Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓަރު އަހްމަދު ނަސީމް

އަހަރަކު މަރުވާ މީހުންގެ 17 އިންސައްތައަކީ ކެންސަރުބަލީގައި މަރުވާ މީހުން: މިނިސްޓަރު ނަސީމް

17 ފެބުރުއަރީ 2023 | ހުކުރު 14:46

މިނިސްޓަރު ވިދާޅުވީ ކެންސަރުން ރައްކާތެރިވުމަށް ކެއުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދޭން ޖެހޭ ކަމަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 17 ފެބުރުއަރީ 2023 | ހުކުރު 14:46
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް --

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް --

މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރުބަލީގައި މަރުވާ މީހުން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ބުރަާސްފަތި ދުވަހު އިފްތިތާހުކޮށްދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ކެންސަރުގެ ތަފާތު ބަލިތައް ޖެހޭކަމަށާއި އޭގެ ސަަބަބުން ދާއިމީ ނުކުޅެދުންތެރިކަމަކަށް ދާންޖެހޭ ފަރާތްތަކާއި އެ ބަލީގައި ދުނިޔެ ދޫކުރަން ޖެހޭ ފަރާތްތައް ރާއްޖޭގައި އަހަރުން އަހަރަށް ދަނީ ގިނަވަމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރުބަލީގައި ދުނިޔެ ދޫކުރާ މީހުންކަމަށާއި މިހާރު ވެސް މި ބައްޔަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ގިނަ ބަޔަކު އަންނަނީ ފަރުވާ ހޯދަމުން ކަމަށެވެ.

Advertisement - newsAdvertisement

ކެންސަރުގެ ހިތްދަތި ވާހަކަތަކުގެ ތެރެއިން އެނގޭ އަނެއް ހަގީގަތަކީ ޒަމާނީ ތަހުލީލުތަކާއި ބޭސްފަރުވާގެ އެހީތެރިކަމާއެކު ގަވާއިދުން ސްކްރީންކޮށް ކެންސަރު ޖެހިފައި ހުރިތޯ ބަލައި ބަލީގެ ކުރީކޮޅުގައި ނުވަތަ ފުރަތަމަ މަރުހަލާގައި ދެނެގަނެވިއްޖެނަމަ ކެންސަރުބަލީގެ ގިނަ ތަފާތު ބަލިތަކަކުން ފަރުވާ ލިބޭކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ކެންސަރުޖެހޭ މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ދިރިއުޅުމުގެ ވަައްޓަފާޅި އާއި އާދަތައް ބަދަލުކުރުމުން ކެންސަރަށް ހުށަހެޅުނު މީހުން ކަމަށެވެ. އެހެންކަމުން، ކެވެނީ ކޮންކަހަލަ އެއްޗިއްސެއްތޯ ބަލައި އެއަށް ފަރުވާ ބަހައްޓައިފިނަމަ ސިއްހަތު މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ނަސޭހަތްތެރިވުމާއެކީ ރާއްޖެއަށް އިމްޕޯޓްކުރާ އެއްޗެހިތޯ ބަލަންޖެހޭ ކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސޮސެޖުފަދަ އެއްޗެހީގައި ބުޅާމަސް ހުރެގެން ނުވާނެ ކަމަށާއި އެފަދަ ކަންކަން ދިމާވަނީ ޓެސްޓުކުރެވޭނެ ނިޒާމުތަކެއް ނެތީމަ ކަމަށާއި އެ ކަމުގެ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކެންސަރު ބަލި ރާއްޖޭގައި އޮތް މިންވަރުގެ ތަފްސީލީ ރިޕޯޓެއް ހަދައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި އެދިފައިވާ ކަމަށާއި އެ ކަން ވަރަށް އަވަހަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް