Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދޫ

ފެބްރުއަރީ 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސްޓޭޝަނަށް ވަދެ ފުލުހުން ނެރުނު ކަމަށް ބުނެ 13 މީހަކު ޖޫރިމަނާކޮށްފި

25 ސެޕްޓެމްބަރު 2017 | ހޯމަ 14:21

ޖޫރިމަނާކުރީ 1500ރ. އިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2017 | ހޯމަ 14:21
އިހަވަންދޫ: 13 މީހަކަށް ވަނީ ހުކުމް ކޮށްފައި

އިހަވަންދޫ: 13 މީހަކަށް ވަނީ ހުކުމް ކޮށްފައި

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވެފައިވަނިކޮށް ޖެހިގެން އައި 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ވަދެ އެސްޓޭޝަންގައި ތިބި ފުލުހުން އެސްޓޭޝަނުން ނެރުނު ކަމަށްބުނެ 13 މީހަކު ޖޫރިމަނާ ކުރުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

އިވަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކަށް ރިއާޔަތް ކުރާއިރު ދައުވާ ލިބޭ 20 މީހުންގެ ތެރެއިން ޝަރީއަތަށް ހާޒިރުވި 16 މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގައިވާ ފަދައިން 08 ފެބްރުއަރީ 2012 ވަނަ ދުވަހުގެ 17:30 އެހާކަށްހާއިރު ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެ އެސްޓޭޝަންގެ ތަޅުދަނޑި ހަވާލު ކުރުމަށް ފުލުހުންނަށް އަންގައި އެސްޓޭޝަންގައި މަސައްކަތްކުރަން ތިބި އެންމެހާ ފުލުހުން އެސްޓޭޝަނުން ނުކުތުމަށް އަންގައި އެސްޓޭޝަންގައި އެވަގުތު މަސައްކަތްކުރަން ތިބި ފުލުހުން ނެރުމުގައި ހަރަކާތްތެރިވި މީހުންނާ އެކު ބައިވެރިވެފައިވާކަން ޝަރީޢަތަށް ހެކިބަސްދިން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެކަމަކީ ފުލުހުންގެ ޤާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލެއް ކަމުގައިވާތީ އެ 16 މީހުންގެ ތެރެއިން ހުކުމް ކުރުމުގެ މަޖިލީހަށް ހާޒިރުވި 13 މީހުންކުރެ ކޮންމެ މީހަކު 1500ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އެފައިސާ 25 ސެޕްޓެމްބަރ 2017 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި ހުކުމްކޮށް އަދި އެޤަޟިއްޔާއިން ކުށް ސާބިތުވެފައިވާ މީހުންގެ ތެރެއިން ހުކުމް ނުކުރެވިވާ މީހުންގެ މައްޗަށް އެކޯޓުގެ އެހެން ޤަޟިއްޔާއަކުން ހުކުމް ކުރެވޭނެކަން އަންގައި ޤަޟިއްޔާ ނިންމީ ކަމަށެވެ.

މި 13 މީހުންގެ ތެރޭގައި ހިމެނީ 61 އަހަރާއި 23 އަހަރާ ދެމެދުގެ މީހުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން އެކި ފަރާތްތަކުގެ މައްޗަށް ދައުވާތައް އުފުލާފައިވާ އިރު އޭގެ ތެރެއިން ގިނަ ބައެއްގެ މައްސަލަތައް އަދިވެސް ނިމިފައެއް ނުވެއެވެ. ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް