Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަންނު މަދަރުސާގެ އަހަރީދުވަސް

މާފަންނު މަދަރުސާގެ އަހަރީދުވަސް ފާހަގަކޮށްފި

15 ފެބުރުއަރީ 2023 | ބުދަ 13:55

މާފަންނު މަދަރުސާގައި މިހާރު ކިޔަވައިދެނީ ހަމައެކަނި ޕްރީސްކޫލް ކުދިންނަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 15 ފެބުރުއަރީ 2023 | ބުދަ 13:55
މާފަންނު މަދަރުސާގެ އަހަރީދުވަސް ފާހަގަކުރުން --

މާފަންނު މަދަރުސާގެ އަހަރީދުވަސް ފާހަގަކުރުން --

މާފަންނު މަދަރުސާގެ 39 ވަނަ އަހަރީ ދުވަސް އެ ސްކޫލުގައި ފާހަގަކޮށްފިއެވެ.

ބުދަ ދުވަހު ހަވީރު މާފަންނު މަދަރުސާގައި އެ ސްކޫލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި އޭނާ ވަނީ އެ ސްކޫލްގެ ދިދަ ނަންގަވައިދެއްވައި އަހަރީ ދުވަހުގެ ހާއްސަ ކޭކު ވެސް ފަޅުއްވައިދެއްވައިފައެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލްގެ ދަރިވަރުންގެ ހާއްސަ ނެށުމުގެ އައިޓަމެއް ވެސް އޮތްއިރު ދަރިވަރުންގެ ފަރާތުން ވެސް ކުއްޖަކު ވާހަކަ ދައްކައިފައިވެއެވެ. ދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކީ މައީޝް މުޖުތަބާއެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ މާފަންނު މަދަރުސާގައި އޭނާ ނުކިޔެވި ނަމަވެސް އޭނާ ދަންނަ ވަރަށް ގިނަ މީހުން މާފަންނު މަދަރުސާގެ ދޮރާށިން ނުކުމެ ވަރަށް ކާމިޔާބު މީހުންގެ ގޮތުގައި މިއަދު މުޖުތަމައުގައި މަސައްކަަތްކުރަމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ މާފަންނު މަދަރުސާގެ ހުރިހާ ދަރިވަރުންނަކީ ވެސް ވަަރަށް ހާއްސަ ހުނަރުތަކެއް ލިބިފައިވާ ކުދިންތަކެއް ކަމަށާއި ބޮޑުވަމުން އަންނަ ވަރަކަށް އެކަންކަން ތަރައްގީވެ އޭގެ ބޭނުން ހިފުމުގެ ފުރިހަމަ ވަސީލަތް އެ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މާފަންނު މަދަރުސާގެ އާންޓީންނާއެކު އެ ކުދިން މިއަދު ފަށައިފައި އެ ވަނީ އެ ދަތުރުކަމަށާއި ނިކަން އަވަހަށް މި ގައުމު ބިނާކުރާ ކުދިންތަކަކަށް އެ ކުދިން ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކި ދަރިވަރު މައީޝް ބުނި ގޮތުގައި މާފަންނު މަދަރުސާއަށް 39 އަހަރުވީއިރު ވަރަށް ގިނަ ފަރާތްތަކަކުން އެ ސްކޫލުން ތައުލީމް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލުން ކިޔެވި ކުދިން ވަރަށް މޮޅުވާނެ ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގައި އެކިއެކި ދާއިރާތަކުގައި އެބަ ތިއްބެވިކަމަށް މައީޝް ބުންޏެވެ. އިތުރަށް މައީޝް ބުނީ މާފަންނު މަދަރުސާގެ އަމާޒަކީ އެއްޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ރަނގަޅު ޖީލެއް ބިނާކޮށް ގައުމަށް ފައިދާހުރި ދަރިންތަކެއް މާފަންނު މަދަރުސާގެ ހިޔާވަހިކަމުން ނެރުން ކަމަށެވެ.

=

މާފަންނު މަދަރުސާއަކީ މާލޭގައި އަވަށު މަދަރުސާތައް ހުޅުވި ދުވަސްވަރުގައި 1984 ވަަނަ އަހަރުގެ ފެބްރުވަރީ 15 ވަނަ ދުވަހު ހުޅުވި މަދަރުސާއެކެވެ. މީގެ ކުރިން ސާނަވީ ގްރޭޑްތަކަށް ވެސް އެ ސްކޫލުގައި ކިޔަވައިިދިން ނަމަވެސް މިހާރު އެ ސްކޫލަކީ ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭ ފެންވަރު ރަނގަޅު ސްކޫލެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

25 ޖުލައި 2017

މާފަންނު ގެއަކަށް ވަދެ ވަޅި ހަރައި ދެ މީހަކު ޒަހަމްކޮށްލައިފި

25 ޖުލައި 2017
މާފަންނު ގެއަކަށް ވަދެ ވަޅި ހަރައި ދެ މީހަކު ޒަހަމްކޮށްލައިފި
26 ޖޫން 2017

އެމްޑީޕީގެ އަހަރީ ދުވަސް ލަންކާގައި ފާހަގަކޮށްފި

26 ޖޫން 2017
އެމްޑީޕީގެ އަހަރީ ދުވަސް ލަންކާގައި ފާހަގަކޮށްފި
20 ޖޫން 2017

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
29 އެޕްރީލު 2017

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
15 އެޕްރީލު 2017

ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި

15 އެޕްރީލު 2017
ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި
09 އެޕްރީލު 2017

އެމްޑީޕީ މާފަންނު ބޮޑު ދިދަ ނެގުމާއި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ފަށައިފި

09 އެޕްރީލު 2017
އެމްޑީޕީ މާފަންނު ބޮޑު ދިދަ ނެގުމާއި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ފަށައިފި
09 އެޕްރީލު 2017

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

09 އެޕްރީލު 2017
މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް