Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ޑިފެންސް ދަށްވެ ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ފުރަތަމަ މެޗަށްވުރެ ރާއްޖޭގެ ކުޅުން މެޗުގައި ދަށް، ބަލިވީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 13:56
ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ސިންގަޕޫރުން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ސިންގަޕޫރުން ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ މުބާރާތުގައި ސިންގަޕޫރުގެ ފުރަތަމަ މެޗެވެ. ރާއްޖެ އިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިޔާ އަތުން ފަސް ސެޓު ކުޅެގެން ބަލިވެފަ އެވެ. ހުކުރު ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ މެލޭޝިޔާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ސެޓުގައި ސިންގަޕޫރުން ދެ ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް ރާއްޖެ އިން ވަނީ ރަނގަޅަށް މަސައްކަތްކޮށް އެއްވަރުކޮށްފަ އެވެ. ރާއްޖޭގެ ކެޕްޓަން ޙައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ ރަނގަޅު ހަމަލާތަކެއް ފެނުނުއިރު ލިބަރޯ ސިލްމާ ޒާހިރު ވަނީ މުހިންމު ބޯޅަތެއް ސަލާމަތްކޮށްފަ އެވެ. ސެޓުގެ މެދު ތެރެެއިން ރާއްޖެ އިން ވަނީ ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ ރާއްޖޭގެ އައިޝަތު ޝަހާ ސާމިންގެ ސާވިސް ރިސީވް ކުރުމުގައި ސިންގަޕޫރަށް އުނދަގޫވެ ބޯޅަ ގެއްލިގެންނެވެ. އޭގެ ފަހުން ސިންގަޕޫރުން އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރި ނަމަވެސް، ރާއްޖެ އިން ލީޑު ހޯދީ މާޖިދާގެ ހަމަލާ އިންނެވެ. ނަމަވެސް ރާއްޖެ އަށް ހެދުނު އަމިއްލަ ގޯސްތަކެެެއްގެ ސަބަބުން ސިންގަޕޫރުން ވަނީ ނަތީޖާ ހަމަހަކޮށްފަ އެވެ. އެއަށްފަހު ރާއްޖެ އިން ދެ ޕޮއިންޓުގެ ލީޑެެއް ހޯދީ ހައްވަގެ ސާވިސް އިންނެވެ. ނަމަވެސް ސިންގަޕޫރުން ނަތީޖާ ހަމަހަމަ ކުރީ ރާއްޖެ އަށް ރިވާސް ނުކުރެވިގެންނެވެ. އެއާއެކު ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށްފަހު ނިކުމެ ސިންގަޕޫރުން ވަނީ ސެޓުގެ ގޭމް ޕޮއިންޓު ހޯދައިފަ އެވެ. ސިންގަޕޫރުން ކުރި ސާވިސް އެއް ބޭރަށް ދިޔުމުން ރާއްޖެ އަށް ނަތީޖާ ހަމަހަމަވީއިރު، ރާޢްޖެ އިން ގޭމް ޕޮއިންޓު ހޯދީ މާޖިދާގެ ކާމިޔާބު ބޯޅައަކުންނެވެ. ރާއްޖެ އަށް ސެޓު ނިންމާލަށް ލިބުނު ފުރުސަތުގައި ސަހާ ފޮނުވާލި ބޯޅަ ސިންގަޕޫރުން ވަނީ ބްލޮކްކޮށްފަ އެވެ. އެއަށްފަހު ދެ ވަނަ ފަހަރަށް ރާއްޖެ އަށް ސެޓުގައި ގޭމް ޕޮއިންޓު ލިބުނީ ސިންޕޫރުގެ ހަމަލާ ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން ރާއްޖެ އަށް ނިންމާނުލެވި ނަތީޖާ އެއްވަރުވީއިރު، ސިންގަޕޫރުން ލީޑު ހޯދީ ރާއްޖެ އަށް ރިސީވް ނުކުރެވުމުންނެވެ. ވާދަވެރި ކުޅުމަކަށްފަހު ސިންގަޕޫރުން ސެޓު 26-28 އިން ކާމިޔާބު ކުރީ އެ ޓީމުގެ ޝުއާ ޒީ ޓިއާންގެ ހަމަލާ އިންނެވެ.

ދެ ވަނަ ސެޓަށް ނިކުމެ ވެސް ރާއްޖެ އިން ވަނީ ރަނގަޅަށް ކުޅެ، ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް ސިންގަޕޫރުން ވަނީ މަޑު މަޑުން ކުޅުމުގެ ތެރެއަށް ވަދެ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފައި އެއް ޕޮއިންޓަށް ފަރަގު ކުޑަ ވެސް ކޮށްފަ އެވެ. ސިންގަޕޫރުން ނަތީޖާ ހަމަހަމަ ކުރީ ރާއްޖެ އިން ފޮނުވާލި ބޯޅައެއް ބޭރަށް ދިޔުމުންނެވެ. އެއަށްފަހު ސިންގަޕޫރުގެ ޝުއާ މެދުން ފޮނުވާލި ބޯޅަ އިން އެ ޓީމު ލީޑު ނެގި ނަމަވެސް، ރާއްޖެ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ސިންގަޕޫރުން ވަނީ ރަނގަޅު ބްލޮކެއް ކޮށް ސެޓުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސެޓުގެ މެދު ތެރެއިން ސިންގަޕޫރުން ވަނީ ރާއްޖެ އަށް ހެދުނު އަމިއްލަ ގޯސްތަކުން ލީޑު ފަސް ޕޮއިންޓަށް ފުޅާކޮށްފަ އެެވެ. ނަމަވެސް ރާއްޖޭގެ ކެޕްޓަން ހައްވަ ވަނީ ރަނގަޅު ސާވިސްތަކެއްކޮށް ލީޑު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ނަމަވެސް ރާއްޖެ އަށް އަނެއްކާ ވެސް މައްސަލަތަކެއް ދިމާވީ ރިސީވިންގަ އެވެ. އެއާއެކު ސިންގަޕޫރުން ވަނީ އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފަސް ޕޮއިންޓަށް ބޮޑުކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން ވަނީ ރަނގަޅު ބޯޅަ ތަކަކަށް މަސައްކަތް ކޮށް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިންގަޕޫރުން ސެޓު ނިންމާލީ 21-25 އިންނެވެ.

ތިން ވަނަ ސެޓު ފަށައިގެން ރާއްޖެ އިން ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް ރާއްޖެ އަށް ލީޑު ނުހިފޭއްޓި، ސިންގަޕޫރުން ވަނީ ނަތީޖާ ހަމަހަމަކޮށް ތިން ޕޮއިންޓުގެ ލީޑެއް ނައިގަފަ އެވެ. މި ސެޓުގައި ކުރިން ދެ ސެޓަށް ވުރެ ރާއްޖޭގެ އަމިއްލަ ގޯސްތައް ގިނަ އެވެ. ސިންގަޕޫރުން ވަނީ ސެޓުގެ މެދު ތެރެއިން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ލީޑު އެ ގޮތުގައި ހިފަހައްޓައި ސިންގަޕޫރުން ސެޓު ކާމިޔާބު ކުރީ 14-25 އިންނެވެ.

މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ފައިނަލްގެ ފުރުސަތު އޮންނާނެ އެވެ. ތިން ޓީމު ވާދަކުރާ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެއް ވަނަ އަށް ދާ ޓީމު ދާނީ ސީދާ ފައިނަލަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ސެމީ ފައިނަލް މެޗު ކުޅޭށެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގައި ހޮނިހިރު ދުވަހު ސިންގަޕޫރާއި މެލޭޝިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު