Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހީލީމާ

ފެޝަން ދާއިރާގެ ޒުވާޏް ދެ މޫނަކާއެކު ހީލީމާ

މިލަވައިން ފެނިގެންދާނީ ދެ މޮޑެލްސް ކަމަށްވާ އިޝްފާން އަދި ޖަމްޝީދާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އޮކްޓޯބަރު 2018 | ބުދަ 06:02
އައްޒަ އަދި ޖުމާ: ހީލީމާ ލަވައިގެ ތެރެއިން

އައްޒަ އަދި ޖުމާ: ހީލީމާ ލަވައިގެ ތެރެއިން

2016 ވަނަ އަހަރު ނެރުނު ވީޑިއޯ ލަވަ "ހީލީމާ"ގެ ރިކްރިއޭޝަން" އެއް ނެރުމަށް ތައްޔާރު ވެއްޖެއެވެ.

"ހީލީމާ" ގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް ރާއްޖެ އެމްވީއަށް ބުނީ ކުރީ ލަވައާއި އެއްގޮތަށް މިފަހަރުގެ ލަވަ ވެސް ޑައިރެކްޓް ކުރާނީ އޭނާ ކަމަށެވެ.

މިފަހަރުގެ ލަވައިގައި ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ "ޓޮޕް މޮޑެލްސް މޯލްޑިވްސް 2018"ގެ ވިނަރ ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ.

ޖަމްޝީދާ

މުހައްމަދު އިޝްފާން

އަޒްހާން ބުނީ މި ލަވައަކީ ވެސް ކުރީގެ ލަވައިގެ ރަހަތައް ހިމަނައިގެން ތައްޔާރު ކުރާނެ ލަވައެއް ކަމަށެވެ. މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ "އިމޭޖިނޭޝަން ރިއަލިޓީ"އިންނެވެ.

2016 ވަނަ އަހަރު ރިލީޒްވި "ހީލީމާ" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ލަވަ ކަމަށް އަޒްހާން ބުންޏެވެ.

ރަޝިއާގެ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި "ހީލީމާ" ލަވަ އެފަހަރު ޕޯސްޓްވެސް ކޮށްފައެވެ. އެ ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ. އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ.

"އެފަހަރުގެ ލަވައަކީ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި ލަވައެއް. އޭގައި އުޅެނީ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަ." އަޒްހާން ބުންޏެވެ.

މިފަހަރުގެ ލަވައަށް ދާނެ ޚަރަދެއް އަޒްހާން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2022

ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު: ވިޔަފާރިގެ ދާއިރާއަށް އަންހެނުން ނެރުމުގައި

10 މާރިޗު 2022
ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު: ވިޔަފާރިގެ ދާއިރާއަށް އަންހެނުން ނެރުމުގައި
25 ޖެނުއަރީ 2019

ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ

25 ޖެނުއަރީ 2019
ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ
28 އޯގަސްޓު 2018

ލެކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!

28 އޯގަސްޓު 2018
ލެކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!
19 ޖޫން 2018

ސެލީނާ ގޮމޭޒް 'ހުތުރު'ކަމަށް ބުނި ފެޝަން ޑިޒައިނަރަށް އޭނާގެ މަންމަ ރައްދު ދީފި

19 ޖޫން 2018
ސެލީނާ ގޮމޭޒް 'ހުތުރު'ކަމަށް ބުނި ފެޝަން ޑިޒައިނަރަށް އޭނާގެ މަންމަ ރައްދު ދީފި
07 ޖޫން 2018

ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ

07 ޖޫން 2018
ފެޝަން ޑިޒައިނަރ ކޭޓް ސްޕޭޑް މަރުވެފައި އޮއްވާ ފެނިއްޖެ
22 އެޕްރީލު 2018

އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ

22 އެޕްރީލު 2018
އެންމެ ފަހުން ދީޕިކާއާއި ރަންބީރު ފެޝަން ޝޯގައި ބައިވެރިވެއްޖެ
18 އެޕްރީލު 2018

ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން

18 އެޕްރީލު 2018
ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން
13 މާރިޗު 2018

ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ

13 މާރިޗު 2018
ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ
30 ނޮވެމްބަރު 2017

21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި

30 ނޮވެމްބަރު 2017
21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު