Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީއަށް އައި ބާރު ގަދަ ބިންހެލުން

ކޮންމެ ގަޑިއެއްގައިވެސް ބިންހެލުމެއް އަތުވެދާނެކަމަށް ސައިންސްވެރިން އިންޒާރުދެމުންދާ އިސްތަންބޫލު އޮތީ އެފަދަ ކަމަކަށް ތައްޔާރަށްތަ؟

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އިސްތަންބޫލު އޮތީ ބޮޑު ބިންހެލުމެއްގެ ތުންފަތްމަތީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2023 | އަންގާރަ 03:43
އިސްތަންބޫލު

އިސްތަންބޫލު

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއަށް ފާއިތުވިގެންދިޔަ 100 އަހަރުވެސް ކުރިމަތިނުވާވަރުގެ ގެއްލުން ބޮޑު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު ކަމާބެހޭ މާހިރުން ބުނާގޮތުގައި ތުރުކީގެ މައި ސިޓީ އިސްތަންބޫލް މިހާރުއްސުރެ މިފަދަ ބިންހެލުންތަކަށް ތައްޔާރުވާންޖެހެއެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް މިފަދަ ބިންހެލުންތައް ކުރިމަތިވެދާނެކަމަށް ބަލާ ވީހާވެސް ގިނަ ފުރާނައެއް ސަލާމަތްކުރުމަށް ހުރިހާ ރިސޯސްތަކެއްގެ ބޭނުން ހިފަންޖެހެއެވެ. އަދި އިގްތިޞާދީ ގޮތުން ދިމާވެދާނެކަންކަމަށް ދުރާލާ ތައްޔާރުވާންޖެހެއެވެ.

އަލްޖަޒީރާއިން ވާހަކަ ދެއްކި ސައިންސްވެރިން ބުނާގޮތުގައި އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލި އެތައް ހާސް ބަޔެއްގެ ގެދޮރު ބިމާ ހިމާކޮށްލި ބިންހެލުމަށް ހަފްތާއެއްވެގެންގޮސްފައިވާއިރު މިފަދަ ބާރުގަދަ ބިންހެލުމެއް އިސްތަންބޫލަށް އައުމަކީ ވަރަށް ކައިރިކަމެކެވެ. 7.8 އާއި 7.6 މެގްނިޓިޔުޑްގެ ބާރު ގަދަ ދެ ބިން ހެލުން ތުރުކީއަށް އައިއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 30،000ން މައްޗަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު 80،000ށް ވުރެ މައްޗެވެ. ދެ ފަހަރަށް އައި ބިން ހެލުމާއެކު ތުރުކީގެ 10 ޕްރޮވިންސަކަށް އަސަރުކޮށްފައިވާއިރު ސީރިއާއަށްވެސް ވަނީ މިބިންހެލުމުގެ ބޮޑެތި ގެއްލުންތަކެއްވެ އެތައް ހާސް ބަޔަކު މަރުވެފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ހާސް ބަޔަކު ތާށިވެފައިވާއިރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

މިބޮޑު ބިންހެލުމާއެކު މިހާރު ފެންމަތި ކުރަމުންދާ ސުވާލުތަކަކީ މިފަދަ ބިންހެލުމަކަށް އިސްތަންބޫލު އޮތީ ކިހާ މިންވަރަކަށް ތައްޔާރުވެފައިތޯ ކުރެވޭ ސުވާލެވެ. ތުރުކީގެ ވިޔަފާރި އާއި ޓޫރިޒަމްގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ އިސްތަންބޫލްގައި 16 މިލިއަން މީހުން އުޅެއެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އިސްތަންބޫލު އޮތީ ބޮޑު ބިންހެލުމެއްގެ ތުންފަތްމަތީގައެވެ.

މީގެކުރިން ތުރުކީއަށް އައިސްފައިވާ ބިންހެލުންތަކުގެ ޑާޓާތަކަށް ބެލުމަށްފަހު ތުރުކީގެ ޔިލްޑިޒް ޓެކްނިކަލް ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ޖިއޮލޮޖީ ޕްރޮފެސަރ އެއް ކަމުގައިވާ ޝުކްރޫ އަރްސޯއީ ގަބޫލުކުރައްވާ ގޮތުގައި މަރްމަރާ ކަނޑުގެ އަޑީގައި އޮންނަ ފޯލްޓް ލައިން އަންނަނީ ކައިރިވަމުންނެވެ. ފޯލްޓް ލައިނަކީ ދުނިޔޭގެ ފަށަލައިގައި ލާފައި ހުންނަ ދިގު ރެނދެކެވެ. އާންމުކޮށް ބިންހެލުން އަންނާނީ މި ފޯލްޓް ލައިނަށް ގުޑުމެއް އަރައިގެންނެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ޕްރޮފެސަރ ވިދާޅުވީ ރިސަރޗްތަކުން އުތުރު އެނަޓޯލިއަން ފޯލްޓް ލައިން ހަރަކާތްކުރާ މިންވަރު އެނގޭކަމަށެވެ. އަދި ފޯލްޓް ލައިން މިގޮތަށް ހަރަކާތްކުރާނަމަ ބިން ހެލުން އައުމަށް މަގުފަހިވެގެންދާ ލައިނަށް އޭގެ އަސަރުކުރާނެކަމަށެވެ.

ޗެމްބަރ އޮފް ޖިއޮލޮޖިކަލް އިންޖިނިއަރސްގެ ޗެއާރމަން ހުސައިން އަލާންގެވެސް ވިސްނުންހުރީ ހަމަ މިފަދަ ގޮތަކަށެވެ. ވިދާޅުވީ އެއްކުރެވިފައި ހުރި ޑާޓާތަކަށް ބަލާއިރު އިސްތަންބޫލަށް 7.0 ނުވަތަ އެއަށްވުރެ މަތީ މެގްނެޓިޔުޑްގެ ބިން ހެލުމެއް އައުން ކައިރިކަމަށެވެ.

މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޕްރޮފެސަރ އަރްސޯއީ ވިދާޅުވީ މަރްމަރާ ކަނޑުގެ އަޑީގައިވާ ފޯލްޓް ލައިން އަކީ އަހަރެއްގެ ތެރޭގައި 7.0ށް ވުރެ މަތީ މެގްނެޓިޔުޑްގެ ދެ ބިންހެލުންވެސް އަތުވެދާނެފަދަ ހާލަތުގައިވާ ފޯލްޓް ލައިނެއްކަމަށެވެ. އެކަން 1999 ވަނަ އަހަރު ފެނިފައިވާކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

1999 ވަނަ އަހަރުގެ އޮގަސްޓް މަހު ތުރުކީގެ މަރްމަރާ ކަނޑު އޮންނަ ސަރަހައްދަށް 7.6 މެގްނެޓިޔުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި 7500 މީހުން މަރުވިއެވެ. ހަމައެއަހަރުގެ ނޮވެމްބަރ މަހު އެސަރަހައްދަށް 7.2 މެގްނެޓިޔުޑްގައި އައި ބިންހެލުމެއްގައި 845 މީހުން މަރުވިއެވެ.

ތުރުކީ އޮންނަ ހިސާބަކީ ޓެކްޓޯނިކް ޕްލޭޓްސްތަކުގެ ހަރަކާތްތެރިކަން އިތުރު ސަރަހައްދެކެވެ. އެހެންކަމުން އެސަރަހައްދަށް ބިން ހެލުން އައުމަކީ ކައިރިކަމެކެވެ. އުތުރު އެނަޓޯލިއަން ފޯލްޓް ލައިން ދަނީ ޔުރޭޝަން އާއި އެނަޓޯލިއަން ޕްލޭޓްސް ދެބައިކޮށް މަރްމަރާ ކަނޑުތެރެއިންނެވެ. އެއީ އިސްތަންބޫލުގެ ދެކުނެވެ.

2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ތުރުކީގެ ގްރޮސް ޑޮމެސްޓިކް ޕްރަޑަކްޓްގެ 30.4 އިންސައްތަ ހިއްސާކުރަނީ އިސްތަންބޫލުންނެވެ. އިސްތަންބޫލަކީ ތުރުކީގެ ވިޔަފާރީގެ މައި މަރުކަޒެވެ.

މީގެއިތުރުން އިސްތަންބޫލަކީ ތުރުކީގެ އިންޑަސްޓްރިއަލް ސެކްޓަރުގެވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ސިޓީއެވެ. އެހެންކަމުން ގައުމަކަށް ދެން ކުރިމަތިވެދާނެ މިފަދަ ގުދުރަތީ ކާރިސާއަކަށް ތައްޔާރުވުމަކީ މިހާރު އެންމެ އިސްކަންދޭންޖެހޭ ކަންތައްކަމަށް ޕްރޮފެސަރ އަރްސޯއީ ވިދާޅުވިއެވެ.

ޗެމްބަރ އޮފް ޖިއޮލޮޖިކަލް އިންޖިނިއަރސްގެ ޗެއާރމަން ހުސައިން އަލާންވެސް ވިދާޅުވީ އިސްތަންބޫލަށް އަތުވެދާނެ ބާރުގަދަ ބިންހެލުމަކަށް ތައްޔާރުވުމުގެ ގޮތުން އެކްޝަން ޕްލޭނެއް އެކުލަވާލަންޖެހޭކަމަށެވެ. އަދި އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް ހޮސްޕިޓަލްތަކާއި އަސްކަރީ ބޭސްތަކާއި އަލިފާން ނިއްވޭނެ ގޮތާއި ކޮންމެ ހާލަތެއްގައިވެސް އެމަރޖެންސީގޮތުން ހަރަކާތްތެރިވާނެގޮތަށް ތައްޔާރަށް އޮންނަންޖެހޭކަމަށެވެ.

ބިންހެލުންތައް އައުމުން އެއްގަމާއި ވަޔާއި ރެއިލްވޭ އިންފްރާސްޓްރަކްޗަރތަކަށް ވެގެންދާގޮތް ފެނިގެންގޮސްފިކަމަށާއި އެއްވެސް ތާކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްނުދެވޭކަމަށް އަލާން ވިދާޅުވިއެވެ.

އިސްތަންބޫލުގައި އިމާރާތްތައް ކުރެވޭ ގޮތަށްވެސް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އަލާން ވިދާޅުވިއެވެ. 1999 ވަނަ އަހަރު އައި ބިންހެލުމާއެކު ތުރުކީގެ އިމާރާތްކުރުމުގެ ގަވާއިދަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި ބިލްޑިންގ ކޯޑަށް ބަދަލުތަކެއް ގެނެސް ރެގިޔުލޭޓްކުރެވޭ މިންވަރު ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފައެވެ. މީގެއިތުރުން ތުރުކީ ސަރުކާރުން ވަނީ އިސްތަންބޫލުގައި ހުރި ކުރީގެ އިމާރާތްތައް އައު ކުރުމުގެ މަޝްރޫއެއްވެސް ފަށާފައެވެ.

މިދިޔަ ހަފްތާ އައި ބިންހެލުމުގައި ދާދިފަހުން އިމާރާތްކޮށްފައިވާ ބައެއް އިމާރާތްތައް ވެއްޓުމުން އެކަން މޮނިޓަރ ކުރެވޭ ގޮތާއި ޓްރާންސްޕޭރެންސީ ހުރި މިންވަރާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕްރޮފެސަރ އަރްސޯއީ ވިދާޅުވީ ތުރުކީގެ ކޮންސްޓްރަކްޝަން ދާއިރާގައި ކޮރަޕްޝަން އޮތީ ވަރަށް ބޮޑަށް ވަކި ހިތްޕާލާފައިކަމަށެވެ. އެހެންކަމުން ހުރިހާ އިމާރާތްތައް އިންސްޕެކްޓްކުރުމުގައި ކަންކަން ދަނީ އެކަންކަން ދާންވީގޮތަށް ނޫންކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ތުރުކީގެ އެކި ހިސާބުތަކުން އިސްތަންބޫލަށް ހިޖުރަކުރި މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެއާއެކު ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދާއިރު ޑިމާންޑް އޮތް މިންވަރު ބޮޑުވުމުން އިމާރާތްތައް އަންނަނީ ދުވަހުން ދުވަހަށް އުސްވަމުންނެވެ.

ޕްރޮފެސަރ އަރްސޯއީ ވިދާޅުވީ ބިންހެލުމެއް އައިސްފިނަމަ އެންމެ ބޮޑަށް އަސަރުކުރާނީ އުސް އިމާރާތްތަކަށެވެ.

އިސްތަންބޫލުގެ މޭޔަރ އިކްރާމް ހާމަކުރައްވާފައިވާ ޑާޓާތަކަށް ބަލާއިރު އުސްކޮށް އިމާރާތްކޮށްފައި ހުރުމުގެ ސަބަބުން ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށްކޮށްފާނެކަމަށް ބެލެވޭ 90،000 އިމާރާތް އިސްތަންބޫލުގައި އެބަހުއްޓެވެ. 170،000 އިމާރާތް މެދު މިންވަރަކަށް އަސަރުކުރާނެކަމަށް ވަނީ ލޭބަލްކޮށްފައެވެ.

ފާއިތުވި ހަފްތާގައި އައި ބިންހެލުމުގައި އެސަރަހައްދުގެ 24،921 އިމާރާތެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެހެންކަމުން މާހިރުން ގަބޫލުކުރައްވާގޮތުގައި ބިންހެލުމާއެކު ގައުމުގެ އިގްތިޞާދަށް އޭގެން އަސަރުތަކެއް ކުރާނެއިރު ބިންހެލުމުގެ ސަބަބުން ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

ސަންޖޫ: ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް

15 ޖުލައި 2018
ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު