Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޒާހަތްތެރިކަމާގުޅޭ އެމްއޯޔޫ

ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް މަސައްކަތް ކުރުމަށް އޭސީސީއާ ކަސްޓަމްސްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

2 ފެބުރުއަރީ 2023 | ބުރާސްފަތި 12:47

ކޮރަޕްޝަން ހިނގިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 12:47
ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމަށް އޭސީސީއާ ކަސްޓަމްސްއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން

ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމަށް އޭސީސީއާ ކަސްޓަމްސްއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން

ކަސްޓަމްސް ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި މަސައްކަތުގައި އެއްބާރުލުން ދިނުމަށް ދާއިރާތައް ކަނޑައަޅައި، ގުޅިގެން މަސައްކަތްކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

Advertisement - newsAdvertisement

މި ފަހުމުނާމާއަކީ ކަސްޓަމްސް ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، މިފަދަ ގޮންޖެހުންބޮޑު މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ވަކި މިސްރާބެއް ކަނޑައަޅައިގެން ކުރުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، އޭސީސީން ދައުލަތުގެ އިދާރާތަކާއެކު ސޮއިކުރާ މިފަދަ ކޮންމެ އެއްބަސްވުމަކީވެސް ގިނަ ދުވަސްތަކެއްގެމަތިން ކުރެވޭ މުހިއްމު މަޝްވަރާތަކަކަށްފަހު، އިދާރާތަކުގެ މަސައްކަތްތައް ހަލުއިކޮށް އިތުރުބާރުހިފޭ ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރާ މުހިއްމު ފަހުމުނާމާއެއްކަމަށެވެ.

އެހެންކަމުން މިފަދަ އެމްއޯޔޫތަކުގައި ސޮއިކުރުމުން އަމާޒުވާ ފާޑުކިއުންތަކަށް ބެލުމެއް ނެތި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ކޮންމެ މުއްސަސާއަކުންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއަރުވައި، މިދާއިރާއިން އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތްދިނުމުގެ ކަންކަން ބައްޓަންކުރުމަށް އޭސީސީގެ ފަންނީ ލަފާ ކަސްޓަމްސްއަށް ލިބެމުންދާކަމަށާއި، މި ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން އެ މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ކުރިއަރައިގެން ދާނެކަމަށެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސް ބައެއް ވެރިންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް