Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަސްރާ ފެޝަން ޝޯވ

ފެޝަން ޝޯވއެއް ވިއްޔާ ކޮންމެހެންވެސް ހުންނަންޖެހޭނީ އައު ހެދުންތަ؟

ދޭން ބޭނުންވި މެސެޖަކީ، އެކަކު ބޭނުން ނެތިގެން ދޫކޮށްލާ ހެދުންތައް ބޭނުން ކުރުމަކީ މައްސަލައެއް ނޫންކަމާއި، ތިމާވެއްޓަށް މީހުންގެ ލޯބި ޖެއްސުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ފެބުރުއަރީ 2023 | ހޯމަ 07:04
މަދުން ނޫނީ ނުފެންނަ ޒާތުގެ އެ އިވެންޓަށް، ގިނަ ބައެއްގެ ތަރުޚީބު ވަނީ ލިބިފައި

މަދުން ނޫނީ ނުފެންނަ ޒާތުގެ އެ އިވެންޓަށް، ގިނަ ބައެއްގެ ތަރުޚީބު ވަނީ ލިބިފައި

ފެޝަން ޝޯއެކޭ ބުނާ ހިސާބުން ގިނަ ފަހަރަށް ޢާންމު ޤަބޫލު ކުރުމަކަށް ވެފައި އޮންނަނީ، އެންމެ ފަހުގެ ޒަމާނީ ހެދުންތަކާއި އާ ފަރުމާތައް ފެނިގެންދާނެ ކަމަށެވެ. އެހެން ހީ ނުވާންވީ ސަބަބެއްވެސް ނެތެވެ. ގިނަ ފަހަރަށް ކަން ވެފައިވެސް އޮންނަނީ އެހެންނެވެ. ނަމަވެސް، ޢިރާޤުގެ ބަސްރާގެ ރަންވޭއިން މި ފަހަރު ފެނިގެން ދިޔައީ މުޅިން ތަފާތު ޓްރެންޑްއެކެވެ.

ޝޯވގެ މޮޑެލްއިން މުޅިންހެންވެސް ދައްކާލީ "ސެކަންޑް-ހޭންޑް" ހެދުމެވެ. ނުވަތަ، އެހެން މީހަކު މީގެ ކުރިން ލާ، ބޭނުން ނެތިގެން ދޫކޮށްލާފައިވާ ހެދުންތަކެވެ.

"ސެކަންޑް-ހޭންޑް" ފެޝަން ޝޯވއަކީ، ފެޝަންގެ ސިނާޢަތުގެ ސަބަބުން އުފެދިގެން ޖައްވު ހޫނުކުރާ ވިހަ ގޭހުގެ ސިއްކަ ނުވަތަ ކާބަން ފުޓްޕްރިންޓް ކުޑަ ކުރުމުގެ އަމާޒުގައި، ތިމާވެއްޓާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، ޢިރާޤުގެ ޒުވާނުންގެ ގުރޫޕަކުން އިސްނަގައިގެން، ހިލޭ ސާބަހަށް ކުރިއަށް ގެންދިޔަ ފެޝަން ޝޯވއެކެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އަހަރެއްގެ ތެރޭގައި ޖައްވަށް ބޭރުވެގެންދާ ކާބަންގެ 10 ޕަސެންޓް ހިއްސާ ކުރަނީ ފެޝަންގެ ސިނާޢަތް ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. "ސެކަންޑް-ހޭންޑް" ފެޝަން ޝޯވ ކުރިއަށް ގެންދިޔަ ބަސްރާގެ ތަރިކައާ ގުޅިފައިވާ ޢައްބާސީދު އެލީވޭޒްގައެވެ. ޝޯވ އިންތިޒާމް ކުރި ފަރާތުން ބުނި ގޮތުގައި، ޢައްބާސީދު އެލީވޭޒްގައި އެ އިވެންޓް ކުރިއަށް ގެންދިޔައީ، ގިނަ ބައެއްގެ ހަނދާނުން ކައްސާލާފައިވާ ޢިރާޤޫގެ މުއްސަނދި ތަރިކައަށް ދިރުން ގެނެސްދިނުމުގެ މަޤްޞަދުގައެވެ.

މަދުން ނޫނީ ނުފެންނަ ޒާތުގެ އެ އިވެންޓަށް، ގިނަ ބައެއްގެ ތަރުޚީބު ވަނީ ލިބިފައެވެ. ޒުވާނުންގެ ބައިވެރިވުންވެސް ފާހަގަ ކުރަންޖެހެއެވެ.

ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ (އައިއޯއެމް)އިން މިދިޔަ އަހަރު އާންމު ކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރުގެ ގޮތުން ބަލާއިރު، ޢިރާޤު ހިމެނެނީ މުޅި ދުނިޔޭގެ ނިސްބަތުންވެސް 5 ވަނައަށް އެންމެ ނާޒުކުގެ ޤައުމުގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2020

ދިރާގު ޓީވީއަށް މޭކަޕް އާޓިސްޓް ރުތުބާގެ މޭކަޕް ޝޯވއެއް

15 ޖެނުއަރީ 2020
ދިރާގު ޓީވީއަށް މޭކަޕް އާޓިސްޓް ރުތުބާގެ މޭކަޕް ޝޯވއެއް
10 އޮކްޓޯބަރު 2018

ފެޝަން ދާއިރާގެ ޒުވާޏް ދެ މޫނަކާއެކު ހީލީމާ

10 އޮކްޓޯބަރު 2018
ފެޝަން ދާއިރާގެ ޒުވާޏް ދެ މޫނަކާއެކު ހީލީމާ
28 އޯގަސްޓު 2018

ލެކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!

28 އޯގަސްޓު 2018
ލެކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!
19 ޖޫން 2018

ސެލީނާ ގޮމޭޒް 'ހުތުރު'ކަމަށް ބުނި ފެޝަން ޑިޒައިނަރަށް އޭނާގެ މަންމަ ރައްދު ދީފި

19 ޖޫން 2018
ސެލީނާ ގޮމޭޒް 'ހުތުރު'ކަމަށް ބުނި ފެޝަން ޑިޒައިނަރަށް އޭނާގެ މަންމަ ރައްދު ދީފި
07 ޖޫން 2018

ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ

07 ޖޫން 2018
ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ
22 އެޕްރީލު 2018

އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ

22 އެޕްރީލު 2018
އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ
18 އެޕްރީލު 2018

ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން

18 އެޕްރީލު 2018
ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން
13 މާރިޗު 2018

ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ

13 މާރިޗު 2018
ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ
30 ނޮވެމްބަރު 2017

21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި

30 ނޮވެމްބަރު 2017
21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު