Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލަންޑަށް ތޫފާނެއް އެރުން

ތޫފާން ގެބްރިއެލް އެރުމުގެ ސަބަބުން ނިއުޒިލަންޑުގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ

ނިއުޒިލަންޑުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވަނީ ތޫފާނުގެ އަސަރު ކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 ފެބުރުއަރީ 2023 | ހޯމަ 18:36
ނިއުޒިލަންޑަށް ތޫފާން އަރަންވާއިރަށް ތަންތަން ހިމާޔަތްކުރަނީ

ނިއުޒިލަންޑަށް ތޫފާން އަރަންވާއިރަށް ތަންތަން ހިމާޔަތްކުރަނީ

ނިއުޒިލަންޑްގެ އުތުރުގެ ހިސާބުތަކަށް ތޫފާން ގެބްރިއެލް އެރުމާއެކު ކުރިމަތިވި ގަދަވަޔާއި ބޯ ވާރޭގެ ކާރިސާގެ ސަބަބުން 46،000 ހާހެއްހާ ގެއިން ކަރަންޓް ކެނޑި ގިނަބަޔަކަށް ތަކުލީފްތައް ކުރިމަތިވެފައިވާކަމަށް ޚަބަރުލިބެއެވެ. މިއާއެކު ނިއުޒިލަންޑަށް ޖައްސައި އަދި ފުރަން އޮތް އެތައްހާސް ފްލައިޓްވެސް ކެންސަލްކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.

ތޫފާނާ ގުޅިގެން ނިއުޒިލަންޑްގެ ނުވަ ސަރަހައްދެއްގައި މިހާރު ވަނީ ސްޓޭޓް އޮފް އިމަރޖެންސީ ހިންގާފައެވެ. ތޫފާނުގެ ސަބަބުން، 5.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލަންޑްގެ މުޅި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް އަސަރުކޮށްފައި ވެއެވެ. ތޫފާން އެންމެ ބާރު ގަދަވާނެކަމަށް ބެލެވުނީ ހޯމަދުވަހުގެ ރެއެވެ. މި ތޫފާން މުޅި އަންގާރަ ދުވަހަށް ދެމިގެންދާނެކަމަށް ފޯކާސްޓްކޮށްފައި ވެއެވެ.  

އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލަންޑްގައި ތޫފާނުގެ ވަޔާއެކު އުސް ޓަވަރެއް ވެއްޓިދާނެކަމަށް ބަލައި އެހިސާބުގެ ވަށައިގެންވާ ފަންސާހަކަށް ގެއިން މީހުން ހުސްކޮށްފައިވާކަމަށް ވެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހޭ މީހުން ގެންދިއުމަށް ޚާއްސަ އިވެކުއޭޝަން ސެންޓަރުތަކެއްވަނީ ހަދާފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ 7.3 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާންކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް އޯކްލަންޑަށް ބޯކޮށް ވާރޭވެރި ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި ހަތަރު މީހުން މަރުވެފައިވެއެވެ.  

އިތުރަށް ކިޔާލަން

26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު