދެކޮޅަށް ކުޅުމަކީ ވެސް ޕްރެޝަރެއް ކަމަށެވެ. ސަބަބަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު، ޓީމު މޮޅުވާން އެދޭލެެއް ބޮޑުވާނެ ކަމަށާއި، އެކަމުގެ ޕްރެޝަރު އަންނާނެ ކަމަށެވެ. އެހެންނަމަވެސް، މިހާރު ޓީމުގައި އެ ޕްރެޝަރު ނޯންނާނެ ކަން ފާހަގަކުރަމުން ރަނޭ ބުނީ، ޓީމު މިހާރު އޮތީ ފައިނަލަށް ދާން އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އިތުރަށް ރަނޭ ވަނީ ސަޕޯޓަރުން ދެމުން އަންނަ ސަޕޯޓު ވެސް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ފުރަތަމަ މެޗަށްވުރެ ދެ ވަނަ މެޗުގައި ސަޕޯޓަރުން ގިނަ ކަމަށެވެ. އެ ދެ މެޗަށްވުރެ އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން މާ ގިނަކަން ފާހަގަކޮށް ރަނޭ ބުނީ، ސެމީ މެޗުގައި އެދުމަކީ ދިވެހި ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ޤައުމަށް ރީތި ނަން ހޯދުމަށް ވީހާވެސް ގިނަ ރައްޔިތުން ޓީމަށް ސަޕޯޓު ކޮށްދިނުން އެދޭ ކަމަށެވެ.

އިތުރަށް ރަނޭ ބުނީ މިއީ ވަރަށް ދުވަސްތަކަށްފަހު އަމިއްލަ ފަސްގަނޑުގައި މުބާރާތެއް ކުޅުމަށް ދިވެހި ޓީމަށް ލިބުނު ފުރުސަތު ކަމަށާއި، މިއީ ދިވެހި ޓީމުގެ ފެންވަރު ދައްކާލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ރަނޭ އެދުނީ ކޮންމެ ބޭފުޅަކު ވެސް ރަތް ކުލައިގެ ހެދުމެއްގައި ނުވަތަ ޤައުމީ ވަންތަކަށް ރަމްޒުކޮށްދޭ އެއްޗެއްގައި ވަޑައިގެން ޓީމަށް ބޭނުންވާ ސަޕޯޓު ދިނުމަށެވެ. މީގެ އިތުރުން ބެރު ދުންމާރީގެ އަޑުން މުޅި ޒުވާނުންގެ މަރުކަޒު ގުގުމާލަ ދިނުމަށާއި، އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ރަނޭ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ އިން ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ މެލޭޝިޔާއާ ދެކޮޅަށެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ސާޖިއޯ ވެލޯސޯމުޙައްމަދު ރަނޭޝް (ރަނޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު