Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ޝަރީފު، ސިޓީ ކައުންސިލަށް: ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަކަނުދައްކާ އަވަހަށް ބިލުދައްކާ، އެހެން ނޫނީ އަދިވެސް ކަރަންޓު ކަނޑާނަން

1 ފެބުރުއަރީ 2023 | ބުދަ 09:50

ޖެނުއަރީ މަހުގެ ނިޔަލަށް އެ ކައުންސިލުން ދައްކަން ޖެހޭ ބިލުގެ އަދަދު 21،682،595 ރުފިޔާއަށް އަރާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ފެބުރުއަރީ 2023 | ބުދަ 09:50
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު

މާލެ ސިޓީ ކައުންސިލުން މިހާތަނަށް ސްޓެލްކޯއަށް 21 މިލިއަން ރުފިޔާގެ ބިލު ނުދައްކައި އެބައޮތް ކަމަށާއި ނުދައްކާނަމަ ކުރިއަށް އޮތްތާނގައި ވެސް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް އަމާޒުކޮށް ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށާއި ނަމަވެސް މި ފަހުން އެ ކައުންސިލްގެ ބައެއް ތަންތަނުން ކަރަންޓު ކަނޑާލަން ޖެހުނީ ބިލު ނުދައްކާތާ ގިނަ ދުވަސްވުމުން ކަމަށެވެ. ބައެއް ބިލުތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކައުންސިލުން ދައްކަން ޖެހޭ ބިލުގެ އަދަދު 21،682،595 ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބިލުތައް ދެއްކުމަށް ސްޓެލްކޯއިން އަންނަނީ މާލެ ސިޓީ ކައުންސިލަށް އަންގަމުންނެވެ. އެ ކައުންސިލުން ފައިސާ ބަހައިގެން ދައްކަން އެއްބަސްވި ނަމަވެސް އެ ގޮތަށް ވެސް ނުދައްކާ ކަމަށާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ ފަހަރަކު ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ކަރަންޓު ކަނޑާލީ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީޓަރުތަކުގެ ތެރެއިން ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުން ކުއްޔަށް ދޭ ތަންތަނާއި އާމްދަނީ ހޯދުމަށް ކަރަންޓު ވިއްކާ ތަންތަނާއި އެ ކައުންސިލުގެ ބައެއް އިމާރާތްތަކުން ކަމަށެވެ. އެތަންތަނުން ކަރަންޓު ކަނޑާލަން ނިންމީ އެތަންތަނުން އާމްދަނީ ހޯދާކަމަށްވާނަމަ ކައުންސިލުން ފައިސާ ދައްކަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އާއްމުންނަށް ދަތިވާގޮތަށް ކަރަންޓު ކަނޑާނުލާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ދެ ފަހަރަކު ސިޓީ ކައުންސިލާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ކައުންސިލުން ބިލުޔތައް ނުދައްކަން ބަހަނާ ދައްކާ ކަމަށެވެ. އެގޮތުން، ސްޓެލްކޯއިން ކައުންސިލަށް ދައްކަން ޖެހޭ 86 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ވިދާޅުވާ ކަމަށާއި ނަމަވެސް ދައްކަން ޖެހޭ ފައިސާ މިހާރު މީރާއަށް ދައްކާފައިވާނެ ކަން، ހެއްކާއެކު ޝަރީފު ވަނީ ނޫސްވެރިންނަށް ހާމަކޮށްދީފައެވެ. އޭނާ ވިދާޅުވީ ކައުންސިލުން ދައްކަން ޖެހޭ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށާއި ދައްކަން ޖެހޭ ފައިސާ ނުދައްކާނަމަ ކުރިއަށް އޮތްތަނުގައި ވެސް ކަރަންޓު ކަނޑާލާނެ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ބިލު ދެއްކުމަށް ކައުންސިލަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ވެސް ސްޓެލްކޯއިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ކުންފުނީގެ އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭކަން ޝަރީފު ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން އެ ކައުންސިލް ބޭނުން ކުރަނީ ސިޔާސީ ގޮތުން ހަތިޔާރެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ކުންފުނިތަކާއި މުއައްސަސާތަކުން ވެސް ދައްކަން ޖެހޭ ފައިސާ ހުރިކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އެތަންތަނުން ފައިސާ ދެއްކުމަށް މަސައްކަތްކޮށް ސްޓެލްކޯއާ މަޝްވަރާ ކުރާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެފަދަ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް