Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް، އަފްޣާނިސްތާނުން މޮޅަކުން މުބާރާތް ފަށައިފި

23 ފެބުރުއަރީ 2023 | ބުރާސްފަތި 11:58

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބުކުރީ، ސިންގަޕޫރުން ފުރަތަަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2023 | ބުރާސްފަތި 11:58
ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް އަފްޣާނިސްތާނުން މޮޅަކުން މުބާރާތް ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބުކުރީ, ސިންގަޕޫރުން ފުރަތަަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ އާދައިގެ، ހަމަހަމަ ކުޅުމެކެވެ. ގާތް ގާތުގައި ޕޮއިންޓުތައް ހޯދަމުން ދިޔަ ސެޓު ސިންގަޕޫރުން ކާމިޔާބުކުރީ 25-22ންނެވެ. ދެ ވަނަ ސެޓު ފަށައިގެންވެސް ސިންގަޕޫރުން ލީޑު ކުރަމުން ދިޔަނަމަވެސް، އަފްޣާނިސްތާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެ ވަނަ ސެޓުގެވެސް ފުރަތަމަކޮޅު ހަމަހަމަކޮށް ކުޅުން ދިޔަނަމަވެސް، މެދުތެރެއިން ސިންގަޕޫރުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ސެޓުގެ ފަހުކޮޅު ސިންގަޕޫރުން ވަނީ ހަތަރު ޕޮއިިންޓުގެ ލީޑެއް ނަގާފައެވެ. އެއާއެކު އަފްޣާނިސްތާނުނުން ނެގި ޓައިމް އައުޓާއެކު އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، ސެޓުގައި ލީޑު ނަގާފައެވެ. އެއާއެކު ސިންގަޕޫރުން އެ ޓީމުގެ ދެވަނަ ޓައިމްއައުޓް ނެގިއެވެ. ފަހަތުން އަރައި އަފްޣާނިސްތާނުން ދެވަނަ ސެޓު ކާމިޔާބުކުރީ 23-25ންނެވެ. އެއީ ސިންގަޕޫރުގެ ކުޅުންތެރިޔަކު ކުރި ސަރވިސްއެއް ބޭރަށް ދިޔުމުންނެވެ.

ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިންވަނަ ސެޓު ފަށައިގެން ލީޑު ކުރަމުން ދިޔައީ އަފްޣާނިސްތާނެވެ. ސެޓުގެ މެދާ ހަމައިން އަފްޣާނިސްތާން ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި ސެޓުގައި އަފްޣާނިސްތާނުން ވަނީ އެ ޓީމުގެ ސްޕައިކްތަކާއި ބްލޮކްތައް ރަނގަޅުކޮށް، އަށް ޕޮއިންޓުގެ ލީޑެއްވެސް ނަގާފައެވެ. ނަމަވެސް ސިންގަޕޫރުން ވަނީ މަޑުމަޑުން ސެޓުގެ ތެރެއަށް ވަންނަން މަސައްކަތްކޮށް، އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ބާރު ހަމަލާއަކުން އެ ޓީމުން މި ސެޓުވެސް ކާމިޔާބު ކުރީ 23-25ންނެވެ. ހަތަރުވަނަ ސެޓު ދެ ޓީމުންވެސް ފެށީ ތަފާތު ރޫހެއްގައެވެ. ސިންގަޕޫރުން މި ސެޓުގައި ލީޑު ކުރަމުން ދަނިކޮށް، އަފްޣާނިސްތާނުން ވަނީ އެއްވަރުކޮށް، ލީޑު ނަގާފައެވެ. އޭގެ ފަހުން ސިންގަޕޫރުން ނަތީޖާ ހަމަހަމަ ކުރުމާއެކު، އަފްޣާނިސްތާނުން ވަނީ ޓައިމް އައުޓެއް ނަގާފައެވެ. އެއަށްފަހު ސިންގަޕޫރުން ނަތީޖާ ހަމަހަމަ ކުރިނަމަވެސް އަފްޣާނިސްތާނުން ވަނީ އަލުން ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ދެ ޕޮއިންޓުގެ ލީޑު ހިފަހައްޓައި އަފްޣާނިސްތާނުން ސެޓު ކާމިޔާބު ކުރީ 23-25ންނެވެ.

މުބާރާތުގެ ފިިރިހެން ޑިވިޝަންގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ރާއްޖެއާއި މެލޭޝިޔާއެވެ. އަފްޣާނިސްތާނުގެ ދެވަނަ މެޗުގައި އެ ޓީމުން ނުކުންނާނީ މެލޭޝިޔާއާ ދެކޮޅަށެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް