Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ފަސޭހަކަމާއެކު ރާއްޖެ ބަލިކޮށް އަފްޣާނިސްތާން އެއްވަނައަށް

އަފްޣާނިސްތާނުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 17:21
ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި ފަސޭހަކަމާއެކު ރާޢްޖެ ބަލިކޮށް އަފްޣާނިސްތާނުން އެއްވަނާގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެ ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް އަފްޣާނިސްތާނުން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، ރާއްޖެއަށް އަލުން ލީޑު ނަގައިދިނީ ހަސަން ނިލާމް (ޕާޓޭ) ފޮނުވާލި ބާރު ހަމަލާއިންނެވެ. އޭގެ ފަހުން ރާއްޖެއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގީ އާދަމް ފައިރޫޒްގެ މޮޅު ބްލޮކަކުންނެވެ. އޭގެ ފަހުން ރާއްޖެއިން މުހިންމު ބޯޅަތަކެއްގައި މަސައްކަތްކޮށް، ފަސް ޕޮއިންޓަށް ލީޑު ފުޅާކުރީ ހުސައިން ޔޫސުފް (ޓޯއީ)ގެ މޮޅު ބްލޮކުންނެވެ. ސެޓުގައި އަފްޣާނިސްތާނަށް ގިނަ މައްސަލަތަކެއް ދިމާވިއިރު، އެ ޓީމުގެ ސަރވިސްތަކެއް ގެއްލުނެވެ. ސެޓުގެ ފަހުކޮޅަށް ދިޔައިރު ވެސް ލީޑު ހިފަހައްޓައި، ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ރާއްޖެއިން ސެޓުގެ ފަހުކޮޅުގައި ލީޑު ފުޅާކުރީ ޓޯއީ މެދުން ފޮނުވާލި އަވަސް ހަމަލާއިންނެވެ. ނަމަވެސް ރާއްޖެއަށް ހެދުުނު ގޯހެއްގެ ފައިދާ ނަގައި އަފްޣާނިސްތާނުން ވަނީ ނަތީޖާ ހަމަހަމަކޮށް، ސެޓުގެ ގޭމް ޕޮއިންޓު ހޯދާފައެވެ. ސެޓުގައި ރެފްރީގެ ނިންމުމަށް ޝަކުވާކޮށް، ދެކޮޅު ހެދުމުން ރާއްޖޭގެ ކޯޗަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އޭގެ ފަހުން ރާއްޖޭގެ ހުސައިން ރަޒާން ނަތީޖާ ހަމަހަމަކުރި ނަމަވެސް އަފްޣާނިސްތާނުން ވަނީ ފަހު ވަގުތު 26-24ން ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓު ފަށައިގެން ވެސް ރާއްޖެއިން ވަނީ ފުރަތަމަ ސެޓާ އެއްގޮތަށް ރަނގަޅަށް ކުޅެ ލީޑު ނަގާފައެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ ރަނގަޅު ހަމަލާތަކެއްގެ އިތުރުން ރަނގަޅު ބްލޮކްތަކުން ނަތީޖާ އެއްވަރުކޮށް، ލީޑު ނަގާފައެވެ. ސެޓުގެ މެދާ ހަމައިން އަފްޣާނިސްތާނުން ވަނީ ދެ ޕޮއިންޓުގެ ލީޑަކާއެކު ކުޅެފައެވެ. އެ ލީޑު ހިފަހައްޓައި އަފްޣާނިސްތާނުން ސެޓު ކާމިޔާބުކުރީ 25-21ންނެވެ. ރާއްޖެއިން ތިންވަނަ ސެޓަށް ނުކުތީ ޖަވާމް އަލީ، ޒުވާން ކުޅުންތެރިޔާ މާއިޝް އަހުމަދު އަދި ޝުއައިބް އަބްދުއް ލަތީފް ހިމަނައިގެންނެވެ. މި ސެޓު ފަށައިގެން ވެސް ކުރީކޮޅު ރާއްޖެއިން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކޮށް، ލީޑުވެސް ނަަގާފައެވެ. ސެޓުގެ ފަހުކޮޅު ވަނީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއުއަށް ވެސް ފުރުސަތު ދީފައެވެ. ސެޓުގެ ފަހުކޮޅު ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފައެވެ. ނަމަވެސް ރާއްޖެއަށް ކުރި ހޯދޭ ގޮތް ނުވެ، އަފްޣާނިސްތާނުން ސެޓު ނިންމާލީ 25-22ންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އާދިއްތަ ދުވަހުގެ މެންދުރު ކުޅޭނީ އަފްޣާނިސްތާނާއި ސިންގަޕޫރެވެ. ދެވަނަ ސެމީގައި އާދިއްތަ ދުވަހުގެ ރޭ ކުޅޭނީ ރާއްޖެއާއި މެލޭޝިޔާއެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު