Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޝޮޕިން މޯލެއް އަޅަނީ

14 ފެބުރުއަރީ 2023 | އަންގާރަ 07:06

ހުޅުމާލޭގައި އެސްޓީއޯއިން ހިންގާ ފިހާރަ އަޕްގްރޭޑްކޮށް ކޭޝިއާ ލެސް ފިހާރައެއް ގޮތުގައި ހުޅުވަން ވެސް ވަނީ ނިންމާފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 14 ފެބުރުއަރީ 2023 | އަންގާރަ 07:06
ހިޔާ ފްލެޓް ސަރަހައްދު

ހިޔާ ފްލެޓް ސަރަހައްދު

އެސްޓީއޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޝޮޕިން މޯލެއް އަޅަން ނިންމައިފިއެވެެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ތަނުގައި ދިރިއުޅޭ ގިނަ ބައެއްގެ ޝަކުވާއަކީ އެއް ތަނަކުން ހުރިހާ އެއްޗެއް ލިބޭނޭ ފިހާރައެއް ނުވަތަ މޯލެއް ނެތުމެވެ. އަދި ހެޔޮއަގުގައި މުދާ ލިބޭ ފިހާރަތައް ނެތުމަކީ ވެސް އެ މީހުންގެ ކަންބޮޑުވުމެކެވެ.

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ފާޅުކުރަމުން އަންނައިރު ހޯމަ ދުވަހު މީހަކު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ޓްވީޓާގައި ޓެގްކޮށް އެ ކަމުގެ ކަންބޮޑުވުންތައް ލިޔެފައެވެ. އެ ޓްވީޓަށް ޖަވާބުދެއްވަމުން އަމްރު ވިދާޅުވީ ތައްޔާރުވަމުން މިދަނީ ހުޅުމާލޭ ފޭސް 2 ގައި ޝޮޕިން މޯލެއް އަޅަން ކަމަށެވެ. އެހެން ވިދާޅުވެ އެކަމުގެ އިތުރު ތަފްސީލެއް އަމްރު ނުދެއްވައެވެ.

އެކަމާ ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލަކާ ސުވާލުކުރުމުން ވިދާޅުވީ ހުޅުމާލޭ ފޭސް 2ގައި މޯލް އެޅުމަށް ވަރަށް އަވަހަށް އެޗްޑީސީ އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އަދި ސޮއިކުރުމަށްފަހު މި ޕްރޮޖެކްޓުގެ އިތުރު ތަފްސީލުތައް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ފިހާރަ ތަރައްގީކޮށް، ކޭޝިއާ ލެސް ފިހާރައެެއްގެ ގޮތުގައި އެ ތަން ހުޅުވަން ވެސް ތައްޔާރުވެފައެވެ. އިއްޔެ އަމްރު ކުރެއްވި ޓްވީޓއްގައި ވިދާޅުވީ މާރިޗު މަހު އެ ފިހާރަ އަޕްގްރޭޑާއެކު ހުޅުވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް