Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލައުރެއުސް އެވޯޑު

ލައުރެއުސް އެވޯޑު މެސީ އަށް ޙައްޤު: ނަޑާލް

ނަޑާލް އެހެން ބުނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2023 | ބުދަ 02:32
ނަޑާލް އަދި މެސީ

ނަޑާލް އަދި މެސީ

މިއަހަރު އޮންނަ ލައުރެއުސް އެވޯޑުގައި ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޚުސިއްޔަތުގެ އެވޯޑު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ޙައްޤު ކަމަށް ރަފައެލް ނަޑާލް ބުނެފި އެވެ.

މި އެވޯޑަށް މިއަހަރު ނޮމިނޭޓުވި ކުޅުންތެރިންނަކީ މެސީގެ އިތުރުން ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އާއި ނެދަލެންޑްސްގެ މޮޓޯ ރޭސިން އެތުލީޓު މެކްސް ވާސްޓެޕަން، ސްވިޑެންގެ މޮންޑޯ ޑުޕްލަންޓިސް، ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް އަަދި އެމެރިކާގެ ބާސްކެޓު ކުޅުންތެރިޔާ ސްޓެފެން ކަރީ އެވެ. މީގެ ކުރިން 2021 ވަނަ އަހަރު މި އެވޯޑު ކާމިޔާބުކޮށްފައިވާ ނަޑާލް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، ލައުރެއުސް އެވޯޑަށް އަނެއްކާ ވެސް ނޮމިނޭޓުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް މިއަހަރު އެވޯޑު ލިބެން ވާނީ މެސީ އަށް ކަމަށާއި، މެސީ އަށް އެ އެވޯޑު ޙައްޤު ކަމަށް ވެސް އޭނާ ބުންޏެވެ.

މެސީ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާއާއެކު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ. މެސީ އަދި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅޭ ގޮތުން ނަޑާލް އޭރު ބުނީ، އޭނާ އާޖެންޓީނާ އަށް ސަޕޯޓު ނުކޮށް، މެސީ ވޯލްޑް ކަޕްގެ ތަށި އުފުލާލި މަންޒަރު ފެނުމުން އޭނާގެ ލޮލުން ކަރުނަ އައި ކަމަށެވެ. އޭނާ ބުނީ ވަރަށް މޮޅަށް ކުޅެމުން އައި ކުޅުންތެރިޔަކު އޭނާގެ ކެރިއަރުގައި ހަމައެކަނި މަދުވާ ކާމިޔާބީ ހާސިލްކުރި މަންޒަރު ފެނުން އެއީ ޖަޒުބާތީ ވަގުތު ކޮޅެއް ކަމަށެވެ. މީގެ އިތުރުން ނަޑާލް ވަނީ މެސީ ރިޓަޔާ ކުރަން ބޭނުންނުވާ ކަމަށާއި، އަދިވެސް އިތުރު ކާމިޔާބީ ހޯދުމަށް އެދޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު