Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރުގެ މައްސަލާގައި އިތުރު 3 ހެތްކެއްގެ ހެކިބަސް ނަގައިފި

20 ފެބުރުއަރީ 2023 | ހޯމަ 12:32

ލަމްހާގެ އެދުމުގެ މަތިން މޭރީއާ ބައްދަލުކުރިކަމަށް ހެކިވެރިއަކު ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2023 | ހޯމަ 12:32
މޭރީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާރވިންއާއި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާރވިންއާއި ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ.

Advertisement - newsAdvertisement

އޭނާ ވަނީ މި މައްސަލައާ ގުޅުންހުރި ފުޓޭޖްތައް ތަހުލީލުކޮށްފައެވެ. އޭގެތެރޭގައި; ފުލުހުންގެ ކެމެރާގެ ފުޓޭޖްތަކަކާއި، އައިޖީއެމްއެޗްގެ ޕޯޓިކޯ ސަރަހައްދުގެ ފުޓޭޖްތަކެއްގެ އިތުރުން، އުދުހޭކޮކާގޭގެ ފުޓޭޖްތަކެއް ހިމެނެއެވެ.

އެ ފުޓޭޖްތަކުން ދައްކުވައިދެނީ މޭރީގެ މަރުގެ ހާދިސާ ހިނގި ދުވަހު މާވިންއާއި ލަމްހާގެ ހަރަކާތްތައް ހުރި ގޮތެވެ.

އެ ހާދިސާއަށްފަހު ލަމްހާ އެ ގެއިން ނުކުމެގެންދާއިރު، ދޮރު ހުޅުވުމަށް އޭނާ ލައިގެން ހުރި ހެދުމުގެ އަތް ބޭނުންކުރާކަން ފުޓޭޖުން ފެންނަކަމަށް އެ ހެކިވެރިޔާވެސް ބުނެއެވެ. ދައުލަތުންވެސް މީގެ ކުރިން ވަނީ އެއީ ފިންގަރ ޕްރިންޓް ފޮރުވުމަށް ލަމްހާ ކޮށްފައިވާ ކަމެއް ކަމުގައި ބުނެފައެވެ.

ދެން ހާޒިރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެކެވެ. އޭނާއަކީ ލަމްހާގެ އެކުވެރިއެކެވެ. ލަމްހާގެ އެދުމުގެ މަތިން މޭރީއާ ބައްދަލުކުރި ކަމަށާއި، ލަމްހާއާއި މޭރީ ސުލްހަކުރުމުގެ ގޮތުން ދެ މީހުންނާ ވާހަކަ ދައްކާފައިވާނެކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނިގޮތުގައި ހާދިސާ ހިނގި ދުވަހު ލަމްހާގެ މޫނުމަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ނުފެނެއެވެ. އޭނާ ހުރީ ވަރަށް "އެކްސައިޓް"ވެފައި ހުރި ގޮތަކަށްކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، ލަމްހާ ހުރީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެފައި ކަމަށެވެ.

އޭގެ އިތުރުން، ހާދިސާ ހިނގި ފަހުން ލަމްހާ އެކި ފަހަރުމަތިން ގުޅާފައި މައްސަލައަށްވާނީ ކިހިނެއްތޯ ސުވާލު ކުރަމުން ދިޔަކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭގެ އިތުރުން އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއްގެ ހެކިބަސްވެސް މި އަޑުއެހުމުގައި ނަގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވާގޮތުގައި، މޭރީ މަރާލުމަށް ލަމްހާ ރޭވިކަން އެއީ ދައުލަތުން ހަރުދަނާ ހެތްކާއި ގަރީނާއާއެކު ދައްކާ ވާހަކައެކެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓުތަކުން އެނގޭކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ދީފައިވާ ކަމަށެވެ. ލަމްހާގެ ގެއިން ފެނިފައިވާތަކެތިންއެކަމަށް ބާރު ލިބިދޭކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ބުނާގޮތުގައި މޭރީ މަރާލުމުގެ އަމަލަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ލަމްހާ ވަނީ މާވިންއާއި މޭރީގެ ދަރިފުޅު ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި މޭރީ މަރާލުމުން އެ ގެޔަށް ގޮސް، މޭރީ އަމިއްލައަށް މަރުވީކަން ދެއްކުމަށް ސީނެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް