Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ

ނިއު ދޫކޮށް ސޮބާ ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

މިއީ ސޮބާ ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2023 | އަންގާރަ 02:02
ވިކްޓްރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސޮބާ

ވިކްޓްރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސޮބާ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ދޫކޮށް، ސޮބާހް މުޙައްމަދު (ސޮބާ) ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ވިކްޓްރީން ވަނީ މިދިޔަ އަހަރު އޮތް އެފްއޭއެމް ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް އެ މުބާރާތް ވިކްޓްރީން ނިންމާލަން ޖެހުނީ ގްރޫޕްސް ސްޓޭޖުންނެވެ. ދަރަނިތައް ދެއްކުމަށް ފަހު ވިކްޓްރީން ސަސްޕެންޝަނުން ސަލާމަތްވެ، ދެ ވަނަ ޑިވިޝިންގައި ވާދަކުރީ ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

ހޯމަ ދުވަހުގެ ރޭ ވިކްޓްރީން ވަނީ އެ ކުލަބުގެ ކޯޗުކަމަށް ސޮބާ ހަމަޖައްސާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ސޮބާ އަކީ ކުރިން ވިކްޓްރީ އަށް ކުޅެދީ، އެ ކުލަބާއެކު ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. މިއީ ސޮބާ ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސޮބާ ވަނީ ފުރަތަމަ ޑިވިޝަންގައި ގިނަ ކުލަބުތަކަށް ވެސް އިރުޝާދު ދީފަ އެވެ. އޭގެ ތެރޭގައި ނިއުގެ އިތުރުން ކުލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް ވެލެންސިއާ ވެސް ހިމެނެ އެވެ. ވިކްޓްރީން އެ ޓީމުގެ ކޯޗަކަށް ސޮބާ ހަމަޖެއްސީ މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކޮށް، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ އަމާޒުގަ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގައި ވާދަކުރުމަށް ރަނގަޅު ޓީމެއް އެކުލަވާލައި، ކާމިޔާބު މަސައްކަތެއް ކުރުމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު