Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިހާންގެ ޝަރީއަތް

ނިހާން އަށް އިފްތިތާހީ ބަޔާން ހުށަހެޅުމަށް އިތުރު 7 ދުވަހުގެ މުހުލަތެއް ދީފި

12 ފެބުރުއަރީ 2023 | އާދީއްތަ 06:02

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2023 | އާދީއްތަ 06:02
ކުރީގެ މެންބަރު ނިހާން

ކުރީގެ މެންބަރު ނިހާން

ރައްޔިތުންގެ މަޖިލީހުގެ ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އިފްތިތާހީ ބަޔާން ހުށަހެޅުމަށް ނިހާން އަށް އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދީފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޭނާގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮތީ ހެނދުނު 09:00 އަށެވެ. އެއީ ނިހާންގެ މައްޗަށް އުފުލާފައިވާ މަނީ ލައުންޑަރކުރުމާއި، ރިޝްވަތަށް އެދުމުގެ އިތުރުން ރިޝްވަތު ލިބިގަތުމާއި ގުޅުން ހުރި ދައުވާތަކާއި ގުޅުން ހުރި މައްސަލަ އެއް ކަމަށް ވާއިރު، އެ އަޑު އެހުމުގައި ތާވަލްކޮށްފައި އޮތީ މައްސަލަ ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން އިއްވުމެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އިފްތިތާހީ ބަޔާނަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ނިހާންގެ ދިފާއީ ވަކީލު ވަނީ އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ކުރިން ނިހާންގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ހުރުމުން އެކަންކަން ހާމަކުރުމަށް ފުރުސަތަކަށް އެދިލައްވާފައެވެ. ގާޒީ އެކަމަށް ފުރުސަތު ދެއްވުމުން އޭނާ ވަނީ ހެއްކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފެށުމާއި ގުޅިގެން ދައުލަތުގެ ފަރާތުން ބައެއް މައްސަލަތަކުގައި ހެކި މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މައްސަލައިގައި އެފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު އޮތް ނަމަ އެކަން އެގޮތަށް ކޮށްދެއްވުމަށް ނިހާންގެ ފަރާތުން ވަނީ ޝަރީއަތުގައި އެދިލައްވާފައެވެ.

އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ހެއްކާއި ބެހޭ ޤާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 28 ޖެނުއަރީ 2023ގައި ކަމަށް ވުމާއެކު އެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ މި މައްސަލަ ކޯޓު މަރުހަލާގައި އޮއްވާ ކަަމަށެވެ. ޤާނޫނުތަކަށް އަމަލުކުރަން ފަށަނީ އެ ޤާނޫނެއް ތަންފީޒުކުރާ ދުވަހުން ފެށިގެން ކަަމަށް ވުމާއެކު މި މައްސަލައިގައި އެގޮތަށް އަމަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. މީގެ އިތުރުން ހެކީގެ ސައްހަކަމާއި މެދު ސުވާލު އުފެދޭނަމަ އެކަމާމެދު ވާހަކަދެއްކުމުގެ ފުރުސަތު ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ނިހާންގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށް ވަކީލާ ފާހަގަކުރެއްވިއެވެ.

އެ ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އަލީ އާދަމް ވިދާޅުވީ ހުރިހާ މައްސަލަތަކެއްގައި ވެސް ޤާނޫނުތަކަށް އަމަލުކުރަނީ ޤާނޫނު ތަންފީޒުކުރާ ދުވަހުން ފެށިގެން ކުރިއަށް ކަމަށާއި، ނިހާންގެ މައްސަލައިގައި ވެސް އަމަލުކުރާނީ އެގޮތަށް ކަަމަށެވެ. ނިހާންގެ ދިފާއީ ވަކީލް އިތުރު ފުރުސަތަކަށް އެދިވަޑައިގަތުމަށް ފަހު ވިދާޅުވީ ހެއްކާއި ބެހޭ ޤާނޫނަށް އައި ބަދަލުތަކަށް ފަހު ދައުލަތުން ހެކި މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާތީ ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައިގައި ވެސް ދައުލަތަށް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ދިފާއަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެފަދަ ގޮތަަކަށް އަމަލު ނުކުރާ ނަަމަ އިފްތިތާހީ ބަޔާން ހުށަހަޅާ އިރު ހެއްކާއި ބެހޭ ޤާނޫނަށް ގާނޫނަށް ގެނައި އިސްލާހުތަކާއެކު ފާހަގަކުރަން ބޭނުންވާ އިތުރުކަންކަން ހުރި ކަމަށް ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ.

ދިފާއީ ވަކީލް އެފަދައިން ވިދާޅުވުމުން ގާޒީ ވަނީ އެކަމަށްޓަކައި ބޭނުންވަނީ ކިހާ މުއްދަތެއްތޯ ސުވާލުކުރައްވާފައެވެ. އަދި ދިފާއުން އެދުނު ގޮތަށް އިތުރު ހަފްތާއެއްގެ މުހުލަތު ދިނުމަށް ގާޒީ އަލީ އާދަމް ވަނީ ނިންމަވާފައެވެ. ގާޒީ ވިދަޅުވީ މި މައްސަލައިގައި ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ ދައުލަތާއި، ދިފާއުން އިފްތިތާހީ ބަޔާން އިއްވުން ކަަމަށެވެ. މި މައްސަލަ ތާވަލް ކުރާނެ ތާރީހު އެ ޝަރީއަތުގެ އަޑު އެހުމުގައި އިއުލާންކުރައްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ދައުވާތައް މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ 15 ސެޕްޓެމްބަރު 2022 ގައެވެ. ނިހާންގެ މައްޗަށް ދައުލަތުން އެންމެ ފުރަތަމަ އުފުލީ ހަ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމާފައިވާ ގޮތް ހާމަކުރުމެވެ.

ނިހާންގެ ފަރާތުން މި މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންގެ ނަން ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި، ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފް ފަދަ ބޭބޭފުޅުންގެ ނަންފުޅު ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވެއެވެ. ގާޒީ އަލީ އާދަމް ވަނީ ދިފާއީ ހެއްކަކަށް ރައީސް ސާލިހުގެ ނަންފުޅު ބަލައިނުގަތުމަށް ނިންމަވާފައެވެ. އެހެންނަމަވެސް ޝަމީމާއި މަހްލޫފް ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ބައެއް މެންބަރުން ވެސް ހެކިންގެ ގޮތުގައި ބަލައިގަންނަން ވަނީ ނިންމަވާފައެވެ. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް