Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގުޅީފަޅު ހިއްކުން

ގުޅީފަޅު ހިއްކުމަށް ބޭނުންވާ ޑްރެޖަރ ރާއްޖެ ގެނެސްފި

ގުޅީފަޅުން 2،000 ގޯތި ދޫކުރަން ވަނީ ހަމަޖެހިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2023 | އަންގާރަ 11:49
ގުޅީފަޅު ހިއްކުމަށް ގެނައި ޑްރެޖަރ

ގުޅީފަޅު ހިއްކުމަށް ގެނައި ޑްރެޖަރ

ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް ބޭނުންވާ ޑްރެޖަރ ރާއްޖެ ގެނެސްފިއެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަސްޓްރަކްޗަރއިން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏާއެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރުމަށް އެކުންފުނިން ގެނައި ޑްރެޖަރ "އޮރެންޖް"ގެ ޑްރެޖިން ލައިންގެ ދިގުމިނުގައި 12.10 މީޓަރު ހުރެއެވެ. މިއީ 201 މީޓަރުގެ ދިގު ޑްރެޖަރއެކެވެ.

ގާތްގަނޑަކަށް 120 މިލިއަން ޔޫރޯގެ މި މަޝްރޫއުގެ ދަށުން ގުޅީފަޅު ތަރައްގީކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ގުޅީފަޅުގެ ފުރަތަަމަ ފިޔަވަހީގެ މަސައްކަތްވެސް ކޮށްފައިވަނީ އެ ކުންފުނިންނެވެ. މާލެއާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ގުޅީފަޅު ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެގޮތުން އެތަނުގެ ޕޯޓްގެ މަސައްކަތާއި، ކްލައިމެޓް އެޑަޕްޓިވް ސިފަތަކާއެކު އެތަން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ތަރަައްގީވެގެން ދާއިރު އެތަން ވެގެންދާނީ ކަނޑުގެ ލޮނުގަނޑު އުފުލުމުން ލިބޭ ގެއްލުން ކުޑަވާ ގޮތަށް ތަރައްގީކޮށްފައިވާ ތަނަކަށެވެ.

ބޮސްކާލިސްއިން ބުނިގޮތުގައި މި މަސައްކަތަށް 18 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. ގުޅީފަޅުގެ ދެވަނަ ފިޔަވަހީގައި ޝޯލައިން ޕްރޮޓެކްޝަންއަށް ގަލުގެ ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރު ދެނެގަތުމަށް އިންޓަނޭޝަނަލް ސްޓޭންޑަޑްސްއާ އެއްގޮތަށް އެންވަޔަރަމެންޓް އެސެސްމެންޓް ރިޕޯޓް އެކުލަވާލި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ތިމާވެއްޓަށް ކުރާނެ އަސަރު ކުޑަކުރުމަށް އެ ސަރަހައްދުގައި ހުރި މުރަކަތައް ރީލޮކޭޓްކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅީފަޅު ހިއްކައި ނިމުމުން އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު