Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ސީދާ ތިން ސެޓުން މެލޭޝިޔާ ވެސް ބަލިކޮށް، ސިންގަޕޫރު ފައިނަލަށް

ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައަޅާނީ ސެމީ ފައިނަލްގައި މެލޭޝިޔާ އަދި ރާއްޖެ ބައްދަލު ކުރާ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 11:04
ފޯ ނޭޝަންސް ކަޕްގައި ސިންގަޕޫރާއި މެލޭޝިޔާ އިން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި ސިންގަޕޫރާއި މެލޭޝިޔާ އިން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝްންގައި ސީދާ ތިން ސެޓުން މެލޭޝިޔާ ބަލިކޮށް ސިންގަޕޫރުން ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މި މެޗަށް ކުރިމަތިލީއިރު ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މެލޭޝިޔާ އިން ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރީ ފަސް ސެޓު ކުޅެގެންނެވެ. ސިންގަޕޫރުން ރާއްޖެ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލްގެ ޖާގަ ލިބެން އޮތެވެ. ބަލިވާ ޓީމެއް ޖެހޭނީ ރާއްޖެއާއެކު ސެމީ ފައިނަލް މެޗު ކުޅޭށެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވެސް ރަނގަޅަށް ކުޅުނީ ސިންގަޕޫރުންނެވެ. އެ ޓީމުން ވަނީ ސެޓު ފަށައިގެން ލީޑު ގައި ކުޅެފަ އެވެ. ލީޑު ހިފަހައްޓައިގެން ސިންގަޕޫރުން ވަނީ ކުޅެފަ އެވެ. ސެޓުގެ ފަހު ކޮޅު މެލޭޝިޔާ އިން ވަނީ ގާތް ގާތުގައި ޕޮއިންޓުތަކެއް ހޯދައިގެން ހަތަރު ޕޮއިންޓަށް ވެސް ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ކުރި ހޯދޭ ގޮތް ނުވެ، ސިންގަޕޫރުން ސެޓު ކާމިޔާބު ކުރީ 25-20 އިންނެވެ. ދެ ވަނަ ސެޓު ފަށައިގެން ކުރީ ކޮޅު ވާދަވެރިކޮށް ދިޔަ ނަމަވެސް، ފަހުން ސިންގަޕޫރުން ވަނީ މި ސެޓުގައި ވެސް ބޮޑު ލީޑެއް ނަގައިފަ އެވެ. ސިންގަޕޫރުން މި ސެޓުގައި އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، މެލޭޝިޔާ އަށް ވަނީ އަމިއްލަ ގޯސްތަކެއް ވެސް ހެދިފަ އެވެ. އެ ލީޑުގައި އޮވެ ސިންގަޕޫރުން ދެ ވަނަ ސެޓު ނިންމާލީ 25-14 އިންނެވެ. ތިން ވަނަ ސެޓުގައި ވެސް މެލޭޝިޔާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ސެޓުގެ ވަކި ހިސާބަކުން ސިންގަޕޫރުން ވަނީ ލީޑު ނަގައި، އެ ލީޑުގައި ކުޅެފަ އެވެ. ސިންގަޕޫރުން މި ސެޓު ކާމިޔާބު ކުރީ 25-19 އިންނެވެ.

މުބާރާތުގައި ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައަޅާނީ ސެމީ ފައިނަލްގައި މެލޭޝިޔާ އަދި ރާއްޖެ ބައްދަލު ކުރާ މެޗުންނެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު