Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ-ސީރިޔާ ބިންހެލުން

ތުރުކީއަށް އެހީވާން ދިޔަ ދިވެހިން: "އެއީ ބުނެދޭން އުނދަގޫ ޙާލަތެއް، މުޅި ސަރަޙައްދުން ދުވަނީ ކުނި ވަސް"

ޓީމުން ވަނީ ކޮންމެ ދުވަހަކުވެސް 50،000 މީހުންނަށް ކާބޯތަކެތި ބެހުމުގައި ޙަރަކާތްތެރިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2023 | ހޯމަ 07:52
ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައި

ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައި

ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި އެތައް ހާސް ބައެއްގެ ފުރާނަ ގޮސްފައިވާއިރު، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް މިވަނީ ވެފައެވެ. ބިން ހެލުން އައި ސަރަޙައްދުތަކުން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ ވީރާނާކަމާއި ހިތްދަތިކަމެވެ. ބައެއް މަންޒަރުތައް ބަލާލަންވެސް ނުހަނު ހިތްދައްޗެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި އެ ޤައުމުތަކަށް އެހީވުމަށް އެކި ޤައުމުތަކުން އަތުކުރި އޮޅާލާފައިވާއިރު، އެ ބަޔަކަށް ވީ މިންވަރަކުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޭރުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެން އެހީވުމަށް ރާއްޖޭގެ ފަރާތުން ދިޔަ މީހުންގެ ތެރޭގައި ކެމްޕޭނުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު މުޙައްމަދު އަލީއާއެކު ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީއާއި، އައިއޭސީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ އަޒްހަދުވެސް ހިމެނެއެވެ.

މި ކެމްޕޭނުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު މުޙައްމަދު އަލީ ވަނީ އެ ފަރާތްތަކުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ރާއްޖެއެމްވީއާ ހިއްސާ ކޮށްދެއްވާފައެވެ.

މި ޓީމަށްވެސް ވަނީ ވެއްޓިފައި ހުރި އިމާރަތްތަކާއި، އެތަނުގައި ދިރިއުޅުނު މީހުންގެ ޙާލަތު ގާތުން ފެނިފައެވެ. މީހުން އެމީހުންގެ އާއިލާ މެންބަރުން ދިރިހުއްޓާ ފެނޭތޯ ރުއި ރުއިމާއި، ކޮޅުކޮޅުމައްޗަށް ޙަރަކާތްތެރިވަމުން ދިޔަ މަންޒަރު ގާތުން ފެނިފައިވެއެވެ.

ބިންހެލުމުގެ އެޕިސެންޓަރުކަމަށްވާ "ކަހްރަމާންމަރަސް" އަށް ޓީމުން ގޮސްފައިވާއިރު، މުޅި ސަރަޙައްދުން ދުވަމުންދަނީ "ކުނި ވަސް" ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެއެވެ. އެއީ ބުނެދޭންވެސް ނޭނގޭ ކަހަލަ މަންޒަރުތަކެއްކަމަށް އެ ފަރާތްތަކުން ސިފަކޮށްދެއެވެ.

އޭރުވެސް އާއިލާތަކުގެ މީހުން މަރުވެފައިވާ ހަށިތައް ކައިރީގައި ގޮތް ހުސްވެ، ރޯން ތިބިކަމަށް މުޙައްމަދު އަލީ ރާއްޖެއެމްވީއަށް ކިޔާދިނެވެ.

އެ ނުތަނަވަސްކަމުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ސަރޗް އެންޑް ރެސްކިއު ޓީމުތަކާއި އާއިލާތަކާއި މެދުގައި ޒުވާބު ކުރުމާއި އަރާރުންވުންވެސް ހިނގާކަމަށް އޭނާ ވިދާޅުވިއެވެ. ވާނީވެސް އެހެންތާއެވެ. ފުނޑުފުނޑުވެފައިވާ ބަރު ގާތަކާއި އިމާރަތްތަކުގެ ދަށުގައި އާއިލާ މީހަކު އޮވެދާނެކަމަށް ހީވާނަމަ، އަޅުގަނޑުމެންގެ ޙާލަތަކީވެސް ހަމަ އެއީކަން ޔަޤީނެވެ.

އޭނާ ކިޔާދެއްވި ގޮތުގައި އެހީވާން ދިޔަ ޓީމުތަކާއި، ސަރޗް އެންޑް ރެސްކިއު ޓީމުތަކާއި، އާންމު ރައްޔިތުންވެސް ތިބީ ނަފްސާނީ ގޮތުން ނުހަނު ބަލިކަށިވެފައެވެ. 5 ދުވަސް ވެގެންދިޔައިރު ގިނަ މީހުން ކާންވެސް ހަނދާނުގައި ނުހުންނަ ފަހަރު ގިނަކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޓީމުގެ ކުރިމަތިން ދެފޫޓެއްހާ ގާތުންވެސް މަރުވެފައިވާ ހަށިގަނޑެއް ނެރެގެން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުންވެސް ބޮޑަށް ފޯކަސް ކުރަމުންދަނީ ސަރޗް އެންޑް ރިކަވަރީއަށެވެ.

މި ޙާލަތުގައި ޓީމުން ވަނީ ކޮންމެ ދުވަހަކުވެސް 50،000 މީހުންނަށް ކާބޯތަކެތި ބެހުމުގައި ޙަރަކާތްތެރިވެފައެވެ. އެކަމުގައި ދިވެހިންގެ ހިއްސާވެސް ހިމެނެއެވެ. ދިވެހިންގެ ފަރާތުން ފޮނުވާ އެހީތައް ފޯރުކޮށްދިނުުމުގައި ޓީމުން ވަނީ ކުރީ ސަފުގައި ޙަރަކާތްތެރިވެފައެވެ.

އޭގެ އިތުރުން، ސީރިއާގައި ފިނި މޫސުމުގައި ލާ އަންނައުނާއި، އާއިލާތަކަށް 1 މަސް ދުވަހުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމާއި، ސާރޗް އެންޑް ރެސްކިއުގައި ބޭނުންކުރާނެ އާލަތްތައް ބެހުމުގައިވެސް ޓީމުން ވަނީ ޙަރަކާތްތެރިވެފައެވެ.

ތުރުކީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރޗް އެންޑް ރެސްކިއު ޓީމުތައް ގޮސް މަސައްކަތްތައް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސީރިޔާއަށް އަދިވެސް އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ނުލިބޭ ކަމަށާއި، އެކަމުގައި ގޮންޖެހުންތައް ހުރިކަމަށް ޓީމުން މައުލޫމާތުދެއެވެ.

އައިއޭސީން މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެމީހުންގެ ދިރިއުޅުން އާރާސްތު ކުރުމަށް އެހީވެދިނުމަށެވެ.

ތުރުކީއާއި ސީރިއާއަށް ދިމާވެފައިމިވާ ކާރިސާގެ ދަނޑިވަޅުގައި ރާއްޖެއިންވެސް ވީ އެންމެ ބޮޑަކަށް އެ ޤައުމުތަކަށް އެހީވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

17 ޖޫން 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު