Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން

ކުޑަގިރި ހުޅުވުން ފެބްރުއަރީ 11ގައި

2 ފެބުރުއަރީ 2023 | ބުރާސްފަތި 09:00

ކުޑަގިރި އަށް އެއްފަހަރާ 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ދަތުރު ދެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2023 | ބުރާސްފަތި 09:00
ކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ޕިކްނިކް އައިލެންޑް

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ހަފްތާގައި ހުޅުވަން ނިންމައިފިއެވެ.

ކުޑަގިރި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ހުޅުވާނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

Advertisement - newsAdvertisement

ސަރުކާރު ހިއްސާވާ އެކި ކުންފުނިތައް ގުޅިގެން މި ރަށް ތަރައްގީކޮށްފައިވާއިރު، ތިން ތަރީގެ ފެންވަރަށް މި ޕިކްނިކް އައިލެންޑް ތަރައްޤީ ކޮށްފައިވަނީ ބޭނުންވާ ހުރިހާ ވަސީލަތަކާއެކުގައެވެ. އަދި ކުޑަގިރި އަށް އެއްފަހަރާ 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ދަތުރު ދެވޭނެކަން ފާހަގަކޮށްލެވެއެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ.

އެ ތަނުން އާންމުންނަށް ބޭނުންވާ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެއެވެ. އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. މީގެ އިތުރުން ކުޑަގިރިއަށް ޕިކްނިކް ދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން، ކުޑަގިރީގައި ފާހަނާބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ގާއިމުކޮށްފައިވެއެވެ. އެ ނާސިންގް ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2018

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް ބަދަލު ކުރަންޖެހޭ: ޒައިދު

08 މާރިޗު 2018
ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް ބަދަލު ކުރަންޖެހޭ: ޒައިދު
24 ޖެނުއަރީ 2018

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ފެބްރުއަރީގައި ބޮޑު ކުރަނީ

24 ޖެނުއަރީ 2018
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ފެބްރުއަރީގައި ބޮޑު ކުރަނީ
07 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ ފަހެއް ގައި

07 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ ފަހެއް ގައި
09 ނޮވެމްބަރު 2017

ވެލާނާގެ ހުޅުވުން ލަސްވެގެން ބައެއް މުވައްޒަފުން ގަޑި ޖެހިއްޖެ!

09 ނޮވެމްބަރު 2017
ވެލާނާގެ ހުޅުވުން ލަސްވެގެން ބައެއް މުވައްޒަފުން ގަޑި ޖެހިއްޖެ!
25 ސެޕްޓެމްބަރު 2017

ފެބްރުއަރީ 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސްޓޭޝަނަށް ވަދެ ފުލުހުން ނެރުނު ކަމަށް ބުނެ 13 މީހަކު ޖޫރިމަނާކޮށްފި

25 ސެޕްޓެމްބަރު 2017
ފެބްރުއަރީ 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސްޓޭޝަނަށް ވަދެ ފުލުހުން ނެރުނު ކަމަށް ބުނެ 13 މީހަކު ޖޫރިމަނާކޮށްފި
21 އޯގަސްޓު 2017

ސަލްޓަން ޕާކް ނަން ބަދަލުކޮށް ،ހުޅުވުން ފެނަށް!

21 އޯގަސްޓު 2017
ސަލްޓަން ޕާކް ނަން ބަދަލުކޮށް ،ހުޅުވުން ފެނަށް!
11 އެޕްރީލު 2017

ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ

11 އެޕްރީލު 2017
ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް