Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓްބޯޅަ ޓީމު

ރާއްޖެއާ ކުޅެން ޕާކިސްތާން މާލެ އަންނަނީ

ޕާކިސްތާން މެޗަށް ފަރިތަކުރަން ފަށައިފި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 07:15
ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން: އަންނަ މަހު މާލެ އަންނާނެ

ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން: އަންނަ މަހު މާލެ އަންނާނެ

އަންނަ މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މެޗެއް ކުޅެން ޕާކިސްތާނުގެ ގައުމީ ޓީމު މާލެ އަންނަން ހަމަޖެހިއްޖެ އެވެ.

މިކަން އިއުލާނުކުރީ ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. އެ ގައުމުން ވަނީ މާޗު މަހު ރާއްޖެ އާއި ބޫޓާން އަދި ބުރޫނާއީއާއެކު ކުޅެން ރާވާފައިވާ މެޗުތަކަށް އިއްޔެ ފަރިތަކުރަން ފަށައިފަ އެވެ. ނަމަވެސް މެޗު ކުޅޭނެ ތާރީހު އިއުލާނުކޮށްފައިނުވެ އެވެ.

މިއީ ފާއިތުވެދިޔަ ދެ ތިން އަހަރު ފީފާގެ ސަސްޕެންޝަނުގައި އޮތުމަށްފަހު އެކަމުން އަރައިގަނެ ޕާކިސްތާނުން ގައުމީ ޓީމު އެކުލަވާލުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ރާއްޖެ އާއި ޕާކިސްތާން އެންމެ ފަހުން މާލޭގައި އެކުވެރިކަމުގެ މެޗެއް ކުޅުނީ 2013 ވަނަ އަހަރު އެވެ. މި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ސަރަހައްދީ ދެ ޓީމު ގަލޮޅު ދަނޑަށް ނުކުންނަން ތައްޔާރު އަންނަ ޖޫން މަހު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ވެސް އިންޑިޔާގައި ބާއްވާނެ އެވެ.

ޕާކިސްތާނުގެ ކޯޗު ޝަހުޒާދު އަންވަރު ބުނީ މި މެޗުތަކުގެ ބޭނުމަކީ ކުރިއަށްހުރި ސަރަހައްދީ މުބާރާތްތަކާއި ވޯލްޑްކަޕް ކޮލިފައިންފަދަ މެޗުތަކަށް ވަރުގަދަ ޓީމެއް އެކުލަވާލުން ކަމަށެވެ. އަދި ލާހޯރުގައި ފަރިތަކުރަން ފެށިއިރު ޓީމުގައި ޒުވާން ކުޅުންތެރިންތަކެއް ހިމަނާފައިވާނެ ކަމަށެވެ.

މި މެޗާމެދު ރާއްޖޭގެ ފުޓްބޯޅަ އިދާރާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު