Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން ކުރުން

ބްރޯޑްކޮމަށް އައްޔަންކުރަން ކޮމިޓީން ތިން ބޭފުޅަކަށް ރުހުން ދީފި

20 ފެބުރުއަރީ 2023 | ހޯމަ 12:09

ރުހުން ދީފައިވަނީ އައިމިނަތު ނުޒުހާ އާއި ހުސެއިން އަމްރު އާއި މަރިޔަމް ނަރީމާން ޝަރީފްއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ފެބުރުއަރީ 2023 | ހޯމަ 12:09
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ތިން ބޭފުޅަކަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ.

ތިން ބޭފުޅަކަށް އެ ކޮމިޓީން ރުހުން ދީފައިވަނީ ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. އެގޮތުން ރުހުން ދީފައިވަނީ ހއ. ހޯރަފުށި، ރިވޯޑް، އައިމިނަތު ނުޒުހާ އާއި ވ. ރޯޝަން ހުސެއިން އަމްރު އާއި ގދ. ތިނަދޫ، މުޝްތަރީގެ، މަރިޔަމް ނަރީމާން ޝަރީފްއަށެވެ.

ބްރޯޑްކޮމްގެ މެމްބަރަކު 8 ޖެނުއަރީ 2023ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައިވާތީ ބޮރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސް އެ ކޮމިޝަނަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ނަންތައް ހުށަހެޅުއްވިއެވެވެ. މި ނަންތައް ދިރާސާކޮށް، ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އަދި އެ ބޭފުޅުންނާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ވެސް މަޖިލީހުން ހުޅުވާލިއެވެ.

ބްރޯޑްކޮމްއަށް މެމްބަރުން އައްޔަންކުރުމަށް ރައީސް ފަސް ނަމެއް މަޖިލީހަށް ފޮނުއްވާފައިވާއިރު އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބަކީ:

މި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް ކޮމިޓީން ރުހުން ދީފައިވާއިރު ބްރޯޑްކޮމްގެ މެމްބަރަކަށް އައްޔަން ކުރާނީ އެ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެމްބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.

މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 6 މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އަމްޖަދު ވަހީދާއި އަލީ ޔޫސުފާއި އާމިނަތު އަމީނާއާއި މުހައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް