Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޖިޓަލް އައިޑެންޓިޓީ ކާޑު

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި

22 ފެބުރުއަރީ 2023 | ބުދަ 08:16

މި ކާޑު ތައާރަފުކުރާނީ އަންނަ މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ފެބުރުއަރީ 2023 | ބުދަ 08:16
ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު

އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން އާއްމުންނަށް ހުޅުވާލައިފިއެވެ.

ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމުގެ ކުރިން ޓެސްޓްކުރުމުގެ މަރުހަލާގައި ތަޖުރިބާކޮށްލުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލާފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން 500 މީހުންނަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މިވަގުތު ހުޅުވާލާފައިވަނީ ހަމައެކަނި އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކަށް ނަމަވެސް، އައިއޯއެސް ކަސްޓަމަރުންނަށްވެސް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނެއެވެ.

މީގެ އިތުރުން، މިހާރުވެސް ސަރުކާރުގެ 180 މީހަކު ނެޝަނަލް އައިޑީ ކާޑު ތަޖުރިބާ ކުރަމުން އަންނަ ކަމަށް އެންސީއައިޓީން ބުނެފައިވެއެވެ.

ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި އަންނަ މަހު ޑިޖިޓަލް އައިޑީ ތައާރަފްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް ދިމާވާ އުނދަނގުލެއް ކަމަށެވެ. މީގެ އިތުރުން ޚިދުމަތް ލަސްވެ، އޮޅުންބޮޅުންވުމަށް މެދުވެރިވުމުގެ ސަބަބުން އެކަމުގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އަންނަ މާރޗް މަހު ޑިޖިޓަލް އައިޑީ ލޯންޗު ކުރަނީ އެފަދަ ކަންކަމަށް ލުޔެއް ހޯދާދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ގާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތައް އެކުލަވާލަން ނިންމާފައި ވަނީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. ރައީސް ވަނީ މިހާރު މުޅި ރާއްޖެ މިދަނީ ޑިޖިޓަލައިޒްވުމާ ގާތަށް ކަމަށް ވެސް ވިދާޅުވެފައެެވެ.

މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗާތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2023

ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

22 ފެބުރުއަރީ 2023
ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް
22 ފެބުރުއަރީ 2022

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

22 ފެބުރުއަރީ 2022
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
30 މެއި 2017

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި

30 މެއި 2017
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓަށް ޖަޕާނުން 25 މިލިޔަން ޑޮލަރު ދޭން ނިންމައިފި
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
24 މެއި 2017

މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ

24 މެއި 2017
މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް