Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ބްރެޒިލްގެ ހާލަތު

ހިތްދަތިކަމާއި ހާސްކަމަށް ފަހު ބްރެޒިލް ކޮވިޑް-19ން ސަލާމަތްވުމުގެ ނިޝާންތަކެއް

ފާއިތުވި ހަފްތާގައި ބްރެޒިލްގައި ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވާ މީހުންގެ އަދަދު އުޅުނީ 900ށް ވުރެ ދަށުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 13:11
ބްރެޒިލްގައި \"ސްޓޭ އެޓް ހޯމް\" ޖަހާފައިވާ ފާރެއްގެ ކައިރިން މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ބްރެޒިލްގައި \"ސްޓޭ އެޓް ހޯމް\" ޖަހާފައިވާ ފާރެއްގެ ކައިރިން މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި ބްރެޒިލް އަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. މިހާތަނަށް އައިއިރު 26 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ބްރެޒިލް އިން ވައިރަސް ޖެހުނު މީހުންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗެވެ. 8 ލައްކައަށް ވުރެ ގިނަ މީހުން މިވައިރަސް ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށް އައިއިރު މަރުވެފައިވާއިރު ބްރެޒިލް އިން އެކަނި 123،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެއްވާނެއްގައި އަލަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ތިން މަހާއި ބައިވަންދެން ހުރުމަށްފަހު މިހާރު މިވަނީ އެއަދަދުތައް ދަށަށްދާން ފަށާފައެވެ. މެއި މަހުގެ ފަހުން ފުރަތަމަ ފަހަރަށް މިވަނީ އަދަދުތައް ދަށަށްދާތަން ތަފާސް ހިސާބުތަކުންނާއި ހެދެމުންދާ އެކި ދިރާސާތަކުން ހާމަވާން ފަށާފައެވެ.

ފާއިތުވި ހަފްތާގައި ބްރެޒިލްގައި ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވާ މީހުންގެ އަދަދު އުޅުނީ 900ށް ވުރެ ދަށުގައެވެ. މިއީ އެމެރިކާ އާއި އިންޑިޔާ އަށް ވުރެ މަދުން މަރުވާ މީހުން ފާއިތުވި ތިން މަސް ތެރޭގައި ރިކޯޑް ކުރެވޭ ފުރަތަމަ ފަހަރެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބްރެޒިލްގައި އެކަކު އަނެކަކަށް ވައިރަސް ފެތުރޭ މިންވަރުވެސް ވަނީ ދަށަށްގޮސްފަ އެވެ. އެގޮތުން މިހާރު ވައިރަސް ފެތުރޭ މިންވަރު ހުރީ 1 އިންސައްތަ އަށްވުރެ ދަށުގައެވެ. އެހެންނަމަވެސް މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ވައިރަސް ފެތުރޭ މިންވަރު 1 އިންސައްތައަށް ވުރެ ދަށަށް އޮގަސްޓް މަހުވެސް ދިޔައެވެ. ނަމަވެސް ހަފްތާއެއް ފަހުން އަނެއްކާވެސް ވަނީ ވައިރަސް ފެތުރޭ މިންވަރު އިތުރުވެފައެވެ.

ބްރެޒިލް ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އަދި ކުރިޔަށް އޮތްތަނުގައި އަދަދުތައް ދަށަށްދާނެ ކަމަށް އަންދާޒާކޮށްލާކަށް ނޭންގެއެވެ. އަންގާރަ ދުވަހާއި ބުދަ ދުވަހު އެގައުމުގައި ދުވާލެއްގެ މައްޗަށް 1100 މީހުން މިވައިރަސް ޖެހިގެން މަރުވެގެން ވަނީ ރިޕޯޓްކޮށްފަ އެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައިވެސް އަދި ބްރެޒިލްގެ ހާލަތާއި މެދު އެއްޗެއް ބުނަން މާ އަވަހެވެ.

ރިއޯ ޑި ޖަނެއިރޯގެ ފެޑެރަލް ޔުނިވަރސިޓީގެ އިންފެކްޝިއަސް ޑިޒީސް މާހިރެއް ކަމުގައިވާ ރޮބާޓޯ މެޑްރޮނޯ ވިދާޅުވާ ގޮތުން ކުރީގެ އަދަދު ތަކާއި އަޅާބަލާއިރު މިހާރު ބްރެޒިލްގައި މިވަނީ އަދަދުތައް ދަށަށްދާން ފަށާފައެވެ. ބްރެޒިލްގެ ގްރާފު މިހާރު ވަނީ ދަށަށްދާން ފަށާފައެވެ. ނަމަވެސް އަދިވެސް ނަންބަރުތަކަކީ މަތީ އަދަދުތަކަށް ވުމުން ސަމާލުކަންދޭން ޖެހޭ މިންވަރު ކުޑަނުކުރުމަށް ރޮބާޓޯ ވަނީ ވިދާޅުވެފައެވެ. އެހެން ނޫންކަމަށްވާނަމަ އަނެއްކާވެސް ކޭސްތައް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ރޮބާޓޯ ވިދާޅުވި އެވެ.

އެޕިޑެމިލޮޖިސްޓުން ދެކޭ ގޮތުގައި ބްރެޒިލްއަކީ އިންޑިޔާ ފަދަ ގައުމުތަކަށް މިސާލެއްގެ ގޮތުގައި ނެގިދާނެ ގައުމެކެވެ. އިންޑިޔާއިން މިހާރު އައު ސަރޖެއް އައިސް ކޭސްތައް އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

ޔޭލް ސްކޫލް އޮފް ޕަބްލިކް ހެލްތު ޕްރޮފެސަރ އަލްބަރޓް ކޯ ވިދާޅުވާ ގޮތުގައި ބްރެޒިލްއަކީ އެހެންގައުމުތަކަށް "އިބްރަތްތެރި ފިލާވަޅެ" ކެވެ. ވައިރަސް ބްރެޒިލްގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ އިރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައިނެތުމާއި އެކަންކަން ބްރެޒިލްގެ ގިނަ ހިސާބުތަކުގައި ރަނގަޅަށް ތަންފީޒުވެފައިނުވާ ކަމަށް އަލްބަރޓް ވިދާޅުވިއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ މާހިރުން އެންމެ ބޮޑަށް ބާރުއަޅުއްވަމުން ގެންދެވި އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަކީ ބްރެޒިލްގައި ވައިރަސް ފެތުރެން ފެށުނީއްސުރެވެސް ކުރަމުން އައި ކަމެއް ނޫނެވެ. އެއާއެކު ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް އެތައް މަސްތަކެއް ވަންދެން ވަނީ ދަށް ނުކުރެވި ޕީކުގައި ހުރެފައެވެ.

އެހެންނަމަވެސް މިހާރު ފެންނަން ހުރި އަދަދުތަކަށް ބަލާއިރު އެއަދަދުތައް ދަށްކަމަށް ދައްކައެވެ.

ގޫގްލް ގެ މޯބިލިޓީ ޑާޓާއިން ދައްކާގޮތުގައި ބްރެޒިލްގެ ތެރޭގައި މީހުން އެއްތަނުން އަނެއްތަނަށް މަސައްކަތަށްގޮސް އުޅޭ މިންވަރު ވަނީ 37.8 އިންސައްތަ އިން 16 އިންސައްތަ އަށް ދަށްވެފައެވެ. އެއީ އޭޕްރީލް މަހުގެ ތެރޭގައި އެންމެ ފުރަތަމަ ކޭސްތައް ފެންނަން ފެށި ދުވަސްވަރާއި ނިމިގެން ދިޔަ އޮގަސްޓް މަހާ އަޅާ ކިޔާއިރު ފެންނަ އިންސައްތައެވެ. ޓްރާންސިޓް ހަބްތަކުގައި މީހުން ހަރަކާތްތެރިވާ މިންވަރު ވަނީ މައްޗަށް ގޮސްފައި ކަމަށް ޑާޓާއިން ދައްކައެވެ.

"އަހަރުމެން ޖެހޭ މަސައްކަތްކުރަން. އެއީ ކުއްޔަށް އުޅޭތީ ކުލިދައްކަން ޖެހޭ. އަދި މިތާންގައި ދިރިއުޅުމަކީ ވަރަށް އަގު ބޮޑުކަމެއް. " ތިން މަސްދުވަންދެން ގޭގައި ހުރުމަށްފަހު ރިއޯ ޑި ޖަނެއިރޯގެ ރެސްޓޯރެންޓަކަށް ވެއިޓަރަކަށް އައި ޕެޓްރިކާ ލިމާ ބުންޏެވެ. ޕެޓްރިކާ ބުނާގޮތުން މީހުން ތޮއްޖެހިގެން ދަތުރުކުރާ ބަސް ތަކުގައި ގިނަ މީހުން ތިބެނީ މާސްކު ނާޅައެވެ.

ގޭގައި ތިބުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މުޅި ބްރެޒިލްގައިހެން ވަނީ ލުއި ދީފައެވެ. އެއީ އެގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ބްރެޒިލްގެ އިގްތިޞާދަށް މިފިޔަވަޅުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ލުއިދިނުމަށް ބާރުއަޅުއްވަމުން ގެންދަވާތީ އެވެ.

ސޯޝަލް މީޑިޔާގައި ވައިރަލް ވެފައިވާ ފޮޓޯތަކަށް ބަލާލާއިރު ފެންނަމުންދަނީ ރިއޯ ޑި ޖަނެއިރޯގެ ގޮނޑުދޮށްތައް މީހުންނައިގެން ތޮއްޖެހިފައިވާ މަންޒަރެވެ. ސައު ޕައުލޯގެ ރެސްޓޯރެންޓްތަކާއި ބަރ ތައް ފެންނަނީ ބިޒީކޮށެވެ.

ޔުނިވަރސިޓީގެ ސައު ޕައުލޯގެ އެޕިޑެމިލޮޖިސްޓު ޕައުލޯ ލުޓުފޯ ވިދާޅުވާ ގޮތުންނަމަ ދިގު މުއްދަތަކަށް ވައިރަސް ފެތުރޭ މިންވަރާއި މަރުވާ މީހުންގެ އަދަދު މަތީގައި ހުރީ އެގައުމުގެ ދެކުނާއި ހުޅަނގު މެދު ސަރަހައްދުތަކުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓިފައި ނެތުމުގެ ސަބަބުންނެވެ.

"އެމީހުންނަށް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އެޅި ދިގުމުއްދަތަކަށް އެކަން ތަންފީޒުކުރެވުނުނަމަ މިހާ ދިގު މުއްދަތަކަށް ބްރެޒިލްގެ ހާލަތު ގޯސްވެފައި އޮތުމުން ވަރަށް ބޮޑުތަނުން ސަލާމަތްކުރެވުނީސް." ޕައުލޯ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބްރެޒިލްގެ އިގްތިޞާދު ދެ ވަނަ ކުއާރޓަރގައި ވަނީ ރިކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. ބްރެޒިލްގެ ހުރިހާ ސެކްޓަރީ ތަކެއް ވަނީ ދަށަށްގޮސްފައެވެ. އަދި މި ލޮޅުމާއެކު ލެޓިން އެމެރިކާގެ އެންމެ ބޮޑު އިގްތިޞާދު އޮތް ބްރެޒިލްގެ އިގްތިޞާދު މިވަނީ 2009 ވަނަ އަހަރު އޮތް ހިސާބަށް ގޮސްފައެވެ.

ކޮވިޑް-19 ވެގެން ގޮސްފައިވަނީ ބްރެޒިލް އަށް މިއިން ދުވަހަކުވެސް އަރައިނުގަނެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ދިޔަ ބަލިމަޑުކަމަކަށެވެ. އެއީ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި އިގްތިޞާދަށް ފޫނުބުއްދޭ ވަރުގެ ގެއްލުންތަކެއް ވެފައިވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު