Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫ އިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ނިންމައިފި

ބޯޑުން ހިއްސާގެ ފައިދާ ކަނޑައެޅި ނަމަވެސް އެ އަދަދު ފާސްކުރާނީ އަހަރީ އާއްމު ޖަލްސާގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ފެބުރުއަރީ 2023 | ހުކުރު 03:01
މިދިޔަ އަހަރު ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން

މިދިޔަ އަހަރު ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

މި އަދަދު ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ނަމަވެސް މި އަދަދު ފާސް ކުރާނީ މިއަހަރު ބާއްވަން ނިންމާފައިވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އުރީދޫއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިސާ ބަހާނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ މެދުގައެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އުރީދޫގެ ބޯޑުން ކަނޑައަޅާފައިވާ އަދަދަކީ 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ 34 ލާރި ބޮޑު އަދަދެކެވެ. 2021 ވަނަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައިވަނީ 2.70 ރުފިޔާ އެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އުރީދޫގެ ބޯޑުން ވަނީ އެކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފައެވެ. މި މާލީ ބަޔާންތަކުގެ ތަފްސީލުތައް މިމަހުގެ 7 ވަނަ ދުވަހު އެކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ރިޕޯޓުތައް ދައްކާ ގޮތުގައި އަހަރު ނިމުމުނުއިރު އެ ކުންފުންޏަށް ވަނީ 500 މިލިއަނަށްވުރެ ބޮޑު ފައިދާއެއް ވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 148 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު ދެވަނަ ކުއާޓަރުގައި 141 މިލިއަން ރުފިޔާ، ތިން ވަނަ ކުއާޓަރުގައި 127 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރުގައި 143 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން އެ ކުންފުނިން ވަނީ ތާވަލު ކޮށްފައެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު