Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނަތް: އޭސީޕީ ރިޔާޒްއާއި ކްރިކް ރިޒާގެ އޯޑިއޯ ހާމަ ނުކުރުމަށް ދިފާއުން އެދޭ

އަހުމަދު ސިޔާމް މުޙައްމަދުގެ ބަޔާނާއި، ކުންފުނީގެ ޤަރާރުތަކެއް ސިއްރުކޮށްދޭން އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2023 | އަންގާރަ 09:48
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށައަޅާފައިވާނެކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ލިއުމެއް ކޯޓަށް ލިބިފައިނުވާކަމަށް ގާޒީ އަލީ ނަދީމް އަންގާރަ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއީ ހެކި ލިސްޓާއެކު ހުށައަޅާފައިވާ ފޯމެއް ކަމަށާއި، ހެކި ލިސްޓު ލިބިފައިވާނަމަ، ފޯމުވެސް އެޓޭޗް ކުރެވިފައިވާނެކަމަށް ކުންފުނީގެ ވަަކީލު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ހެކި ލިސްޓު ލިބިފައިވާ ކަމަށާއި، ނަމަވެސް ފޯމު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ސަން އިންވެސްޓްމަންޓުގެ ފަރާތުން ހުށައަޅާފައިވާ ފޯމު ކޯޓަށް ލިބިފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ސަން އިންވެސްޓްމަންޓުގެ ވަކީލު ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށައެޅުން ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ކުންފުނީގެ އިންޓަރނަލް މެމޯގެ ދަށުން ތަހުގީގު ޓީމުން ތަހުގީގު ކުރުމަށްފަހު ކުންފުނީގެ ބައެއް މުވައްޒަފުންނާ ސުވާލު ކުރުމުން ދީފައިވާ ބަޔާންތައް ހިމެނެއެވެ.

އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސިޔާމް މުޙައްމަދުގެ ބަޔާނާއި، ކުންފުނީގެ ޤަރާރުތަކެއްވެސް ހިމެނެއެވެ.

ދިފާއުން ބުނާ ގޮތުގައި އެ ހެކިތައް ރައްކާތެރި ކުރުމަށް އެ ފަރާތުން އެދެއެވެ. އެއީ ކުންފުނީގެ ޒާތީ މައުލޫމާތުތަކެއް ކަމަށާއި، ކުންފުނީގެ އިންޓަރނަލް ތަހުގީގުތަކާ ގުޅޭ މައުލޫމާތަކަށްވާއިރު، އެ މައުލޫމާތުތައް ލީކުވެއްޖެނަމަ، މުވައްޒަފުންގެ ޒާތީ ޙައްޤަށްވެސް އަރައިގަނެދާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން މުވައްޒަފުން ކުންފުނީގައި މަސައްކަތް ކުރަން ޖެހިލުންވެ، ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވެދާނެ ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވަނީ ކޯޓުން ކަނޑައަޅާ ޚާއްސަ އިޖުރާއަތެއްގެ ދަށުން ދައުވާ ކުރާ ފަރާތަށް އެ ހެކިތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމާމެދު އިއުތިރާޒު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައުލޫމާތުތައް ފޯރުކޮށްދެނީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ކަމަށާއި، އާންމު ފަރާތަކަށް ނޫން ކަމަށެވެ. ވުމާއެކު ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް އޮތްކަމަށް ދެކިނުލައްވާކަމަށް ވަކީލު ވިދާޅުވިއެވެ.

 އޭގެ އިތުރުން، ކުންފުންޏަށް ބޮޑު އިޤްތިސާދީ ގެއްލުމެއް ލިބޭނެ ކަމަށް ހަމައެކަނި ބުނުމަކުން ނުވާނެ ކަމަށާއި، އެ ގެއްލުން ލިބޭނެ ގޮތް ތަފްސީލުވެސް ކޮށްދޭންޖެހޭނެކަމަށް ދައުލަތުން ދެކެއެވެ.

މައްސަލަ ބައްލަވާ ގާޒީވެސް ވަނީ މި ލިއުންތައް ދޫކުރަނީ ދައުލަތުގެ ޕީޖީ އޮފީހަށްކަމަށްވާނަމަ، އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުމެއްވާންވީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

އެއަށްފަހު ސަން ކޮންސްޓްރަކްޝަން އިން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަށް އެދި ހުށައަޅުއްވާފައެވެ. އެއީ ތަހުގީގުގެ ބޭރުން އޭސީޕީ މުޙައްމަދު ރިޔާޒް ކްރިކް ރިޒާއާ ބައްދަލު ކުރައްވައި ދައްކާފައިވާ ވާހަކައާ ގުޅޭ އޯޑިއޯކެވެ. އެ އޯޑިއޯ ސިއްރު ކުރަން އެދޭ ސަބަބެއްކަމަށް އެ ކުންފުނީގެ ވަކީލު ވިދާޅުވީ، ދައުވާލިބޭ ފަރާތަށް މަޖުބޫރު ކުރުވުމެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ ކަމަށެވެ.  

އަދި އެއީ ތަހުގީގީ އިދާރާއެއްގެ އިސް މަޤާމެއްގައި އުޅުއްވި ފަރާތަކަށްވާތީކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެފަދަ އޯޑިއޯއެއް ދައުލަތަށް ލިބިގެން ކްރިކް ރިޒާއަށް ކުރިމަތިވެދާނެ މަޖުބޫރީ ޙާލަތެއް އޮންނާނެކަމަށް ދައުލަތުން ނުދެކޭ ކަަމަށާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް އޮތްކަމަށް ދެކިނުލައްވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އެ އޯޑިއޯގެ ސަބަބުން ކްރިކް ރިޒާއަށް މަޖުބޫރު ކުރުވުމެއް ކުރިމަތިވާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، އެ ހެކި ހާމަވެއްޖެނަމަ، ފުލުހުންގެ މުއައްސަސާއިން ކްރިކް ރިޒާއަށް މަޖުބޫރީ ޙާލަތެއް ކުރިމަތިކުރުވަފާނެކަމަށް ޤަބޫލު ކުރެއްވޭ ކަމަށާއި، ފަހުން އެ ހެއްކާ ގުޅިގެން ވަކި ނަތީޖާއެއް ނެރުމަށް ފުލުހުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ބޮޑު ކަމަށެވެ.  

ފުލުހުންނަކީ އަމިއްލައަށް ތަހުގީގު ކުރުމުގެ ބާރު އޮންނަ ބަޔަކަށްވާއިރު، ހެކި އާންމުވެއްޖެނަމަ، އެ ހެކީގެ ތެރެއިންވެސް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް، ކްރިކް ރިޒާގެ މައްޗަށް ތަހުގީގެއް ކޮށްފާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ރެކޯޑިންގ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާތާ އަހަރެއްވެއްޖެ ކަމަށާއި، ފުލުހުންގެ މުއައްސަސާވެސް އަދި އެ ފަރާތްތައްވެސް މަޤާމުގައި އެބަ ތިބި ކަމަށެވެ.

ދިފާއުން ހުށައަޅާ އޯޑިއޯއަކީ ސައްޙަ  އޯޑިއޯއެއްތޯ ދައުލަތަށް ބެލޭނެ ކަމަށާއި، އެކަން ކުރާނެކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ޤާނޫނުން ދައުލަތަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއީ ހެކިން ވަކި ނަތީޖާ ނެރުންކަމަށް ދެއްކުމަކީ ދައުލަތުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުންވެސް ހެކި ރައްކާތެރި ކުރުމުގެ ފޯމެއް ހުށައަޅާފައިވެއެވެ. ދައުލަތުން ހެކި ރައްކާތެރި ކުރަން އެދޭ ސަބަބުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުން ހިމެނެއެވެ. އެއީ މޯބައިލް ފޮރެންސިކް ރިޕޯޓާއި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުގައި މައްސަލައާ އެއްވެސް ގުޅުމެއް ނެތް މީހުންގެ ވާހަކަތަކާއި މައުލޫމާތު ހިމެނޭތީ، އެ މައުލޫމާތުތައް ލީކުވެދާނެތީއެވެ.

އޭގެ އިތުރުން، ސަން ކޮންސްޓްރަކްޝަންއަށް ޝަރީއަތުގެ ކުރީގެ ހުށައެޅުން ހުށައަޅަން ފުރުސަތެއް ދެއްވުމަށް މި އަޑުއެހުމުގައި ގާޒީ ވަނީ ނިންމަވާފައެވެ. ސަބަބަކީ އިދާރީ އޮޅުމެއްގެ ސަބަބުން މީގެ ކުރިން އެ ފުރުސަތު ދެވިފައިނުވާތީއެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައެވެ. ގާޒީ ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި މައްސަލައާ ގުޅިގެން ހުށައަޅާފައިވާ ފޯމުތަކަށް އެ ދުވަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީޕީ ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ދަށްކޮށް، މަގާމަށް ގެނައި ބަދަލު ފުލުހުންގެ ނޯޓިސް ބޯޑަށް އަރުވައިފި

އޭސީޕީ ޖަމްޝީދުގެ މަގާމު ދެ ދަރަޖަ ދަށްކޮށް، މަގާމަށް ގެނައި ބަދަލު ފުލުހުންގެ ނޯޓިސް ބޯޑަށް އަރުވައިފި

14 ޑިސެމްބަރު 2017
އޭސީޕީ މަންނާނު ވެސް މަގާމުން ދުރުކޮށްފި

އޭސީޕީ މަންނާނު ވެސް މަގާމުން ދުރުކޮށްފި

01 ނޮވެމްބަރު 2017
ކުރެއްވި ޓްވީޓަކާ ގުޅިގެން އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

ކުރެއްވި ޓްވީޓަކާ ގުޅިގެން އޭސީޕީ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

30 އޮކްޓޯބަރު 2017
އޭސީޕީ ޖަމްޝީދު މަގާމުން ދުރުކޮށް އައްޑޫ ސިޓީއަށް ބަދަލުކުރަނީ!

އޭސީޕީ ޖަމްޝީދު މަގާމުން ދުރުކޮށް އައްޑޫ ސިޓީއަށް ބަދަލުކުރަނީ!

29 އޮކްޓޯބަރު 2017
އޭސީޕީ ފައިރޫޝްގެ ސުލޫކީ މައްސަލައެއް ބަލާތީ ރާއްޖެ ވަޑައިގަންނަވަން އަންގައިފި

އޭސީޕީ ފައިރޫޝްގެ ސުލޫކީ މައްސަލައެއް ބަލާތީ ރާއްޖެ ވަޑައިގަންނަވަން އަންގައިފި

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު