Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫމަޑި މައްސަލަ

މުއިއްޒުއަށް ކުރާ ދައުވާގެ ޝަރީއަތް ފަށައި، ހެކިބަސް ނަގަން ފަށައިފި

މުއިއްޒުގެ ފަރާތުން ބުނެފައިވަނީ، އޭނާ ދައުވާއަށް ކަނޑައެޅިގެން އިންކާރުކުރައްވާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2023 | ހޯމަ 12:41
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު އޮތީ މި މައްސަލައިގެ ޝަރީއަތް ފެށުމެވެ. އެގޮތުން އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާހީ ބަޔާން އިއްވާފައެވެ.

Advertisement - newsAdvertisement

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލާގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އިފްތިތާހީ ބަޔާން އިއްވަމުން މުއިއްޒުގެ ފަރާތުން ބުނެފައިވަނީ، އޭނާ ދައުވާއަށް ކަނޑައެޅިގެން އިންކާރުކުރާ ކަމަށާއި، އެފަދަ ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.

ދެން ކުރިއަށްދިޔައީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ފުރަތަމަ ހާޒިރުކުރީ ރައީސް އޮފީހުގެ މިހާރުގެ އަންޑަރ ސެކްރެޓަރީ މޫސާ ފަތުހީއެވެ. އޭނާ ވަނީ މީގެ ކުރިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓަވާފައެވެ. އޭނާ ވަނީ އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.

ހެކިވެރިޔާ ވަނީ މިހާރު ބައެއް ކަންކަން އެންމެ ރަނގަަޅަށް ހަނދުމަފުޅު ނެތްކަން ފާހަގަކުރައްވާފައެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ އީވައިސީ ޔައުމިއްޔާއާ ގުޅޭގޮތުން ހެކިވެރިޔާ ވިދާޅުވީ، އެއީ ސައްހަ ޔައުމިއްޔާއެއް ކަމަށެވެ. އެ ޔައުމިއްޔާއަކީ މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އީވައިސީ ބައްދަލުވުމަކާއި ގުޅޭ ޔައުމިއްޔާއެކެވެ.

އެއީ ނޫމަޑިއަށް ލަގްޜަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމަށް ނިންމަންޖެހޭ ނިންމުންތައް ވީ އެންމެ އަވަހަށް ނިންމުމަށް ކަނޑައަޅާފައިވާ ޔައުމިއްޔާއެކެވެ.

އެހެންނަމަވެސް މުއިއްޒު ވަނީ ނޫމަޑިއަށް ލަގްޜަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

ހެކިވެރިޔާ ވިދާޅުވީ، އީވައިސީގެ ނިންމުންތައް ނިންމާނީ ކައުންސިލުގެ މެމްބަރުން ކަމަށާއި، ކައުންސިލަށް މައުލޫމާތު ދޭން އަންނަ ފަރާތްތަކުގެ ދައުރެއް ކައުންސިލުގެ ނިންމުންތަކުގައި ނޯންނާނެ ކަމަށެވެ. މުއިއްޒުއަކީ ކައުންސިލުގެ މެމްބަރެއް ނޫންކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ޔައުމިއްޔާގައި ސޮއިކޮށްފައި ނުވާތީ ދިފާއުން ވަނީ އެކަން ފާހަގަކޮށްފައެވެ. ހެކިވެރިޔާ ވިދާޅުވިގޮތުގައި ބައެއް ޔައުމިއްޔާތަކުގައި ސޮއިނުކޮށްވެސް ހުރެއެވެ.

ދެން ހާޒިރުކުރީ ހައުސިންގ މިނިސްޓްރީގައި ވަޒީފާ އަދާކުރައްވާ، އަދި އޭރު ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދުއެވެ.

އޭނާ ވިދާޅުވީ، ނޫމަޑި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ނުދާކަމަށާއި، އެކަން މުއިއްޒުއަށްވެސް އަންގަވަމުން ގޮސްފައިވާނެކަމަށެވެ.

އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.   

ތިންވަނައަށް ހާޒިރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެކެވެ. އިކޮނޮމިކް ކައުންސިލުގެ ސެކްރެޓޭރިއެޓްވެސް އޭނާ ވަނީ ބަލަހައްޓާފައެވެ.

އޭނާވެސް ހެކިބަސް ދެއްވާފައިވަނީ އީވައިސީ ޔައުމިއްޔާއާ ގުޅިގެންނެވެ. އެއީ ސައްހަ ޔައުމިއްޔާއެއްކަމަށް އޭނާ ވިދާޅުވިއެވެ.   

ހަތަރުވަނައަށް ހާޒިރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ވިދާޅުވީ، އީވައިސީގެ ބައްދަލުވުންތަކުގައި އޭނާއާ މުއިއްޒުއާ ދިމާވެފައިވާ ކަމަށެވެ. އީވައިސީ ބައްދަލުވުންތަކުގައި ހައުސިންގ މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަސްވަނައަށް ހާޒިރުކުރީ ހައުސިންގ މިނިސްޓްރީގައި މިހާރު ޑިރެކްޓަރ ކަން ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ވަނީ ނޫމަޑި ޕްރޮޖެކްޓު ލަސްވެގެން ދިޔަކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސަބަބުންވެސް ޕްރޮޖެކްޓު ލަސްވެގެން ދިޔަކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، އޭރު ފުލުުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ސޮއިކުރެއްވީ އެންމެ ރަނގަޅަށް ބައްލަވާފައި ނޫންކަމަށާއި، ވުމާއެކު، އޭނާ ބުނި ގޮތާ ޚިލާފަށް ބައެއް ވާހަކަ ހުރުންވެސް އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު