Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ލައިޕްޒިގް ބަލިކޮށް ބާލިން އިން ދެ ވަނަ އަށް ޖެހިލައިފި

ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ބާލިން އިން ކާމިޔާބު ކުރީ އެ ޓީމުން ކުރި ހޯދާފައި ވަނިކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2023 | އާދީއްތަ 06:24
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާލިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާލިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔޫނިއަން ބާލިން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ބާލިން އިން ކާމިޔާބު ކުރީ އެ ޓީމުން ކުރި ހޯދާފައި ވަނިކޮށެވެ. މެޗުން ބާލިން މޮޅުވީ 2-1 އިންނެވެ. މެޗުން ޕޮއިންޓެއް ހޯދުމަށް ލައިޕްޒިގަށް ލިބުނު ފުރުސަތަށް ހުރަސްއެޅީ ވީއޭއާރު އެވެ.

މެޗު ފަށައިގެން 24 ވަނަ މިނެޓުގައި ލައިޕްޒިގަށް ލީޑު ނަގައިދިނީ ބެންޖަމިން ހެންރިޗްސް އެވެ. އެއީ އަންދްރޭ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ބާލިންގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި ބާލިން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖަނިކް ހާބާ އެވެ. އޭގެ ފަހުން ބާލިން އިން މެޗުގައި ލީޑު ނެގީ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޓީމުގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮބިން ނޯޗް އެވެ. އޭގެ ފަހުން ލައިޕްޒިގްގެ ޔޫސުފް ޕޯލްސަން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައި ނުގެންފަ އެވެ.

މެޗުން މޮޅުވެ ބާލިން ދެ ވަނައިގައި އޮތީ ކުޅުނު 20 މެޗުން 42 ޕޮއިންޓާއެކު އެެވެ. އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. އެއް ވަނައިގައި ބަޔާން އޮތީ 20 މެޗުން 43 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ލައިޕްޒިގް އޮތީ 36 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު