Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ފަސޭހަކަމާއެކު ރާއްޖެއަށް މުހިންމު މޮޅެއް

މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު، ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 17:22
ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ސިންގަޕޫރުން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ސިންގަޕޫރުން ކުޅުނު މެޗުގެ ތެރެއިން

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީ ބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ސިންގަޕޫރު ބަލިކޮށް ރާއްޖެއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އޮތް މެޗަށް ނުކުންނައިރު، ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު، ސީދާ ތިން ސެޓުންނެވެ. މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ލީޑު ކުރަމުން ދިޔައީ ސިންގަޕޫރުންނެވެ. ސެޓުގައި ރާއްޖޭގެ ހުސައިން ޔޫސުފް (ޓޯއީ) ކުރި ސަރވިސްއަކުންނާއި، އާދަމް ފައިރޫޒްގެ ބްލޮކަކުން ރާއްޖެއިން ވަނީ 19-19ން ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން ސިންގަޕޫރުން ލީޑު ނެގި ނަމަވެސް، ހަސަން ނިލާމް (ޕާޓޭ)ގެ ބާރު ހަމަލާއަކުން ރާއްޖެއިން ނަތީޖާ ހަމަހަަމަކުރިއިރު، ރާއްޖެއަށް ލީޑު ލިބުނީ ސިންގަޕޫރުގެ ހަމަލާ ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން ރާއްޖޭގެ ހައިލަމް ހަސަންގެ ސަރވިސް ބޭރަށް ދިޔުމުން އަނެއްކާވެސް ނަތީޖާ ހަމަހަމަވިއެވެ. ނަމަވެސް ރާއްޖެއިން އެއް ޕޮއިންޓުގެ ލީޑެއް ހޯދައި، ދެ ޕޮއިންޓަށް ލީޑު ފުޅާކުރީ ޕާޓޭގެ ކާމިޔާބު ސަރވިންއަކުންނެވެ. ނަމަވެސް ރާއްޖެއަށް އަމިއްލަ ގޯސްތަކެއް ހެދި، ސެޓުގެ ނަތީޖާ ވަނީ 23-23ން އެއްވަރުވެފައެވެ. ސެޓުގައި ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ)އެވެ. އޭގެ ފަހުން ސިންގަޕޫރުން ނަތީޖާ ހަމަހަމަކުރިއިރު، ދެ ވަނަ ފަހަރަށް ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީވެސް ހުޒަންޓޭއެވެ. ރާއްޖެއިން 26-24ން ފުރަތަމަ ސެޓު ކާމިޔާބުކުރީ ކުޅުމުގެ ތެރެއިން ސިންގަޕޫރުގެ ކުޅުންތެރިޔަކު ނެޓުގައި ޖެހުމުން ލިބުނު ޕޮއިންޓާއެކުއެވެ.

ދެ ވަނަ ސެޓު ފަށައިގެން ސިންގަޕޫރުން ލީޑު ނެގި ނަމަވެސް ރާއްޖެއިން ވަނީ ނަތީޖާ ހަމަހަކޮށް، ލީޑު ނަގާފައެވެ. އޭގެ ފަހުން ސިންގަޕޫރުން ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑުވެސް ނަގާފައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ނަތީޖާ ހަމަހަަކޮށް 10-7ން ލީޑު ނަގާފައެވެ. މި ސެޓުގައިވެސް ރާއްޖޭގެ ހުޒަންޓޭއާއި ޕާޓޭގެ ބާރު ހަމަލާތަކެއް ވަނީ ފެނިފައެވެ. އެއާއެކު ސިންގަޕޫރުން ނެގި ޓައިމް އައުޓަށްފަހު ކުޅެން ނުކުމެ ރާއްޖޭގެ ޓޯއީ ވަނީ މޮޅު ބްލޮކެއް ކޮށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން ސިންގަޕޫރުން ދެ ޕޮއިންޓަށް ގާތްކޮށްފައި ވަނިކޮށް ރާއްޖޭގެ ޕާޓޭއާއި ހުސައިން ވިސާމް (ބުޅިކޭ)ވެސް ވަނީ މޮޅު ބްލޮކެއް ކޮށްފައެެވެ. ރާއްޖެއިން ވަނީ މި ސެޓުގައިވެސް މުހިންމު ބޯޅަތަކަކަށް މަސައްކަތްކޮށް، ލީޑު ހިފަހައްޓަން މަސައްކަތްކޮށްފައެވެ. ރާއްޖޭގެ ޕާޓޭގެ ބާރު ހަމަލާއަކުން ރާއްޖެއިން ވަނީ 16-12ން ލީޑު ނަގާފައެވެ. އޭގެ ފަހުން ސިންގަޕޫރުން ތިން ޕޮއިންޓު ހޯދިއިރު، ރާއްޖެއިން ވަނީ 18-15ން ލީޑުކޮށްފައެވެ. ސިންގަޕޫރަށް ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރި ނަމަވެސް، ހުޒަންޓޭ ވަނީ ރާއްޖެއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ 20-17ށް ވެސް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން ރާއްޖެއިން 22-18ން ލީޑު ކުރަމުން ދަނިކޮށް، ސިންގަޕޫރުން ދެ ޕޮއިންޓަށް ގާތްކުރިއެވެ. ރާއްޖެއަށް 23-20ން ލީޑު ނަގައިދިނީ ޕާޓޭއެވެ. މި ސެޓުގައި ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީ ހުޒަންޓޭއެވެ. ރާއްޖެއިން 25-20ން ސެޓު ނިންމާލީ ސިންގަޕޫރުގެ ހަމަލާއެއް ބްލޮކްކޮށްގެންނެވެ.

ފުރަތަމަ ދެ ސެޓާ އެއްގޮތަށް ތިންވަނަ ސެޓު ފަށައިގެންވެސް ރާއްޖެއިން ވަނީ ލީޑު ނަގައިގެން ކުޅެފައެވެ. ސެޓުގެ ކުރީކޮޅު ރާއްޖެއިން ވަނީ 6-2ން ލީޑު ނަގައިގެން ކުޅެފައެވެ. މި ސެޓުގައިވެސް ރާއްޖެއިން މުހިންމު ބޯޅަތަކަށް ކުޅެ ހަމަލާތަކެއް އުފެއްދިއިރު، ސިންގަޕޫރުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ރާއްޖެއިން ވަނީ ސެޓުގައި 13-8ން ލީޑު ނަގާފައެވެ. އެ ލީޑު ނެގުމުގައި ރާއްޖޭގެ ފައިރޫޒްގެ މުހިންމު ބްލޮކުތަކެއް ވަނީ ފެނިފައެވެ. އޭގެ ފަހުން ސިންގަޕޫރުން އެއް ޕޮއިންޓު ހޯދިއިރު، ރާއްޖެއަށް 14-9ން ލީޑު ލިބުނީ ސިންގަޕޫރުގެ ސަރވިސް ނެޓަށް ދިއުމުންނެވެ. ރާއްޖެއިން ލީޑުގައި ކުޅެމުން ދަނިކޮށް، ސިންގަޕޫރުން ވަނީ 17-15ށް ފަރަގު ކުޑަކޮށްފައެވެ. އެއާއެކު ރާއްޖެއިން ވަނީ ޓައިމް އައުޓެއް ނަގާފައެވެ. އެ ޓައިމް އައުޓަށްފަހު ރާއްޖެއިން އަނެއްކާވެސް ވަނީ ކުޅުން ރަނގަޅުކޮށް، ލީޑު ހިފެހެއްޓުމަށް މަސައްކަތްކޮށްފައެވެ. ރާއްޖެއިން މި ސެޓުގައި ލީޑު ހިފެހެއްޓުމުގައި ޕާޓޭގެ ބާރު ހަމާލާ ވަނީ ފެނިފައެވެ. މެދުން ރާއްޖޭގެ ފައިރޫޒްގެ ކުއްލި ހަމަލާއެކު، ރާއްޖެއިން ވަނީ 23-19ށް ލީޑު ފުޅާކޮށްފައެވެ. ސެޓުގައި ރާއްޖެއަށް ގޭމް ޕޮއިންޓު ހޯދައިދިނީ ހުސައިން ރަޒާންއެވެ. އަދި 25-21ން ރާއްޖެއަށް ސެޓު ނިމި، މެޗުން މޮޅުވީ ސިންގަޕޫރުން ފޮނުވާލި ހަމަލާ ބޭރަށް ދިޔުމުންނެވެ.

ރާއްޖެއަށް ދެން އޮންނާނީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު