Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި ގެއްލުނުކަމަށް ބުނާ މައްސަލަ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ކޮންމެ ފްލައިޓަކުންވެސް ރެންޑަމްކޮށް ފަސިންޖަރުން ޗެކް ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 03:39
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ކިޔާދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަރީފް ވަނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ގެއްލުނު މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ، އެއީ ނުހިނގާ ކަމެއް ކަމަށާއި، ނޫސްތަކުން އޭރު ސުވާލު ކުރުމުންވެސް އެހެން ބުނެފައިވާނެ ކަމަށެވެ.

ކަސްޓަމްސްއިން އާންމުކޮށް ކޮންމެ ދުވަހަކުވެސް ފްލައިޓުތައް ޖައްސާއިރު، އެއަރޕޯޓް އިންޓަރޑިކްޓް ސެކްޝަނުން ފަސިންޖަރުންގެ މައުލޫމާތު ނަގާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ކޮންމެ ފްލައިޓަކުންވެސް ރެންޑަމްކޮށް ފަސިންޖަރުން ޗެކް ކުރާ ކަމަށެވެ. އެގޮތުން ޕާކިސްތާނުގެ ފަސިންޖަރަކު އޭނާގެ ހޭންޑް ލަގޭޖް ހިފައިގެން ނުކުމެގެން ދަނިކޮށް އޭނާ ޗެކްކުރިކަމަށާއި، އޭރު އޭނާ އަތުގައި އިތުރު ލަގެޖެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް، އޭނާ ޗެކިންގ ކުރިއިރު، އިތުރު ލަގެޖަކާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ ފޯނުން ފެނުމުން، އެކަމާ އޭނާއާ ސުވާލު ކުރިކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހިސާބުން އޭނާ ބުނެފައިވަނީ، އޭނާ އައިއިރު ލަގޭޖް ނުގެންނަ ކަމަށެވެ. ނަމަވެސް ކަސްޓަމްސްއިން ވަނީ، އެންމެ ގޯސް ޙާލަތަކަށްވެސް ތައްޔާރުވުމަށްޓަކައި، އެ ފޮޓޯގައި ފެންނަ ލަގޭޖް ފެނެތޯ އެ މަސައްކަތް މުޅި އެއާޕޯޓުގައި ކުރިއަށް ގެންގޮސްފައެވެ. އަދި ފަސޭހައިން އެ މަސައްކަތް ކުރުމަށް ފުލުހުންނަށްވެސް އެ މައުލޫމާތު ހިއްސާކުރީކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ރާއްޖެ އައިސް، ޓާމިނަލްގެ ތެރެއިން އެ ފޮށި ހިފައިގެން ނުނުކުންނަކަމުގެ ޔަޤީންކަން ކަސްޓަމްސްއަށް އެބައޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ފުލުހުންވެސް އިތުރަށް ބެލުމަށްފަހު، އޭނާއާ ގުޅޭ އިތުރު މައްސަލައެއް އަދި އޭނާއާ މަސްތުވާތަކެއްޗާ ނުވަތަ އިތުރު ކަމަކާ ގުޅުވޭނެ ކަމެއް ނެތްކަން ކަސްޓަމްސްއަށް ވަނީ އަންގާފައެވެ. ވުމާއެކު، އޭނާއަށް ކަސްޓަމުންވެސް ވަނީ ފަހުން ކްލިއަރެންސް ދީފައެވެ.

ޝަރީފް ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް، ކަންކަން ހަރުދަނާ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފޮށިތައް ޗެކް ކުރުމަށް ބޭނުންވާ އެކްސްރޭ މެޝިންތައް އަޕްޑޭޓް ނުކުރެވި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަހަށްފަހު، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން މިހާރު އެކްސްރޭ މެޝިންތައްވެސް މުޅިން އާ ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ކަސްޓަމްސްއިން 117 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ މަގުމަތީ އަގު 200 މިލިއަނަށް އަރާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކާގޯ ޕެކޭޖުތަކުން މަސްތުވާތަކެތި އަތުލައިގަތުމަށް ކުރެވޭ މަސައްކަތްވެސް ފުޅާ ކުރެވެމުންދާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު