Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓަރު ލަންކާއަށް ކުރައްވާ ދަތުރު

ފޮރިން މިނިސްޓަރު ޝާހިދު، ލަންކާގެ ރައީސް އާއި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ފެބުރުއަރީ 2023 | ހޮނިހިރު 21:58
ފޮރިން މިނިސްޓަރު ލަންކާގެ ރައީސާ ބައްދަލު ކުރެއްވުން

ފޮރިން މިނިސްޓަރު ލަންކާގެ ރައީސާ ބައްދަލު ކުރެއްވުން

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި، އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު އެ ދެ ބޭފުޅުންނާ ބައްދަލުކުރެއްވީ މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ލަންކާގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ލަންކާގެ ގުޅުމަށް ފާއިތުވި މުއްދަތުގެ ތެރޭގައި އައިސްފައިވާ ހެޔޮ ބަދަލުތަކާއި، ކުރިއެރުންތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއޮތްތަނުގައި ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނައާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިއޮތްތަނުގައި ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވިއެވެ.

ސްރީލަންކާއަކީ ރާއްޖެއިން އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދެ ޤައުމުގެ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމުގެ ކުރިން ވެސް ރާއްޖެއާއި ލަންކާއަކީ ވިޔަފާރީގެގޮތުން ވަރުގަދަ ގުޅުމެއް އޮތް ދެ ޤައުމެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުސްރީލަންކާރަނިލް ވިކްރަމަސިންގހަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު