Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިބްރާހިމީ މިސްކިތް

އިބްރާހިމީ މިސްކިތުގެ ރޫޙު ދިރުވުމަށް 84 އަހަރުގެ ކާފައަކު ދައްކާ ޢަމަލީ މިސާލު!

5 ފެބުރުއަރީ 2023 | އާދީއްތަ 07:44

ހިބްރޫންގެ ޢާއިލާތަކުން ދަނީ، އަޅުކަމަށް އަންނަ މީހުންނަށް ހާއްސަކޮށްގެން އެކި ކަހަލަ ފޮނިކާތަކެއްޗާއި، ބުއިންތަކާއި ސޫޕްތައް ފޯރުކޮށްދެމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ފެބުރުއަރީ 2023 | އާދީއްތަ 07:44
މިއަދު އިބްރާހީމި މިސްކިތުގައި ނަމާދު ކުރާ މީހުންގެ ޢަދަދު، ހާހުން ގުނާލެވޭ

މިއަދު އިބްރާހީމި މިސްކިތުގައި ނަމާދު ކުރާ މީހުންގެ ޢަދަދު، ހާހުން ގުނާލެވޭ

ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން، ޢުމުރުން 84 އަހަރުގެ ޞާލިޙް އަބޫ ހަލާވީ، ހިބްރޫންގެ އިބްރާހީމީ މިސްކިތާ ދިމާއަށް މިޞްރާބު ޖަހައެވެ.

އަބޫ ހަލާވީ ބުނާ ގޮތުގައި އޭނާގެ އެންމެ ޒުވާން ދުވަސްވަރުން ފަށައިގެންވެސް އޭނާ ދަނީ ހަމަ އެ މިސްކިތަށެވެ. މިއަދު އޭނާ ދަނީ، އެ އާދަ، އޭނާގެ ކާފަ ދަރިންގެ ކިބައިގައި އަށަގެންނެވުމުގެ މަސައްކަތް ކުރަމުންނެވެ. މިސްކިތަށް ދަނީ ކާފަ ދަރިންވެސް ގޮވައިގެންނެވެ.

އެ ސަރަޙައްދުގެ އާންމުން ބުނާ ގޮތުގައި، އިބްރާހީމީ މިސްކިތް ފަޅުކޮށް އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެހެން ކަމުން، މިސްކިތަށް ދިރުން ގެނެސް، ރޫޙު ޢާލާ ކުރުމުގެ މަސައްކަތް ފެށީއެވެ.

ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތަށް އަންނާނެކަން ކަށަވަރު ކުރުމަށް ހިބްރޫންގެ ޢާއިލާތަކުން ދަނީ، އަޅުކަމަށް އަންނަ މީހުންނަށް ހާއްސަކޮށްގެން އެކި ކަހަލަ ފޮނިކާތަކެއްޗާއި، ބުއިންތަކާއި ސޫޕްތައް ފޯރުކޮށްދެމުންނެވެ.

މިއަދު އިބްރާހީމި މިސްކިތުގައި ނަމާދު ކުރާ މީހުންގެ ޢަދަދު، ހާހުން ގުނާލެވެއެވެ.

ހިބްރޫންއަކީ އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި ވާ، ފަލަސްޠީނުގެ އެންމެ ބޮޑު ސިޓީއެވެ. އާބާދީގައި ގާތްގަނޑަކަށް 2 ލައްކަ މީހުން އުޅެއެވެ. ސިޓީގެ އެންމެ ސަރަޙައްދުގައި އިޒްރޭލުގެ 1000 އެއްހާ މީހުން ވަޒަންވެރިވެގެން އުޅެއެވެ.

އިބްރާހިމީ މިސްކިތަކީ މުސްލިމުންނާއި ޔަޙޫދީންނާ ދެމެދު، ދީނީ ދެބަސްވުންތައް ހިނގާ މައިދާނެކެވެ. މުސްލިމުންނަށް އެއީ އިބްރާހިމީ މިސްކިތެވެ. ޔަޙޫދީންނަށް އެއީ އެމީހުންގެ ދީނީ ޤަބޫލުކުރުންތަކާ ގުޅިފައިވާ މަޤުބަރާއެކެވެ.

އިބްރާހިމީ މިސްކިތަކީ 1994 ވަނަ އަހަރު، އިޒްރޭލަށް ނިސްބަތްވާ ބަރޫޗް ގޯލްސްޓީން، ވަރުގަދަ ޤަޠުލުއާންމެއް ހިންގި މިސްކިތެކެވެ. މިސްކިތުގައި އަޅުކަމަށް ތިބި މީހުންނަށް އަމާޒުކޮށް، މެޝިން ބަޑި ބޭނުންކޮށްގެން ދިން ހަމަލާގައި، ފަލަސްޠީނުގެ 29 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވިއެވެ. މާ ލަސްތަކެއް ނުވެ، އިޒްރޭލުގެ ޔަހޫދީ ބާރުތަކުން، އިބްރާހިމީ މިސްކިތް ދެބައިކުރިއެވެ. މުސްލިމުންނަށް ފަޅިއެއް، އަދި ޔަހޫދީންނަށް ފަޅިއެއް ވާ ގޮތަށެވެ.

ފަލަސްޠީނުގެ ރައްޔިތުން ބުނާ ގޮތުގައި، މުސްލިމުން އެ މިސްކިތަށް ވަނުމަށް، އިޒްރޭލުގެ ކަމާ ފަރާތްތަކުން އާންމު ގޮތެއްގައި ހުރަސް އަޅައެވެ. މިސްކިތާ ހަމައަށް މުސްލިމުންނަށް ދެވެނީވެސް އިޒްރޭލުގެ އަސްކަރީ ޗެކްޕޮއިންޓްތައް ހުރަސްކޮށްފައެވެ.

އިބްރާހިމީ މިސްކިތްފަލަސްތީން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ
01 ސެޕްޓެމްބަރު 2024

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ
31 އޯގަސްޓު 2024

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ
31 އޯގަސްޓު 2024

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
28 އޯގަސްޓު 2024

އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި

28 އޯގަސްޓު 2024
އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
17 މެއި 2024

ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި

17 މެއި 2024
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
10 މެއި 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

10 މެއި 2024
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ
01 މެއި 2024

ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ

01 މެއި 2024
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
11 އެޕްރީލު 2024

ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި

11 އެޕްރީލު 2024
ހަމާސްގެ ލީޑަރުގެ އާއިލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 7ށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް