Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުމްބާއީގެ ވައި ތަޣައްޔަރުވުން

އިންޑިޔާގެ އެންމެ ވައި ނުސާފު ސިޓީއަކަށް މުމްބާއީ

ޖެނުއަރީ 29ން ފެބްރުއަރީ 8ށް ހިނގި މުއްދަތުގައި އެންމެ ވައި ނުސާފު ތަންތަނުގެ ލިސްޓުގައި މުމްބާއީ ހިމެނުނުއިރު، ޑެލްހީ އެލިސްޓްގައި އެފަހަރު ހިމެނިފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 14 ފެބުރުއަރީ 2023 | އަންގާރަ 16:25
މުމްބާއީގެ ވައި ތަޣައްޔަރުވުން

މުމްބާއީގެ ވައި ތަޣައްޔަރުވުން

އިންޑިޔާގެ އެންމެ ވައި ނުސާފު ސިޓީއެއްގެ ގޮތުގައި ވެރިރަށް ޑެލްހީ އޮތް އޮތުން ބަދަލުވެ, މިވަގުތު އެންމެ ވައިނުސާފު ސިޓީއަކީ މުމްބާއީކަމަށް ރިކޯޑްތަކުން ދައްކައިފިއެވެ. ސްވިސް އެއަރޓްރެކިންގ އިންޑެކްސް "އައިކިކު އެއަރ" ދައްކާގޮތުން، ޖެނުއަރީ 29ން ފެބްރުއަރީ 8އަށް ހިނގި މުއްދަތުގައި އެންމެ ވައި ނުސާފު ތަންތަނުގެ ލިސްޓުގައި މުމްބާއީ ހިމެނުނުއިރު، ޑެލްހީ އެލިސްޓްގައި އެފަހަރު ހިމެނިފައެއް ނުވެއެވެ.

ފެބްރުއަރީ ދެވަނަ ދުވަހު މުމްބާއީ ލިސްޓުގެ އެންމެ ކުރިއަށްވެސް އަރާފައިވެއެވެ. އެއަށްފަހު ޖެހިގެން އައި ދުވަސްތަކުގައި ލިސްޓުގެ އެހެން ވަނަތަކަށް ދިއުމަށްފަހު، ފެބްރުއަރީ 8 ވަނަ ދުވަހު އަނެއްކާ ލިސްޓުގެ ދެވަނައަށް އަރާފައިވެއެވެ. އަދި ފެބްރުއަރީ ތޭރަވަނަ ދުވަހުގެ ރެކޯޑްތައް ދައްކާގޮތުން، ވައި ނުސާފުވުމުގެ ސަބަބުން ސިއްހީގޮތުން އެންމެ ރައްކާތެރިނޫން ސިޓީތަކުގެ ތެރޭގައި މުމްބާއީ ވަނީ ހިމެނިފައެވެ.

ސްވިސް އެއަރޓްރެކިންގ އިންޑެކްސް "އައިކިކު އެއަރ"އަކީ ވައިގެ ކޮލިޓީ ދެނެގަތުމަށްޓަކައި ޔުނެޕް އަދި ގްރީންޕީސްއާ ގުޅިގެން ގާއިމްކޮށްފައިވާ މިންގަނޑެކެވެ. މީގައި ބޭނުންކުރެވެނީ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ފޯރުކޮށްދޭ ޑޭޓާއެވެ. މި ޓެސްޓުތަކުން ވައި ތިން ބަޔަކަށް ކެޓަގަރައިޒް ކުރެއެވެ. އެއީ ސިއްހީގޮތުން ރައްކާތެރި، ރައްކާތެރި ނޫން އަދި ގެއްލުންވާވަރަށް ގޯސް، މި ތިން ކެޓަގަރީއެވެ.

ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ ޑޭޓާ ދައްކާގޮތުން މިފަހަރުގެ ފިނި މޫސުމުގައި (ނޮވެމްބަރުން ޖަނަވަރީއަށް) ކުރީ ތިން އަހަރަށްވުރެ ދެގުނައަށް މުމްބާއީގެ ވައި ތަޣައްޔަރުވެފައިވެއެވެ. މުމްބާއީގެ ވައި މިހާބޮޑަށް ތަޣައްޔަރުވާން ދިމާވެފައިވަނީ ކޮންޓްރަކްޝަން ސައިޓްތަކުން އަރާ ކުނޑިއާއި އަދި ވެހިކަލްތަކުން ދޫކުރާ ދުމުގެ ސަބަބުންނެވެ. ވައި ނުސާފުކަމުގެ 71 އިންސައްތައަކީ މި ދެ ބާވަތުގެ ދުމާއި ކުނޑިކަމަށްވެއެވެ. މީގެއިތުރުން، ފެކްޓަރީތަކާއި އިންޖީނުގެތައް، އެއާޕޯޓްތައް އަދި ކުނިއަޅާ ޑަމްޕްތަކުގައި އަމަލުތައް ހުންނަ ގޮތުންވެސް ވައި ތަޣައްޔަރުވުމަށް މެދުވެރިވެއެވެ.

ދުނިޔޭގައި މިވަގުތު ވައި އެންމެ ނުސާފުކަމަށް ފާހަގަކުރެވޭ ތަންތަނަކީ:

1- ލާހޫރު (ޕާކިސްތާން)

2- މުމްބާއީ (އިންޑިޔާ) 

3- ކާބުލް (އަފްޣާނިސްތާން)

4- ކައޮޝިއުންގ (ޓައިވާން)

5- ބިޝްކެކް (ކިރްގިސްތާން)  

6- އަކްރާ (ގާނާ)

7- ކްރާކޮވް (ޕޯލަންޑް)

8- ދޯހާ (ގަތަރު)

9 އަސްތާނާ (ކަޒަކްސްތާން)

10) ސެންޓިއާގޯ( ޗިލީ)

މައުލޫމާތު: ވިއޯން

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!
16 ސެޕްޓެމްބަރު 2017

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން
24 އޯގަސްޓު 2017

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
03 އޯގަސްޓު 2017

ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟

03 އޯގަސްޓު 2017
 ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟
12 ޖުލައި 2017

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި
20 ޖޫން 2017

ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

20 ޖޫން 2017
 ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު