Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ފައިސާ ޖަމާކުރުން

ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ޖަމާކުރާ އެކައުންޓްތައް އޮޕަރޭޓްކުރާނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކުން

14 ފެބުރުއަރީ 2023 | އަންގާރަ 04:49

އުސޫލާ އެއްގޮތަށް ޢަމަލުކުރުމުގައި އިހުމާލުވެފައިވާނަމަ ފިޔަވަޅު އެޅޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2023 | އަންގާރަ 04:49
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، އެކައުންޓްތައް ހުޅުވާނެ ގޮތުގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. މިއީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ދައުލަތުގެ ފައިސާ ޖަމާކޮށް، ހަރުދަނާގޮތެއްގައި މެނޭޖްކުރުމަށާއި، ޓްރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމެއް ޤާއިމްކޮށް އެ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާން ކުރާ އުސޫލެކެވެ.

Advertisement - newsAdvertisement

އެގޮތުން ބަލާއިރު ދައުލަތުގެ އޮފީސްތަކާއި ކައުންސިލްތަކުން ޕަބްލިކް ބޭންކް އެކައުންޓްތަކާއި އެހެނިހެން ބޭންކް އެކައުންޓްތައް ހުޅުވުމާއި، އެކައުންޓްތައް ބަންދުކުރުމާއި، އެ އެކައުންޓްތައް ހިންގައި ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް މި އުސޫލުގައި ވަނީ ހިމަނާފައެވެ.

މި އުސޫލުގެ މަޤްސަދަކީ ދައުލަތުގެ ކޭޝް ފްލޯއާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާއެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި، ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭޝް ބެލެންސް ހަރުދަނާގޮތެއްގައި ބެލެހެއްޓުމެވެ.

މި އުސޫލުގެ ދަށުން ދައުލަތުގެ އޮފީސްތަކާއި، ސަރުކާރުގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެޖެންސީތަކާއި، ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ، ޓްރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓްތަކުގައެވެ. އެފަދަ އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އަދި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެ ކަމަށާއި، އަދި އެ އެކައުންޓްތައް އޮޕަރޭޓްކުރާނީ، ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކުންކަމަށް އުސޫލުގައި ބުނެއެވެ.

އެހެންނަމަވެސް، މަޝްރޫއުތަކާ ގުޅޭ ފައިސާއާއި، ހިލޭ އެހީއާއި ލޯނުގެ ފައިސާ ޓްރެޜަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ވަކި އެކައުންޓްތަކުގައި ބެހެއްޓިދާނެކަމަށް އުސޫލުގައި ބުނެއެވެ. އެގޮތުން އާންމު އުސޫލުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި މަޝްރޫޢަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް މިނިސްޓަރު ކަނޑައަޅައިފިނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޜަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެއެވެ.

އޭގެ އިތުރުން، ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށް އެ ފައިސާ ދޫކުރާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާނަމަ، ނުވަތަ އެނޫން ގޮތަކުން ވެސް އެ ފައިސާ ދޭ ފަރާތުން އެދިފައިވާނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޜަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓުގެ ބައެއްގެ ގޮތުގައި ހުޅުވިދާނެއެވެ.

ދަައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީހެއްގެ އެއްވެސް މުވައްޒަފަކު މި އުސޫލާ އެއްގޮތަށް ޢަމަލުކުރުމުގައި އިހުމާލުވެފައިވާކަމަށް ނުވަތަ މި އުސޫލުގައި ކަނޑައަޅައިފައިވާ ގޮތާ ޚިލާފުވެފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލައި، އެފަދަ މައްސަލަތަކުގައި ޒިންމާވާންޖެހޭ ފަރާތަކާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް