Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުން ރިޓަޔަރކުރެއްވުން

ރިޓަޔަރ ކުރެއްވި 17 ފަނޑިޔާރުންގެ އަގުވަޒަންކޮށްފި

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި، ޝަރުއީ ކޯޓުތަކުގެ މުވައްޒަފުން ހިމެނޭހެން 40 މުވައްޒަފުންގެ އަގުވަޒަންކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ފެބުރުއަރީ 2023 | ހުކުރު 10:55
ރިޓަޔަރ ކުރެއްވި ބައެއް ފަނޑިޔާރުން

ރިޓަޔަރ ކުރެއްވި ބައެއް ފަނޑިޔާރުން

ޝަރުއީ ދާއިރާގައި މަސައްކަތުން ރިޓަޔަރވެވަޑައިގެންނެވި 17 ފަނޑިޔާރެއްގެ އަގުވަޒަންކޮށްފިއެވެ.

ޝަރުއީ ދާއިރާގައި ހިދުމަތްކޮށްދެއްވާފައިވާ ފަނޑިޔާރުން ތަކްރީންކުރުމަކީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރައްވާ ފައިވާ ފަނޑިޔާރުން ޝަރުއީ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޝަރަފްއެރުވުމެވެ. ފަނޑިޔާރުންގެ އަގުވަޒަންކޮށްފައިވަނީ ގަޟާއީ އަހަރު 2023ގެ ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާ ފައިވާ ފަނޑިޔާރުންގެ ތެރެއިން 17 ފަނޑިޔާރަކު ތަކްރީނުކުރެވިފައިވެއެވެ. ޝަރަފްވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާ ފައިވާ ފަނޑިޔާރުން ތަކްރީން ކުރެވޭނީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅަކުންނެވެ. މި ފަތްކޮޅާއެކު ތަކްރީންކުރެވޭ ހުރިހާ ފަނޑިޔާރުންނަށް ވެސް ޝަރަފުގެ މެޑެއްޔެއް އެރުވެއެވެ. އަދި މަދުވެގެން 25 އަހަރުވަންދެން މެދުނުކެނޑި ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ ފަނޑިޔާރުންނަށް ޝަރަފުގެ މުގުރުވެސް އަރުވާފައިވެއެވެ.

ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ ފަނޑިޔާރުންނަށް ފަތްކޮޅާއި ޝަރަފުގެ މެޑެއްޔާއި މުގުރު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ސީނިއަރ މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ލަތީފް / އަނބުގަސްދޮށުގެ - ތ. ވިލުފުށި

ސީނިއަރ މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ލަތީފް ފަނޑިޔާރުކަމުގައި 10 އަހަރާއި 9 މަހާއި 8 ދުވަހު ހިދުމަތްކުރެއްވުމަށްފަހު ފަނޑިޔާރުކަމުގެ މަސައްކަތުން ރިޓަޔަރ ކުރެއްވީ 2023 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މަގާމުން ރިޓަޔަރ ކުރެއްވި އިރު މުހައްމަދު ލަތީފް ހުންނެވީ ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަހުމަދު ފަހީމް / ފަހިދޫ - ލ. ފޮނަދޫ

މެޖިސްޓްރޭޓް ރިޓަޔަރޑް އަހުމަދު ފަހީމް ޝަރުއީ ދާއިރާއާއި ގުޅިވަޑައިގެން 24 އަހަރާއި 8 މަހާއި 23 ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު 10 ޖެނުއަރީ 2021 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ޒާހިރު ހަސަން / މުނިއާގެ - ގދ. ތިނަދޫ

މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ޒާހިރު ހަސަން ޝަރުއީ ދާއިރާއާއި ގުޅިވަޑައިގެން 22 އަހަރާއި 7 މަސް ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު 12 އޮކްޓޯބަރު 2021 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަ ކުރެއްވި އިރު ހުންނެވީ ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައެވެ.

ޖަޖް ރިޓަޔަރޑް އަބްދުﷲ އަދީބް / ގ. ސިނަމާލެ - މާލެ

އަބްދުﷲ އަދީބް ނިޔާ ކަނޑައެޅުއްވުމުގެ މަސައްކަތާއި ގުޅިވަޑައިގެން 24 އަހަރާއި 10 މަހާއި 17 ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު 30 ޑިސެމްބަރު 2021 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަ ކުރެއްވި އިރު ހުންނެވީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް ހުސައިން އިބްރާހިމް / ވ. ހަވާސް - މާލެ

މެޖިސްޓްރޭޓް ރިޓަޔަރޑް ހުސައިން އިބްރާހިމް ނިޔާ ކަނޑައެޅުއްވުމުގެ މަސައްކަތާއި ގުޅިވަޑައިގެން 17 އަހަރާއި 7 މަހާއި 9 ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު 12 މެއި 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައެވެ.

ފަތްކޮޅާއި ހަވާލުވެވަޑައިގެންނެވީ ދަރިކަނބަލުން އައިމިނަތު އަރީޖް ހުސައިންއެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އިބްރާހިމް އަހުމަދު / ފަތަހަ - ނ. ކެނދިކުޅުދޫ

މެޖިސްޓްރޭޓް ރިޓަޔަރޑް އިބްރާހިމް އަހުމަދު ފަނޑިޔާރުކަމުގެ މަސައްކަތާއި ގުޅިވަޑައިގެން 40 އަހަރާއި 4 މަހާއި 6 ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު ސެޕްޓެމްބަރު 4، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އިބްރާހިމް މުނީރު / ރޯޅި - ގއ. ގެމަނަފުށި

މެޖިސްޓްރޭޓް ރިޓަޔަރޑް އިބްރާހިމް މުނީރު ފަނޑިޔާރުކަމުގެ މަސައްކަތާއި ގުޅިވަޑައިގެން 26 އަހަރާއި 9 މަހާއި 23 ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގެ ހިދުމަތްކުރެއްވުމަށްފަހު ނޮވެމްބަރު 17، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަހުމަދު ޝަރީފް / މިރުސްމާގެ - މ. ވޭވަށް

މެޖިސްޓްރޭޓް ރިޓަޔަރޑް އަހުމަދު ޝަރީފް ނިޔާކަނޑައެޅުމުގެ މަސައްކަތާއި ގުޅިވަޑައިގެން 32 އަހަރާއި 9 މަހާއި 25 ދުވަހު ހިދުމަތްކުރެއްވުމަށްފަހު ނޮވެމްބަރު 17، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ މ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ނިޒާރު އާދަމް / ޗަމްޕާމާގެ - އއ. މާޅޮސް

މެޖިސްޓްރޭޓް ރިޓަޔަރޑް މުހައްމަދު ނިޒާރު އާދަމް ޝަރުއީ ދާއިރާއާއި ގުޅިވަޑައިގެން 32 އަހަރާއި 10 މަހާއި 12 ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޑިސެމްބަރު 5، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ އއ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އާދަމް ސައީދު މުސާ / ދަފްތަރު - މާލެ

މެޖިސްޓްރޭޓް ރިޓަޔަރޑް އާދަމް ސައީދު މޫސާ ޝަރުއީ ދާއިރާއާއި ގުޅިވަޑައިގެން 26 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަމުގެ މަސައްކަތުގައި ހިދުމަތްކުރެއްވުމަށްފަހު ޑިސެމްބަރު 25، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަބްދުﷲ މުފީދު / ހަނދުވަރު - މ. ރަތްމަންދޫ

މެޖިސްޓްރޭޓް ރިޓަޔަރޑް އަބްދުﷲ މުފީދު ނިޔާ ކަނޑައެޅުމުގެ މަސައްކަތުގައި 38 އަހަރާއި 7 މަހާއި 14 ދުވަސް ހޭދަަކުރެއްވުމަށްފަހު ޑިސެމްބަރު 28، 2022 ގައި ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައެވެ.

ތަކްރީމް ކުރެވުނު އިތުރު ފަނޑިޔާރުން

ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަހުމަދު ޝަރީފް

ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަބްދުލްޣަފޫރު މުހައްމަދު

ތ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލީ ޝަމީމް

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ

ސ. މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިން

ޑްރަގް ކޯޓުގެ ޖަޖް ރިޓަޔަރޑް މުހްތާޒް ފަހުމި

ޝަރުއީ ދާއިރާއަށް ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ވެސް ހަނދާނީ ފިލާވަނީ އަރުވާފައެއެވެ. ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މިއީ މިދާއިރާގައި އަލަށް ތައާރަފްކުރެވުނު ކަމެކެވެ.

ޝަރުއީ ދާއިރާގައި 35 އަހަރަށްވުރެ ދިގުމުއްދަތަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި، ޝަރުއީ ކޯޓުތަކުގެ މުވައްޒަފުން ހިމެނޭހެން 40 މުވައްޒަފަކަށް ހަނދަނި ފިލާ އަރުވާފައިވެއެވެ.

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

"ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލައިފި"

25 އޯގަސްޓު 2017
"ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލައިފި"
21 އޯގަސްޓު 2017

ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

21 އޯގަސްޓު 2017
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
14 ޖުލައި 2017

ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު

14 ޖުލައި 2017
ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު
13 ޖުލައި 2017

ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު

13 ޖުލައި 2017
ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު
14 ޖޫން 2017

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފި

14 ޖޫން 2017
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު