Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބެހޭ ގާނޫނެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

15 ފެބުރުއަރީ 2023 | ބުދަ 09:03

އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ވަޒީފާ އަށް މީހުން ނެގުމުގައި ހަރުދަނާ އުސޫލެއް ނެތް ކަމަށް އިލްޔާސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ފެބުރުއަރީ 2023 | ބުދަ 09:03
މެންބަރު އިލްޔާސް ލަބީބު

މެންބަރު އިލްޔާސް ލަބީބު

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ގާނޫނެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ.

Advertisement - newsAdvertisement

ސަރުކާރު ކުންފުނިތައް އުފެދެނީ އެކަމަށްޓަކައި ފާސްކުރާ ޤާނޫނަކުން ނުވަތަ ރައީސުލްޖުމުހޫރިއްޔާގެ ޤަރާރަކުން ކަމާއި، އަދި އެފަދަ ކުންފުނިތައް އުފައްދާ މަގްސަދާއި ހިއްސާގެ މައުލޫމާތު ޤާނޫނުގައި ނުވަތަ ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރުކޮށް އިވަލުއޭޓްކުރުމުގެ ޤާނޫނު އޮތްގޮތުން ސަރުކާރުގެ ވިޔަފާރި ތަންތަން ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތައް ހިމެނޭއިރު، އެފަދަ ކުންފުނިތައް އުފެއްދުމާއި އުވާލުން އަދި ރެގިއުލޭޓް ކުރުމާއި، މޮނީޓަރުކުރާނެ ގޮތުގެ ޤާނޫނެއް އޮތުން މުހިންމު ކަމަށް އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު މަގްސަދަކީ އެފަދަ ކުންފުނިތަކަށް ކަނޑައަޅުއްވާފައިވާ މެންޑޭޓާއި އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދައުލަތަށް އިގްތިސާދީ ފައިދާ ހޯދައިދިނުން ކަމަށް ވީ ނަމަވެސް، ކުންފުނިތަކުގެ ނިޒާމް ދޯދިޔާވުމުގެ ސަބަބުން ދައުލަތަށް އެފަދަ ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދަށް ވާސިލުނުވެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި އިގްތިސާދީ ކުރިއެރުމަށާއި ދެމެހެއްޓެނެވި ތަރައްޤީ އަށް ނޭދެވޭ އަސަރު ކުރާ ކަމާއި، ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ދިމާވާ ގޮންޖެހުމެއް ކަަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ މޯލްޑިވްދް ސިސްޓަމެންޓިކް ކަންޓްރީ ޑައިގްނޯސްޓިކް ރިޕޯޓުތަކުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވާ މައްސަލަތައް ތަރުކަރުކޮށް، ފާހަގަކޮށްފައިވާ ކަމާއި، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު އިތުރުވެފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް ހޯދާދޭ ފިސްކަލް ރެވެނިއު ދަށްވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ކުންފުނީގެ މާލީ ޤާބިލްކަމަށް ނުބަލާ ޕްރޮޖެކްޓް ހިންގުމާއި އެ ނޫން ޚަރަދުތައް ކުރުމުގެ ސަބަބުން ކުންފުނިތަކަށް އެކަށީގެންވާ ފައިދާ ނުލިބުމާއި، ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށާއި، ވަރކިންގ ކެޕިޓަލްގެ ގޮތުގައި ކުންފުނިން ކުރަން ޖެހޭ ޚަރަދު ދައުލަތުގެ ބަޖެޓުން ކުރަމުންދާ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

އެ ގަރާރުގައި އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ވިޔަފާރި ފުޅާކޮށް ކުރިއަރުވާނެ ގޮތުގެ ބިޒްނަސް ޑިވެލޮޕްމެންޓް ޕްލޭނެއް ނެތް ކަމަށެވެ. އަދި ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމުގައި ވަކި މިސްރާބެއް ނެތުމުން ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ކެޕިޓަލް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުން ލާޒިމް ނުވުމުން ކުންފުނިތަކުގެ މާލީ ކަންކަން ހަރުދަނާކޮށް ބެލެހެއްޓޭ އޮނިގަނޑެއް ނެތް ކަމަށް ގަރާރުަގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިތަކުގެ ޕްރޮކިއުމެންޓް، ފައިނޭންޝަލް ޕޮލިސީ، ބަޖެޓަރީ ޕޮލިސީ އަދި އެ ނޫންވެސް މާލީ ކަންތައްތަކާއި ގުޅޭ އުސޫލްތައް ހަރުދަނާކޮށް ބެލެހެއްޓެމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަަތައް ރައްދުވާ އިދާރާތަކަށް ބަލާއިރު ދެވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުރު ހިއްސާވާ ކުންފުނިތަކާއި ގުޅޭގޮތުން ކަމަށް ވިދާޅުފައެވެ. މީގެ އިތުރުން ބީލަން ކުރުމަކާ ނުލާ ސަރުކާރު ކުންފުނިތަކަށް މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި ފުރުސަތު ދޭ އިރު، ސަރުކަރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކުރާ ޕްރޮޖެކްޓްތައް ކުއްޔަށް ދިނުމުގައި ކުންފުނިތަކުން ހަރުދަނާ އުސޫލެއް ނުގެންގުޅޭ ކަމަށް ވެސް އިސްލާން ވަނީ ބުނެފައެވެ. ސަބް-ކޮންޓްރެކްޓު ކުރާ ކުންފުނީގެ ޒިންމާތަކާއި މަސްޢޫލިއްޔަތު ކަނޑައަޅާފައި ނެތް ކަމަށާއި، އެކަމުގެ ނަތީޖާ އަކީ ޕްރޮޖެކްޓްތަކަށް ސަރުކާރުން ކުރާ ޚަރަދު ބޮޑުވެ ޕްރޮޖެކްތަށް ހޭދަވާ މުއްދަތު އިތުރުވުން ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ވަޒީފާ އަށް މީހުން ނެގުމުގައި ހަރުދަނާ އުސޫލެއް ނެތުމާއި، ސީއެސްއާރަށް ޚަރަދުކުރުމުގައި ހަރުދަނާ ކަމެއް ނެތުން ފަދަ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރި ކަންކަމުގެ ވާހަކަ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނީޓަރުކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެ ގަރާރުގައި އިލްޔާސް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް