Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަގިރި ޕިކްނިކް އައިލެންޑް

ޖަޒީރާވަންތަ ތަރައްޤީގައި ރައީސް ސާލިޙު "ބީޓް" ކޮށްލުމަކީ "ނާމުމްކިން" ކަމެއް: އާޒިމް

ރައީސް ސާލިޙު ތަރައްޤީ ކުރެއްވި ކުޑަގިރިއަކީ ކުޑަ ބަނޑޮހުގެ ދެގުނަ ބޮޑު ރަށެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2023 | ހޮނިހިރު 06:08
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްދަތިކަން ދުރުކޮށްދިނުމަށް ރައީސް ފުއްދަވައިދެއްވި އެންމެ މުހިންމު އެއް ވައުދުފުޅަކީ ކުޑަގިރި ޕިކްނިކް އައިލެންޑް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުޑަގިރި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ މިފަދަ ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެން އައި ގޮތަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، އެއް ރެއަކު ނައިބްރައީސް ފައިސަލް ނަސީމް ގުޅުއްވި ކަމަށާއި، ބައްދަލު ކޮށްލައްވަން އެދިވަޑައިގެންނެވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ނައިބްރައީސް މަޝްވަރާ ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑް ޤާއިމު ކުރެއްވުމާއި ގުޅޭގޮތުންކަމަށެވެ. އަދި ނައިބްރައީސް ވަނީ އެމްޓީސީސީން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ބާރު މިނަށްވުރެވެސް އަވަހަށް އެ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހިސާބުން އީޕީއޭގެ ދިރާސާތަކަށްފަހު އެމްޓީސީސީން ފެށީ އެ ރަށް ހިއްކުމުގެ މަސައްކަތެވެ. އެއީ 27 ޖެނުއަރީ 2022 ގައެވެ. އެ މަސައްކަތް ނިމުނީ 24 ޖޫން 2022 ގައެވެ.

އާޒިމް ވިދާޅުވީ، ކުޑަބަނޑޮހުގެ ބަދަލުގައި ރައީސް ސާލިޙު ތަރައްޤީ ކުރެއްވި ކުޑަގިރިއަކީ އޭގެ ދެގުނަ ބޮޑު ރަށެއް ކަމަށެވެ. މިއީ މާލޭ ރައްޔިތުންނަށް ރައީސް ފުއްދަވައިދެއްވި މުހިންމު ވައުދުފުޅެއްގެ ގޮތުގައި އާޒިމް ވަނީ ސިފަ ކުރައްވާފައެވެ.

ކ އަތޮޅަށް އެކަނި ބަލާލި ނަމަވެސް ރައީސް ސާލިޙު ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީ ފެންނަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދާ އެއް ކުންފުނިކަން ފާހަގަ ކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 135 މަޝްރޫއެއް ހިންގިފައިވާ ކަމަށެވެ. މިހާރުވެސް އިތުރު 130 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ. އެވްރެޖްކޮށް ބަލާނަމަ އެއީ ކޮންމެ 11 ދުވަހަކުން ތަރައްޤީގެ މަޝްރޫއެއް ނިންމުން ކަމަަށް އާޒިމް ވިދާޅުވިއެވެ.

ރައީސް ސާލިޙުގެ ވެރިކަމަކީ ރާއްޖެ ދުއް އެންމެ "ބަރާބަރު ސަރުކާރު" ކަމަށް އާޒިމް ސިފަ ކުރެއްވި އެވެ. އަދި ޖަޒީރާވަންތަ ތަރައްޤީގައި ރައީސް ސާލިޙު ބަލިކޮށްލެއްވުމަކީ "ނާމުމްކިން، އިމްޕޮސިބަލް" ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ކުޑަގިރިއަކީ މާލޭ ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރި ހަދިޔާއަކަށްވާނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު