Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ މަގާއި ބިން ހިއްކުން

އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކައިރިން ބައްލަވަން މިނިސްޓަރ އަސްލަމް އައްޑޫއަށް ދުވަސްކޮޅަކަށް ބަދަލުވެވަޑައިގަންނަވަނީ

8 ފެބުރުއަރީ 2023 | ބުދަ 10:44

މޫވިން އިކްވިޕްމަންޓާއެކީގައި ބަންޑު ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓަރ ކުރައްވަމުން އެބަގެންދަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2023 | ބުދަ 10:44
އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި މަގު ހެދުމުގެ މަސައްކަތް ގާތުން ބެއްލެވުމަށް ދުވަސްކޮޅަކަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް އެ ސިޓީއަށް ވަޑައިގަންވަން ހަމެޖެހިފައިވާކަމަށް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ޝަރީފް ވިދާޅުވީ އައްޑޫ މަގު އަދި ބިން ހިއްކާ ނިމޭނީ ކޮންއިރަކުތޯއެވެ. އަދި މަގު ހެދުމުގެ މަސައްކަތުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަން ހައްލުކުރެވޭނީ ކޮންއިރަކުތޯއެވެ.

Advertisement - newsAdvertisement

މެންބަރު ޝަރީފުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވި ބިން ހިއްކުމުގެ މަސައްކަތަށް ކޮންޓްރެކްޓަރ ސައިޓަށް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި މޫވިން އިކްވިޕްމަންޓާއެކީގައި ބަންޑު ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓަރ ކުރައްވަމުން އެބަގެންދަވާ ކަމަށާއި، ކޮންޓްރެކްޓްގެ މަސައްކަތް ނިންމުމަށް އިތުރު ވަގުތު ދީފައި ނުވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި މަގު ހެދުމުގެ މަސައްކަތުގައި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. ގިނަ މަގުތަކެއް އެއްފަހަރާ ކޮނެފައި ހުރުމުން އައްޑޫގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަންކަން ހައްލުކުރުމަށް އައްޑޫގައި ދުވަސްކޮޅަކު ހުންނެވުމަށް ހޮނިހިރު ދުވަހު ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީ ގެންގޮސް މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައެވެ. އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢުއާ ހަވާލުވެފައިވާ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުނިން ބުނެފައިވަނީ ބިން ހިއްކުމަށް ވެލި ނެގުމަށް ޓަކައި އެ ކުންފުނިން އޮޕަރޭޓު ކުރާ އެޗްއޭއެމް 318 ޑްރެޖަރު ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢޫގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންކްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި 21 ފެބްރުއަރީ 2021ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ. މި މަޝްރޫއުގެ އަގު 77،630،898.00 (ހަތްދިހަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިހަ އަށް) ޔޫއެސް ޑޮލަރަށް އަރާއިރު, އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1,197,068,447.16 (އެއްބިލިއަން އެއްސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް