Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުރަސްމީ ގަޑި

ދިޔާނާގެ ނުރަސްމީ ގަޑި މިރޭ!

ނުރަސްމީ ގަޑި ޕްރޮގްރާމް މިރޭ 23:00 އިން ހަމައެކަނި ރާއްޖެޓީވީން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 27 މެއި 2018 | އާދީއްތަ 12:52
މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ

މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ

އެއީ ކުރީގެ ބަންޑާރަ ނައިބެއެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދައްކަން މި އުޅެނީ ފުންނާބު އުސް ގާނުނީ ވަކީލާ ދިޔާނާ ސައީދުގެ ވާހަކައެވެ. ސުވާލަކީ ދިޔާނާއަށް ބާޒާރުމަތީ ގޮޅިއެއްގައި މަސައްކަތް ކޮށްލެވިދާނެތޯއެވެ؟ އާންމުންގެ ގިނަ ބަޔަކު ނުކުމެ އުޅޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއެއްގައި އިންނަން އޭނާ އެއްބަސް ވެދާނެ ހެއްޔެވެ؟

މި ރަމަޟާން މަހުގައި ރާއްޖެޓީވީން ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމުން މި ސުވާލުތަކުގެ ޖަވާބްތައް ލިބިގެންދާނެވެ. ނުރަސްމީ ގަޑި ޕްރޮގްރާމްގެ މިރޭގެ މެހުމާނަކީ ދިޔާނާއެވެ. މިރޭ 23:00 ގައި ގެނެސްދޭ މި ޕްރޮގްރާމް އިން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އެއްޗެހި ވިއްކަން އިންނަވާއިރު، އޭނާގެ މޫނު މައްޗަށް އަރާ ފައިބާ ކުލަތައް ފެނިގެންދާނެވެ. އާންމު ރައްޔިތުންނަން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އިންދާ ފެނުމުން ކުރެވޭ އިޙްސާސް ވެސް ތަފާތު ވާނެއެވެ.

މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ -

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އެބޭފުޅުންގެ އާއިލާގެ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ.

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރިންގެ މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތުވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފާތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2020

އައު ޕީޖީ އައްޔަނު ކުރުމަށް "ޖެހި ސަކަރާތުގައި" ރޮލެކްސް ގަޑި ދިނުމަށް އަދީބު ގާތު އެދުނީވެސް ނިހާނު!

30 ޑިސެމްބަރު 2020
އައު ޕީޖީ އައްޔަނު ކުރުމަށް "ޖެހި ސަކަރާތުގައި" ރޮލެކްސް ގަޑި ދިނުމަށް އަދީބު ގާތު އެދުނީވެސް ނިހާނު!
04 ޖުލައި 2020

ޚަޝޯގީ ކޮންސުލޭޓަށް ވަދެ ގަޑިއިރެއް ނުވަނީސް އަވަން ހޫނުކޮށްފައި ބެހެއްޓުމަށް އޯޑަރެެއް!

04 ޖުލައި 2020
ޚަޝޯގީ ކޮންސުލޭޓަށް ވަދެ ގަޑިއިރެއް ނުވަނީސް އަވަން ހޫނުކޮށްފައި ބެހެއްޓުމަށް އޯޑަރެެއް!
21 ސެޕްޓެމްބަރު 2019

ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

21 ސެޕްޓެމްބަރު 2019
ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!
17 ސެޕްޓެމްބަރު 2019

ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް މިރޭ ފަށަނީ

17 ސެޕްޓެމްބަރު 2019
ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް މިރޭ ފަށަނީ
12 ސެޕްޓެމްބަރު 2019

ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ

12 ސެޕްޓެމްބަރު 2019
ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ
13 އެޕްރީލު 2019

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!
12 އެޕްރީލު 2019

ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި

12 އެޕްރީލު 2019
ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި
19 ނޮވެމްބަރު 2018

24 ގަޑިއިރަށް ކެފޭ އަދި ފިހާރަތައް ހުޅުވާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުގައި!

19 ނޮވެމްބަރު 2018
24 ގަޑިއިރަށް ކެފޭ އަދި ފިހާރަތައް ހުޅުވާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުގައި!
12 އޮކްޓޯބަރު 2018

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!
07 ނޮވެމްބަރު 2017

ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

07 ނޮވެމްބަރު 2017
ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު