Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ތިނަދޫ

ވ. ތިނަދޫ އަންހެނުންގެ ކޮމިޓީއަށް ހަތަރު ފަހަރަށް އިއުލާންކޮށްގެން ވެސް ކުރިމަތިލާނެ މީހަކު ނުވި

20 ފެބުރުއަރީ 2023 | ހޯމަ 12:06

ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވެސް ކުރިމަތިލާނެ މީހަކު ވަނީ ނުވެފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 20 ފެބުރުއަރީ 2023 | ހޯމަ 12:06
ވ، ތިނަދޫ

ވ، ތިނަދޫ

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ހަތަރު ގޮނޑިއަށް ކުރިމަތިލުމަށް ހަތަރު ފަހަރެއްގެ މަތިން ފުރުސަތު ހުޅުވައިލުމުން ވެސް އެއްވެސް މީހަކު ކުރިމަތިލައިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވ. ތިނަދޫގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލާން ހަތަރު ފަހަރެެއްގެ މަތިން އިއުލާންކޮށްގެން ވެސް އެއްވެސް ބަޔަކު ކުރިމަތިލައިފައި ނުވާ ކަމަށާއި އަންހެނުންގެ ކޮމިޓީތަކުން މެންބަރުން އިސްތިއުފާ ދޭ މައްސަލަ ވެސް ވަރަށް އާންމުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވ. އަތޮޅު ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއެއް ހުސްވެގެން ވެސް ދެ ފަހަަރަށް އިއުލާންކޮށްގެން ވެސް ކުރިމަތިލައިފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަބީބު ވިދާޅުވީ މި ގޮތަށް މި ކަންވާ ސަބަބުތައް ދިރާސާކޮށް މި ކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދައުރަކީ އިންތިހާބު އިއުލާންކޮށްފައި ކެނޑިޑޭޓުން ކުރިމަތިލައިފި ނަމަ ވޯޓުން ނެގުން ކަމަށާއި އެ ދައުރު އަދާކުރުމަށް ޓަކައި ވެސް އެތައް ފަހަރެއްގެ މަތިން އެ ކަމަށް އިއުލާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ކުރިމަތިނުލައިފިނަމަ ދެން ކަންތައްކުރަންވީ ގޮތެއް ގާނޫނުގައި ނެތްކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ކައުންސިލް މެންބަރަކަށްވުމަށް ޓަކައި އެ ރަށެއްގެ ރަށްވެއްސަކަަށްވާން ނުޖެހޭ ކަމަށާއި ނަމަވެސް ޑަބްލިޔުޑީސީގެ މެންބަަރަކަށްވުމަށް ޓަކައި އެ ރަށެއްގެ ރަށްވެއްސަކަށް ވާން ޖެހޭ ކަމަށެވެ. އެހެންކަމުން، އެ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް އެ ރަށެއްގެ ރަށްވެއްސަކަށް ނޫނަސް އެގޮނޑިއަށް ކުރިމަތިލެވޭ ގޮތް ހެދުމަކީ މި ކަމަށް ހައްލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 10 އޭޕްރީލް 2021ގައި ބޭއްވިއިރު އެ ކޮމިޓީއަށް އޭރު ކުރިމަތިލި ފަސް މެންބަރުން ވެސް އިންތިހާބުވިއެވެ. ނަމަވެސް ކޮމިޓީއަށް އިންތިހާބުވި ހަތަރު މެންބަރުންގެ ހާލަތު ހުރި ގޮތުން އިގުރާރުގައި ސޮއިކުރަން އިންކާރުކުރެއްވުމުން އެ ގޮނޑިތައް ހުސްވީއެވެ. އެ ގޮނޑިތައް ހުސްވުމުން އިންތިހާބަށް ކުރިމަތިލުމަށް ހަތަރު ފަހަރަށް ހުޅުވައިލައިގެން ވެސް އެއްވެސް ފަރާތަކުން އެއިން ގޮނޑިއަކަށް ކުރިމަތިލައިފައެއް ނުވެއެވެ.

ވ. ތިނަދޫގައި ދިރިއުޅެނީ އެ ރަށު 60 މީހުންނެވެ. ކައިރި ރަށްރަށާއި ވަޒީފާ އަދާކުރާ ބިދޭސީންނާ އެކު ތިނަދޫގައި ދިރިއުޅޭ މީހުންގެ އާބާދީ 200އާ ގާތް ކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް