Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ރަސްގެފާނު

ސައުދީ ރަސްގެފާނު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި

ސައުދީގެ އަލްޖަޒީރާ ނޫހާއި މެދުވެސް ފިޔަވަޅު އަޅުއްވާނެކަމަށް ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޖުލައި 2017 | އާދީއްތަ 14:29
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިއަކު ސަސްޕެންޑުކޮށްފިއެވެ.

ސަސްޕެންޑުކޮށްފައިވަނީ ސައުދީގެ އަލް ޖަޒީރާ ނޫހުގެ ނޫސްވެރިޔާ، ރަމަޟާން އަލް އެނައިޒީއެވެ. އެނައިޒީ ސަސްޕެންޑުކޮށްފައިވަނީ ހުކުރު ދުވަހު އެ ނޫހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެންނެވެ. އެނައިޒީ ސަސްޕެންޑްކޮށްފައިވަނީ ސީދާ ސަލްމާން ރަސްގެފާނުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ރަސްގެފާނު ސަލްމާން، ސައުދީގެ އިންފޮމޭޝަން މިނިސްޓަރު އަވަދް ބިން ޞާލިހް އަލް އަވަދަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ލިޔުމުގެ ސުރުޙީ ފެނިވަޑައިގަތުމުން ރަސްގެފާނު ހައިރާންވެވަޑައިގަތް ކަމަށާއި، ލިޔުމުގައި ހުރި ބައެއް ބަސްތަކަކީ ބަލައިގެންނެވޭނެ ބަސްތަކެއް ނޫން ކަމަށެވެ. އަދި ލިޔުމުގައި ރަސްގެފާނު ސަލްމާން، މާތް ރަްކަލާންގެއާއި، ކީރިތި ރަސޫލާ صلى الله عليه وعلى آله وسلم އާއި އެއްފަދަކޮށް ސިފަކޮށްފައިވާ ކަމަށެވެ.

މިކަހަލަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތައް ނޫން ކަމަށާއި މިކަހަލަ މައްސަލަތައް އަޅާނުލައި ދޫކޮށްލައިފިނަމަ މިކަމުން ނިކުމެގެންދާނެ ނަތީޖާ ވަރަށް ރަގަޅަށް އެގިވަޑައިގަންނަވާކަމަށްވެސް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

ރަސްގެފާނު ސަލްމާން އިތުރަށް ވިދާޅުވީ މިކަހަލަ ލިޔުމެއް ޝާއިއުކުރުމުގެ ހުއްދަ ސައުދީގެ އަލްޖަޒީރާ ނޫހުން ދީފައިވާތީ، އެ ކުންފުންޏާއި މެދުވެސް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި މިކަމުގެ ސީރިއަސްކަމާއި، ކަމުގައި ހުރި ނުރައްކާތެރިކަން އެގިވަޑައިގަންނަވާތީ މިކަމާއި އަޅާނުލައްވައި ދޫކޮށްލެއްވެން ނެތް ކަމަށެވެ.

ސައުދީގެ އަލް ޖަޒީރާ ނޫހަކީ ޤަތަރުގެ މަޝްޙޫރު އަލްޖަޒީރާ ނޫސް އޭޖެންސީއާއި ގުޅުމެއް އޮންނަ ނޫހެއް ނޫނެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު