Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމު

ބެލްޖިއަމްގެ ކޯޗަކަށް ޓެޑެސްކޯ ހަމަޖައްސައިފި

ބެލްޖިއަމްގެ ކޯޗުކަމާ ޓެޑެސްކޯ ހަވާލުވީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 09:21
ބެލްޖިއަމްގެ ކޯޗަކަށް ހަމަޖެއްސި ޓެޑެސްކޯ

ބެލްޖިއަމްގެ ކޯޗަކަށް ހަމަޖެއްސި ޓެޑެސްކޯ

ހުސްވެފައިވާ ބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ޑޮމެނިކޯ ޓެޑެސްކޯ ހަމަޖައްސައިފި އެވެ.

ބެލްޖިއަމްގެ ކޯޗުކަމުގެ މަޤާމު ހުސްވީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު އެވެ. އެ މުބާރާތަށްފަހު ބެލްޖިއަމްގެ ކޯޗުކަމުން ރިބާޓޯ މާޓީނޭޒް ވަކިކުރިއިރު، މިހާރު އޭނާ އަކީ ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗެވެ. ބެލްޖިއަމްގެ ކޯޗުކަމާ ޓެޑެސްކޯ ހަވާލުވީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށެވެ. އުމުރުން 37 އަހަރުގެ ޓެޑެސްކޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2017 ވަނަ އަހަރު އެވެ. އެންމެ ފަހުން އޭނާ ހުރީ ޖަރުމަނުގެ އާރްބީ ލައިޕްޒިގްގެ ކޯޗުކަމުގަ އެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލައިޕްޒިގާ ހަވާލުވެ އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމަ އަށް އެ ޓީމަށް އިރުޝާދު ދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ލައިޕްޒިގް ވަނީ 38 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 20 މެޗުންނެވެ. ނުވަ މެޗުން ބަލިވެފައިވާއިރު، އަނެެއް ނުވަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ލައިޕްޒިގާއެކު އޭނާ ވަނީ 22-2021 ވަނަ އަހަރުގެ ޑީއެފްބީ ޕޯކަލް ކާމިޔާބުކޮށްފަ އެވެ.

ކުރިއަށް އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިންގައި ބެލްޖިއަމް އޮތީ ގްރޫޕް އެފް ގައެވެ. ބެލްޖިއަމްގެ އިތުރުން މި ގްރޫޕްގައި ދެން އޮތީ، އޮސްޓްރިއާ، ސެވެޑެން، އަޒަރްބައިޖާން އަދި އެސްޓޯނިއާ އެވެ.

ބެލްޖިއަމްޑޮމެނިކޯ ޓެޑެސްކޯ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
03 ޖުލައި 2024

ފަހު ވަގުތު ބަލިވެ ބެލްޖިއަމް ކެޓުމުން، ޓަޑެސްކޯ އަށް އުނދަގޫ ވެފައި

03 ޖުލައި 2024
ފަހު ވަގުތު ބަލިވެ ބެލްޖިއަމް ކެޓުމުން، ޓަޑެސްކޯ އަށް އުނދަގޫ ވެފައި
24 ޖޫން 2024

ރޮމޭނިއާ ކައިރިން މޮޅުވެވުނީ ޓީމުގެ ވިސްނުން ރަނގަޅު ވުމުން: ޓަޑެސްކޯ

24 ޖޫން 2024
ރޮމޭނިއާ ކައިރިން މޮޅުވެވުނީ ޓީމުގެ ވިސްނުން ރަނގަޅު ވުމުން: ޓަޑެސްކޯ
21 މާރިޗު 2024

ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި

21 މާރިޗު 2024
ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު