Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޓެލްކޯ

އަގުބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ހެދި އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ކޯޓަށް!

ބައެއް މަސައްކަތްތަކުގެ އަގު ބޮޑުކުރަން ހެދި އުސޫލުތަކަކީ ޤާނޫނާ ޚިލާފުތަކަށް ހަދާފައިވާ އުސޫލުތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2023 | ބުދަ 08:33
ސްޓެލްކޯ

ސްޓެލްކޯ

މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ދެ އުސޫލެއްގެ ދަށުން ބައެއް މަސައްކަތްތަކުގެ އަގު ބޮޑުކޮށްފައިވާތީ އެ އުސޫލުތަކަކީ ޤާނޫނާ ޚިލާފުތަކަށް ހަދާފަިވާ އުސޫލުތަކެއް ކަމަށް ބުނެ، އެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ކޯޓަށް ދާން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިޓީ ކައުންސިލުން ހަދާފައިވާ "މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތް ކުރުމުގެ އުސޫލު" އާއި "މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދުކޮށްގެން މަސައްކަތް ކުރުމުގާއި ބެހޭ އުސޫލު" ހަދާފައިވަނީ އެފަދަ ޚިދުމަތްދޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ކަމަށެވެ. މި އުސޫލުތަކަށް ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު އެއީ ޤާނޫނާ ޚިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށާއި އޭގެ ބުރަ އާއްމުން އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ބަދަލުތައް ގެންނައިރު އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރަން ޖެހޭ އުސޫލުތައް މާލެ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވަނީ ވެސް ޖެނުއަރީ 2ގައި ކަމަށެވެ. އަދި އެފަދަ އުސޫލުތައް ހަދާއިރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަންވެސް ކޮށްފައި ނުވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަގަށް އައި ބަދަލުތައް ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ބައެއް ކަންކަމުގައި ނަގަމުން އައި އަގުތައް 92 އިންސައްތައާއި 118 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ސްޓެލްކޯއިން ހިދުމަތް ދޭ އަގުތަކަށް ބަދަލު ނުގެނައި ނަމަވެސް އާއްމުންނަށް ބުރަބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން 630 ރުފިޔާ ހޭދަ ކުރަން ޖެހޭ މަސައްކަތަކަށް އާއްމު މީހާ މިހާރު 49،399.68 ރުފިޔާ ދެއްކުމަކީ އެ ފަރާތްތަކަށް ވާނެ ބޮޑު ބުރައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ މި އުސޫލު އާއްމު ކުރުމުން އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ސްޓެލްކޯއިން ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެ ކައުންސިލުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންނަށް ގުޅުންހުރި އެފަދަ އެއްވެސް އުސޫލެއް ހެދުމުގެ ކުރިން އެކަމަކާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ޤާނޫނުގެ ތެރެއިން އެކަން ކުރުމަށް ޝަރީފު ވަނީ މާލެ ސިޓީ ކައުންސިލަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު