Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫއެފާ ޗެމްޕިއަންސް ލީގު

ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް މިރޭ ފަށަނީ

މިއީ ޔޫރަޕުގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2019 | އަންގާރަ 14:10
ލިވަރޕޫލް އިން ޗެމްޕިއަންސް ލީގުގެ ތަށްޓާއިއެކު

ލިވަރޕޫލް އިން ޗެމްޕިއަންސް ލީގުގެ ތަށްޓާއިއެކު

ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާނެއެވެ.

ފުޓުބޯޅައިގެ އެންމެ ބޮޑު އެއް މުބާރާތުގެ ގޮތުގައި ބެލެވިފައިވާ، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލިވަޕޫލް އެވެ. އަހަރުތަކަށްފަހު އިނގިރޭސި ކްލަބަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވާއިރު މިއީ ލިވަރޕޫލުން މި މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. ހަމަ ގައިމުވެސް ލިވަރޕޫލުން މި މުބާރާތަށް ނިކުންނާނީ މި މުބާރާތް މި އަހަރުވެސް ކާމިޔާބު ކުރުމަށް ކަން ކަށަވަރެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓޮޓެންހަމުން މި އަހަރުގެ މުބާރާތަށް ނިކުންނާނީ ވެސް މޮޅު ކުޅުމެއް ކުޅެ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށް އެޓީމުގެ ކޯޗު ދާދި ފަހުން ވަނީ ބުނެފައެވެ. ޓޮޓެންހަމަށް ބަލާއިރު މަޝްހޫރު ކުޅުންތެރިން ނިސްބަތުން މަދު ނަމަވެސް ޓޮޓެންހަމަކީ އެއްފެންވަރެއްގައި ކުޅުން ދަމަހައްޓަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ޓީމެކެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެއިންގެ ގަދަ ބާރު ރެއާލުން، މި މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދައިފައިވާއިރު ރެއާލް މެޑްރިޑަށް ނިމިދިޔަ ޗެމްޕިއަންސް ލީގުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް މިއަހަރުގެ ޗެމްޕިއަންސް ލީގަށް މެޑްރިޑް ނިކުންނަނީ ޒިދާން އާއި އެކު މި މުބާރާތް 14 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ. ރެއާލް މެޑްރިޑަކީ މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގަށް ރެއާލުން ނިކުތް އިރު ރެއާލުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 200 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީއަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެޑެން ހަޒާޑް ވަނީ އެޓީމަށް ގެނަސްފައެވެ.

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާ މިއަހަރުގެ ޗެމްޕިއަންސް ލީގާއި ކުރިމަތިލަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަރޕޫލް އަތުން ބަލިވި ހިތްދަތި ބަލި ހަނދާން ނައްތައިލުމަށެވެ. ގިނަ މީހުން ދެކޭ ގޮތުގައި ބާސެލޯނާއަކީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނެވެ. އެގޮތުން ބާސެލޯނާއިން މި މުބާރާތާއި ކުރިމަތިލީ މި މުބާރާތުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ކާމިޔާބުކުރުމަށެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނީ މި މުބާރާތާއި ބާސެލޯނާއިން އަބަދުވެސް މި މުބާރާތާއި ކުރިމަތިލަނީ މި މުބާރާތް ކާމިޔާބުކުރުމަށް ކަމަށާއި މިއީ ބާސެލޯނާއިން މި މުބާރާތް ކާމިޔާބު ކުރަންވީ ވަގުތު ކަމަށެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1996 ގައެވެ. މި މުބާރާތުގެ ފައިނަލްގައި އެންމެ ނާކާމިޔާބު ޓީމުގެ ގޮތުގައި ބެލެވޭ ޔުވެންޓަސް އިން އަންނަނީ މި މުބާރާތް ކާމިޔާބުކުރުމަށް ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނެދަލޭންޑްސްގެ ޑިފެންޑަރ ޑިލައިޓް އާއިއެކު ޔުވެންޓަސް އަށް މި މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލް ގައެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގަކީ ވެސް ފޯރިގަދަ ހައިރާންކުރަނިވި ނަތީޖާތަކެއް ފެނިގެން ދާނެ މުބާރާތެއް ކަމާއި މެދު ޝައްކެއް ވެސް ނެތެވެ. ހަމަ ޔަގީނުންވެސް ފުޓުބޯޅަ ފޭނުން ތިބީ މުބާރާތް ފަށައިގަންނާނެ އިރަކަށް ކެތް މަދުވެފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު