Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ފަހު ވަގުތު ބަލިވެ ބެލްޖިއަމް ކެޓުމުން، ޓަޑެސްކޯ އަށް އުނދަގޫ ވެފައި

ޓީމާ މެދު ނުތަަނަވަސްކަމެއް ބާއްވަން ބޭނުން ނުވާ ކަމަށާއި، އަނެއްކާ ވެސް މަސައްކަތް ކުރާނީ އަލުން އަނބުރާ ކުރިއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 04:24
ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ

ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސް އަތުން ފަހު ވަގުތު ބަލިވެ، މުބާރާތުން ކެޓުމުން އުނދަގޫވެފައި ހުރި ކަމަށް ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓަޑެސްކޯ ބުނެފި އެވެ.

ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން ބެލްޖިއަމް ބަލިވީ އެންމެ ފަހު ވަގުތުގައި ފްރާންސް ލަނޑު ޖެހުމުންނެވެ. ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ބެލްޖިއަމްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ. ބައި ކޮޅަށް ވަތް އެ ލަނޑާއެކު، ބެލްޖިއަމް އަށް ވަނީ މުބާރާތް ނިމިފަ އެވެ.

ފްރާންސް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓަޑެސްކޯ ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރާ ހަމައަށް ބެލްޖިއަމް އައީ ނަސީބު ރަނގަޅުވުމުގެ ސަބަބުންނޭ ނުބުނެވޭނެ ކަމަށެވެ. ޚާއްސަކޮށް މުބާރާތުގައި ފުރަތަމަ މެޗުން ބަލިވުމާއެކު، ދެން ކުރިއަށް ދިޔުމަށްޓަކައި ބެލްޖިއަމް އިން ކޮށްފައިވާ މަސައްކަތް ފެންނާނެ ކަަމަށް ވެސް އޭނާ ބުންޏެވެ.

ޓަޑެސްކޯ ޤަބޫލު ކުރާ ގޮތުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރާނެ ފުރުސަތުތަކެއް ބެލްޖިއަމް އަށް ލިބުނެވެ. ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އާއި ފޯވާޑް ރޮމެލޫ ލުކާކޫ އަށް މެޗުގައި ލީޑު ނަގާނެ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ.

މީގެ އިތުރުން ޓެޑެސްކޯ ބުނީ، މުބާރާތުގައި ބެލްޖިއަމް ކުޅެފައިވާ މެޗުތަކަށް ބަލާއިރު ވެސް އެ ޓީމުގެ ކުޅުން ރަނގަޅުކަން އިނގޭނެ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ވެސް ބެލްޖިއަމް އިން ރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފަހުން ރޮމޭނިއާ އަދި ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެކަން ފެނުނު ކަމަށް ޓަޑެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ޔޫރޯގައި ބެލްޖިއަމްގެ ފޯވާޑް ލުކާކޫ އަށް ލަނޑެއް ޖެހިފައި ނުވުމުން، އޭނާ އަށް ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކަށް ވެސް ޓަޑެސްކޯ ވަނީ ރައްދު ދީފަ އެވެ. ޓަޑެސްކޯ ބުނީ ބެލްޖިއަމް އިން އަބަދު ވެސް ލުކާކޫ އަށް ފުރިހަމަ އަށް އިތުބާރު ކުރާނެ ކަމަށާއި، ބެލްޖިއަމް އެހެން ހަރުފަތަކަށް ގެންދެވޭނެ ކުޅުންތެރިޔަކީ ވެސް އޭނާ ކަމަށެވެ.

ޓަޑެސްކޯ ބުނި ގޮތުގައި މުބާރާތުން ކެޓުމަކީ އުނދަގޫވާ ކަމެކެވެ. އެހެން ނަމަވެސް، ޓީމާ މެދު ނުތަަނަވަސްކަމެއް ބާއްވަން ބޭނުން ނުވާ ކަމަށާއި، އަނެއްކާ ވެސް މަސައްކަތް ކުރާނީ އަލުން އަނބުރާ ކުރިއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޯ 2024 (ޖަރުމަނު)ބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުޑޮމެނިކޯ ޓެޑެސްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި

އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި

18 ނޮވެމްބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު